ރާއްޖޭގެ ފުރަތަމަ އަންހެން މޮޓޯ ޑްރެގް ރޭސް ކުޅުދުއްފުށީގައި

Oct 12, 2021, 4:48 PM
ކުޅުދުއްފުށީގައި މީގެކުރިން ބޭއްވި ރޭސިން އިވެންޓެއްގެ ތެރެއިން --

ކުޅުދުއްފުށީގައި މީގެކުރިން ބޭއްވި ރޭސިން އިވެންޓެއްގެ ތެރެއިން --

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ފަހަރަށް އަންހެން ބައިވެރިވާ މޮޓޯ ސައިކަލް ޑްރެގް ރޭސް ހިމަނައިފި އެވެ.

ޑްރެގް ރޭހަކަށް ފުރަތަމަ ފަހަރަށް އަންހެނުން ނުކުންނައިރު, މީގެކުރިން ރާއްޖޭގައި މޮޓޯ ސައިކަލް ރޭހެއްގައި އަންހެނުން ބައިވެރިވެފައިވަނީ 2015 ވަނަ އަހަރު އެވެ. އެއީ ސާކިޓް ރޭހެކެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން, މި އަހަރުގެ އެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ނިންމީ ކުޅުދުއްފުށީ ސިޓީގަ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިހާރު ކުޅުދުއްފުށީ ސިޓީގައި ފަށާފައިވާއިރު, ކުރިއަށް އޮތް ދެ ހަފުތާއަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމްކޮށްފަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އަންހެނުންގެ މޮޓޯ ސައިކަލް ޑްރެގް ރޭހެވެ. މި ރޭހަކީ ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްގެ އިވެންޓް އޮގަނައިޒާ ޖައުފަރު އަލީ ބުނި ގޮތުގައި, ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ސައިކަލް ޑްރެގް ރޭހުގައި ބައިވެރިވާން ހުޅުވާލާފައިވާއިރު މިހާތަނަށް ހަތަރު މީހަކު ވަނީ ބައިވެރިވެފަ އެވެ. އެއީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ހަތަރު ބައިވެރިންނެވެ.

މި ރޭހުގައި އަންހެނުންގެ އިވެންޓެއް ހިމަނާފައިވާއިރު, ފިރިހެނުންނަށް ހާއްސަ ރޭސް ވެސް ކުރިއަށް ދާނެ އެވެ. މީގެ ކުރިން ވެސް ކުޅުދުއްފުށީގައި މިފަދަ ފަސް ރޭހެއް ބާއްވާފައިވެ އެވެ.

ޒުވާނުންގެ ދުވަހަށް ހާއްސަ ރޭސް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ރޯޑް ކިންގް ޗެމްޕިއަންޝިޕްގެ ނަމުގައި ބާއްވާ ރޭހުގައި ކުރިއަށްދާނީ 125 ސީސީން 150 ސީސީއާ ހަމައަށް ޑްރެގް ރޭސް އިވެންޓްތަކެކެވެ. މުޅި ދުވަހަށް ރޭސް ދިގު ދެމިގެންދާ ގޮތަށް ވަނީ އިންތިޒާމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox