އެގްރީމެންޓް ބާތިލުކުރާނެ ކަމުގެ އިންޒާރާއެކު އިސްލާހުވާން ވެމްކޯއަށް ނޯޓިސް ދީފި

މަޖީދީމަގުގައި ހުންން ގެ އެއްގެ ކައިރީ ކުނި ޖަމާކޮށްފައި. -- ފޮޓޯ: އަދަދު

މަޖީދީމަގުގައި ހުންން ގެ އެއްގެ ކައިރީ ކުނި ޖަމާކޮށްފައި. -- ފޮޓޯ: އަދަދު

މާލެ ސަރަހައްދުގެ ކުނި ނަގަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލްކުރާނެ ކަމުގެ އިންޒާރާއެކު، އެއްބަސްވެފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކޮށް، އިސްލާހުކުރަން ނޯޓިސް ދީފި އެވެ.

މާލެ މަގުތަކުގައި ހުންނަ ކުނި ނުނަގައި، މާލޭގެ ގިނަ ސަރަހައްދުތައް ކުނި ވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެއާއެކު ސިޓީ ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެފައިވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް ވެމްކޯއިން ފުރިހަމައަށް މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެކަންކަން އިސްލާހުކުރަން އެ ކުންފުންޏަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގެ މަގުތައް ކުނިކަހައި ސާފުކުރަން، މިހާރުވެސް މަހެއްގެ މައްޗަށް ވެމްކޯއަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސިޓީ ކައުންސިލުން ދޭ ކަމަށެވެ.

ނަމަވެސް އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެކުންފުނިން ފަރުވާ ކުޑަކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެބޭފުޅުނަށް ނޯޓިސް ދީފިން އެގްރިމެންޓްގައި އޮތް ގޮތަށް ތަންފީޒުކުރަން. އެހެންވީމާ އެ ނޯޓިސްގެ މުއްދަތު ހަމަވާއިރު، އެގްރިމެންޓްއާ އެއްގޮތަށް އެބޭފުޅުންގެ މަސައްކަތް އިސްލާހު ނުކޮށްފިނަމަ ދެން އިން މަރުހަލާއަކަށް ދާނީ. މާނައަކީ އެގްރިމެންޓްއާއި އެއްގޮތަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފެށީމި," މުއިއްޒު ވިދާޅުވި އެވެ.

އޭގެ ފަހުން، އެގްރިމެންޓް ބާތިލް ކުރާ ސްޓޭޖްއަށް ގޮސްފިނަމަ، އެގްރިމެންޓްއާ އެއްގޮތަށް އެ ބާތިލު ކުރާނެ ކަމުގެ އިންޒާރު އޭނާ މިއަދު ދެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ވެމްކޯއިން އެކަންކަން އިސްލާހު ނުކޮށްފިނަމަ އެގްރީމެންޓް ބާތިލްކޮށް، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމުގެ ވިސްނުމަކަށް ދާނެ އެވެ.

ނޫންނަމަ، އެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވާނެ ކަމަށެވެ.

އެގޮތުން، މުއިއްޒުގެ ވިސްނުންފުޅު ހުރީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް، ސިޓީ ކައުންސިލްގެ ދަށުން ކުންފުންޏެއް އުފެއްދުމަށެވެ.

އެކަމުގެ އިދާރީ މަސައްކަތްތައް މިހާރުވެސް ކުރަމުންދާއިރު، އެފަދަ ކުންފުންޏެއްގެ ދަށުން މާލޭގެ ކުނި މެނޭޖްކުުރުމުގެ މަސައްކަތް ސިޓީ ކައުންސިލަށްވެސް ކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ނަމަވެސް އަދި އެކަން އެގޮތަށް ކުރައްވާނެ ކަމަށް މުއިއްޒު ސީދާ ވިދާޅުނެއް ނުވެ އެވެ.

ހަމައެކަނި ވިދާޅުވީ "އެއީވެސް ކުރެވިދާނެ ކަމެއް" ކަމަށެވެ.

ސިޓީ ކައުންސިލާއި ވެމްކޯއާއި ދެބަސްވާން ޖެހުނީ ކީއްވެ؟

ކޮވިޑް-19 އާއެކު މާލޭގެ ކުނި ނެގުމުގެ ހިދުމަތްދެމުން އަންނަ ވެމްކޯއިން ވަނީ މިދިޔަ އަހަރު ގޭގެއަށްވަދެ ކުނި ނެގުމުގެ ހިދުމަތް ހުއްޓާލައިފަ އެވެ. ވޭއެތުވެދިޔަ އަހެރެއްހާ ދުވަހު ކުނި ގެންގޮސްފައި ވަނީ ގޭބީސީތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ.

އެހެންނަމަވެސް މަގުމައްޗަށް ކުނި އުކާފައި ހުންނަ މައްސަލަ ބޮޑުވިއެވެ. މަގުތައް ހަޑިވެ، ކުނިވަސް ދޮވަން ފެށުމުން އެކަމާއި އާންމުން ޝަކުވާ ކުރަން ފެށިއެވެ. އެ މައްސަލާގައި ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް މަތީ ކުނި ނުބެހެއްޓުމަށް އަންގާފައެވެ.

އެއާއި އެކު ވެމްކޯއިން ވަނީ ގޭގެއިން ކުނި ނަނގަން ނިންމާފައެވެ. އަދި ބޭރުގައި ބަހައްޓާ ކުނި ނުނަގާނެ ކަމަށާއި، ކުނި ނަނގާނީ ހަމައެކަނި ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ގެތަކުން އެކަނި ކަމަށް އެންގިއެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން ބޭރަށް ކުނި ނެރުނެވެ. އެ ކުނިތައް ވެމްކޯއިން ނުގެންދިއުމުން ސިޓީ ކައުންސިލުން އެއްފަހަރު ވަނީ އެ ކުނިތައް ނަނގައިގެން ގެންގޮސް ވެމްކޯ އޮފީސްގެ ދޮރުމައްޗަށް އަޅާލާފައެވެ.

އެއީ ނާތަހުޒީބީ އަމަލެއްކަން ގަބޫލުކުރާ ކަމަށް ބުނެ ސިޓީ ކައުންސިލުން ފަހުން އެކަމަށް މާފަށްވެސް އެދިފައިވެ އެވެ.

ސިޓީ ކައުންސިލާއެކު ވެމްކޯއިން އެއްބަސްވެފައި ވަނީ މާލެ މަގުތަކުގައި ހުންނަ ހުރިހާ ކުންޏެއް ނަނގާ މަގުތައް ސާފުކޮށް ބެލެހެއްޓުމަށެވެ. ގޭގެއިން ކުނި ނެނގުމަކީ އެ ކުންފުނީގެ އަމިއްލަ ވިޔަފާރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox