ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކީ ޖަރުމަނު

Oct 12, 2021, 2:45 AM
ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކީ ޖަރުމަނު

ސްކޯޕިއާ، ނޯތު މެސެޑޯނިއާ (އޮކްޓޫބަރު 12) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުންބޭރުގައި 4-0 އިން ނޯތު މެސެޑޯނިއާ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިން ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ޖަރުމަނަށް ލިބިއްޖެ އެވެ.

ޖަރުމަނާ އެކު މި ވަގުތު ވޯލްޑް ކަޕްގެ ޖާގަ ޔަގީންވެފައި އޮތީ ހޯސްޓް ކުރާ ގައުމުގެ ހައިސިއްޔަތުން ގަތަރެވެ. ޖަރުމަނު ވޯލްޑް ކަޕުން ޖާގަ ކަަށަވަރުކުރީ ކޮލިފައިންގައި ބާކީ ދެ މެޗު ނުުކުޅެ އޮއްވަ އެެވެ.

ކޮލިފައިން ގްރޫޕް ޖޭގެ އެއް ވަނައިގައި ޖަރުމަނު އޮތީ އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ އާރްމީނިއާ އަތުން 1-0 އިން މޮޅުވި ރުމޭނިއާ އެވެ. އެ ޓީމަށް ވަނީ އަށް މެޗުން 13 ޕޮއިންޓް ލިބިފަ އެެވެ.

ޖަރުމަނުން ކޮލިފައިންގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އަމިއްލަ ގައުމުގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނޯތު މެސެޑޯނިއާގައި ކުޅުނު ރޭގެ މެޗުގައި ޖަރުމަނުގެ ގޯލުތައް ޖެހީ ޓިމޯ ވާނާ ދެ ގޯލާއި ކައި ހަވާޓްޒް އަދި ޖަމާލް މުސިއާލާ އެވެ.

މެޗަށް ފަހު ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ޝަރަފް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު، އަދިވެސް އެ ޓީމަށް ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މިއީ ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅޭނެ 20 ވަނަ ފަހަރެވެ. އެންމެ ގިނައިން ވޯލްޑް ކަޕް ކުޅުމުގެ ރެކޯޑް އޮތީ 21 ފަހަރު ކުޅުނު ބްރެޒިލް އަތުގަ އެވެ.

ނެދަލެންޑްސް އިން ވަނީ ރޭ ކުޅުނު މެޗުގައި 6-0 ގިބްރޯލްޓާ ބަލިކޮށްފަ އެވެ. ނެދަލެންޑްސްގެ ގޯލުތައް ޖެހީ މެމްފިސް ޑިޕާއި ދެ ގޯލާއި ވާޖިލް ވެން ޑައިކް، ޑެންޒެލް ޑަމްފްރީސް، އާނޯޓް ޑަންޖޫމާ އަދި ޑޮންޔެލް މާލެން އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރޮއޭޝިއާ އާއި ސްލޮވާކިއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެސްޓޯނިއާ އަތުން 1-0 އިން ވޭލްސް މޮޅުވިއިރު، ނޯވޭ ވަނީ 2-0 އިން މޮންޓަނެގްރޯ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox