އަހުސަންގެ މަރު: ޝަހުމަށް މަރުގެ ހުކުމް، ޝިމާޒު 15 އަހަރަށް ޖަލަށް

އަހުސަންގެ މަރު: ޝަހުމަށް މަރުގެ ހުކުމް، ޝިމާޒު 15 އަހަރަށް ޖަލަށް

ސ. ހިތަދޫ، ވަރުދީގޭ، އަހްސަން ބަޝީރުގެ ކަރަށް ވަޅި ހަރައި މަރާލިކަން އެ މައްސަލައިގައި ދައުވާ އުފުލި ގ. ގޯޒީ، އިބްރާހީމް ޝަހުމް އާދަމް މަރަން ހުކުމްކޮށް، މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު 15 އަހަރަށް ޖަލަށް ލަން ހުކުމް ކޮށްފިއެވެ.

އަހުސަން މަރާލާފައި ވަނީ މާޗް 16، 2011 ވަނަ ދުވަހުގެ މެންދަމު 3:20 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ހުއްޓަ އެވެ.

ޝަހުމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ޝިމާޒްއަށް ކުރީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތައް އެ ދެ މީހުންގެ މައްޗަށް ވެސް ކުރިމިނަލް ކޯޓުގައި ސާބިތެއް ނުވި އެވެ. އެހެންވެ، ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ. ހައިކޯޓުން މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު، ކަނޑައަޅާފައިވަނީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ކުރެއްވި ހުކުމުގައި ވަނީ މި މައްސަލައިގައި ވާރިސުންގެ ބަސް ޝަރީއަތަށް ހޯދިއިރު، މަރަށް މަރު ހިފަން ހުރިހާ ވާރިސުން ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން، ޝަހުމްގެ މައްޗަށް ގަސްތު މަރު ސާބިތުވެފައިވާތީ، އޭނާގެ މައްޗަށް ކަނޑައެޅޭނީ ގިސޯސް ނުވަތަ މަރުގެ އަދަބު ކަމަށް ހުކުމުގައިވެ އެވެ.

ހައިކޯޓުން ޝަހުމްގެ މައްޗަށް މަރުގެ އަދަބު އިއްވާފައިވާއިރު، މިހާތަނަށް ރާއްޖޭގައި މިފަދަ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ޝަރުއީ ހުރިހާ މަރުހަލާތަކަކަށްފަހު އެވެ. މިހާރު ވެސް ތިން މީހަކު މަރުހަލާތައް ނިމިފައިވީ ނަމަވެސް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރާތީ، އެމީހުން ތިބީ ޖަލު ބަންދުގަ އެވެ.

ޝިމާޒްގެ އަމަލަށް ބަލާއިރު، ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާ ވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް ދައުލަތުން ގަބޫލުކުރެ އެވެ. ނަމަވެސް ޝިމާޒަށް ގިސޯސްގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުން ނިންމި އެވެ. އެއީ، އަހުސަން މަރާލުމުގައި ޝިމާޒް އާއި ޝަހުމްއާ ދެމެދު ކުރިން އެއްބަސްވުމެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

ދައުލަތުން އެދުނީ އެ ހާދިސާ ހިނގިއިރު އަމަލު ކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގެ ދަށުން ނަމަ 18 އަހަރުގެ ޖަލު ހުކުމެއް ޝިމާޒްގެ މައްޗަށް ކުރުމަށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އިއްވީ މިހާރު އަމަލުކުރަމުންދާ ގާނޫނުލްއުގޫބާތުގެ ދަށުން 15 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައަކީ މަރުމަތީގައި ބުނި ބަސް (ޑައިން ޑިކްލަރޭޝަން)އަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް ފުރަތަމަ ފަހަރަށް ސާބިތު ކުރި މައްސަލަ އެވެ.

މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox