އިންޓާމިޓެންޓް ފާސްޓިންއާ މެދު ޑައިޓީޝަނެއްގެ ބަސް

އިންޓާމިޓެންޓް ފާސްޓިންއާ މެދު ޑައިޓީޝަނެއްގެ ބަސް

އިންޓާމިޓެންޓް ފާސްޓިން އަކީ ބަރުދަން ލުއިކުރުމަށްޓަކައި މިފަހުން އެންމެ ގިނަބަޔަކަށް ކަމުގޮސްގެން އުޅޭ ޑައެޓް ޕްލޭނެވެ. ކޮންމެ ދުވަހަކުވެސް ވަކި ހާއްސަ ގަޑިއިރުތަކެއްގައި ކާންޖެހޭއިރު ބާކީ ހުންނަ ހުރިހާ ވަގުތަކީ ކެލަރީ ފްރީ ގަޑި އެވެ. މިފަދަ ޑައެޓް ޕްލޭންތައް އެއްބަޔަކަށް މަސައްކަތްކޮށްފާނެ އެވެ. އެހެންނަމަވެސް މިއީ ޑައިޓީޝަނުންގެ ނަޒަރުގައި ބަރުދަން ލުއިކުރުމަށްޓަކައި އެންމެ އެދެވޭ ގޮތެއް ނޫނެވެ.

ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވި ގޮތުގައި ވަކިއިރެއް ވަންދެން ނުކައި ހުރުމުން އަހަރެމެންގެ ހަށިގަނޑުގައި ހަކަތަ ބޭނުންކުރެވޭ ގޮތް މުޅިން އެހެން ސިސްޓަމަކަށް ބަދަލުވެ އެވެ.

ހަކުރުގެ ގޮތުގައި އަހަރެމެންގެ ހަށިގަނޑަށް އެތެރެވާ ކާނާ ހަކަތައަށް ބަދަލުވަނީ ކާތަކެތީގައި ހިމެނޭ ކާބޯހައިޑްރޭޓްސްގެ ބާވަތްތަކުންނެވެ. އަދި ބާކީ ހުންނަ ގުލްކޯޒްތައް ގްލައިކޯޖެންއަށް ބަދަލުކޮށް ލިވާގައާއި ހަށިގަނޑުގެ މަސްތަކުގައި ރައްކާކުރެ އެވެ. ނަމަވެސް މީހަކު މާ ބޮޑަށް ވަރުބަލިވެ ހަކަތަ ދަށްވުމުން އެ ރައްކާކުރި ގްލައިކޯޖަން ހަށިގަނޑުން ހަކަތައިގެ ގޮތުގައި ބޭނުންކުރެ އެވެ. އަދި ފާސްޓިން އަށް ދިއުމުން މި ގްލައިކޯޖަންތައް ހުސްވެ ދެން ބޭނުންކުރަން ފަށަނީ ހަށިގަނޑުގައި ހުންނަ ލީން މާސް އެވެ. އަދި އެއަށްފަހު ފެޓް މާސް އެވެ.

Advertisement

"އިންޓާ މިޓެންޓް ފާސްޓިންގައި މި ބޭނުންކުރާ ރޫލް އަކީ އަސްލު ފެޓް ބާން ކުރުން. އޭރުން ހަށިގަނޑުން ސަރުބީ ވިރުވާލެދޭނެތާ. އެކަމަކު މިއީ ކޮންމެ ކޮންމެ މީހަކާ އެކަށޭނަ ގޮތެއް ނޫން" އާސިޔާ ވިދާޅުވި އެވެ.

ކާބޯހައިޑްރޭޓްސް ލިބިދޭ ކާނާ -- ފޮޓޯ: ޑައިޓީޝަން އާސިޔާ
ކާބޯހައިޑްރޭޓްސް ލިބިދޭ ކާނާ -- ފޮޓޯ: ޑައިޓީޝަން އާސިޔާ

ކާބޯހައިޑްރޭޓްސް ލިބިދޭ ކާނާ -- ފޮޓޯ: ޑައިޓީޝަން އާސިޔާ

އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް އޮތް އެއްބަޔަކީ ހަކުރުބަލީގެ މީހުންނެވެ. ހަކުރު ބައްޔަކީ އިންސުލިން ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން ލޭ ވަރަށް އަވަހަށް އެސިޑިކް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އާސިޔާ ވިދާޅުވި އެވެ. ހަކުރު ބަލީގެ ސަބަބުން ކިޑްނީގެ މައްސަލައެއް ދިމާވެފައިވާނަމަ ރޯދަ މަހުގެ ރޯދަތައްވެސް ނުހިފާ ދޫކޮށްލުން އެދެވިގެންވެ އެވެ. އެއާއެކު އާސިޔާ އިތުރަށް ވިދާޅުވީ މިފަދަ ގޮތަކަށް ފާސްޓިން ކުރިއަށް ގެންދާނަމަ ހަކުރު ކޮންޓްރޯލް ކުރަންވެސް ފަހުން އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ.

"ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާ ނުލިބޭނަމަ ހަށިގަނޑު މަސައްކަތްކުރަން އަންދާ ހަކަތަވެސް މަދުވޭ"

އިންސާނުންގެ ހަށިގަނޑަކީ އެކި ބަދަލުތަކަށް ވަރަށް ފަސޭހައިން ހޭނޭ އެއްޗަކަށްވާއިރު، އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން ހަށިގަނޑުން ހަކަތަ ބޭނުންކުރާ ގޮތް ބަދަލުކުރެ އެވެ. މިގޮތުން ނުކައި އެހާ ގިނައިރުތަކެއް ހޭދަކުރަންފެށުމުން ހަށިގަނޑު މި ހޭނުވެނީ ހައިހޫނު ކަމަށެވެ. އެއާއެކު ހަކަތަ ގިނައިން ބޭނުންކުރުމުގެ ބަދަލުގައި ހަށިގަނޑުން ބޮޑަށް މަސައްކަތްކުރާނީ ހަކަތަ ރައްކާ ކުރެވޭތޯ އެވެ. މީގެ ސަބަބުން މުޅި ހަށިގަނޑު ހިންގުމަށް އަންދާ ހަކަތައިގެ މިންވަރު (ބޭސަލް މެޓަބޯލިޒް) ވެސް ދަށް ކުރެ އެވެ.

"އޭރުން މިސާލަކަށް ޕާޓީއެއްކަހަލަ ތަނަކަށް ގޮސް ކާލެވުނީ، ނޫނީ މީރު އެއްޗެއް ކިރިޔާވެސް ގިނައިން ކާލާއިރަށް މީހާ ވަރަށް ފަސޭހައިން ފަލަކޮށްލާނެ. އަނެއްކާ ކޮލެސްޓްރޯލް ކަހަލަ އެއްޗެހި ވެސް މަތިވުމުގެ ފުރުސަތު އޮންނާނެ" އާސިޔާ ވިދާޅުވި އެވެ.

އިންޓަމިޓެންޓް ފާސްޓިން ނޫނަސް، ސުންނަތް ރޯދަތައް ގަވާއިދުން ހިފަން ބޭނުންވާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދޭން ޖެހެ އެވެ. މިގޮތުން އާސިޔާ ވިދާޅުވީ އޭނާ އަބަދުވެސް ރެކޮމެންޑް ކުރައްވަނީ ވީ އެންމެ ލަސްކޮށް ހާރު ކެއުމަށާއި ރޯދަ ވީއްލާއިރުގައިވެސް ބެލެންސްޑް މީލް އެއް ނެގުމެވެ. އަދި މި ދެ ކެއުމުގެ ދެމެދުގައި ހޭދަވާ ވަގުތުތަކުގައިވެސް މުޅި ދުވަހުގެ ހަކަތަ ލިބޭނޭހެން ރާވާލުން މުހިންމެވެ.

ބަރުދަން ލުއި ކުރަން ބޭނުންނަމަ ދެން ކުރަންވީ ކޮން ކަމެއް؟

އެކި ނަންނަމުގައި ތަފާތު ޑައެޓް ތަކާއި މީލް ޕްލޭންތަކެއް އަހަރެމެންގެ ތެރޭގައި އެބަހުއްޓެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ބަރުދަން ލުއިކުރަން ބޭނުންނަމަ އެންމެ މުހިންމީ އެމީހެއްގެ ބަރުދަން އިތުރުވަމުންދާ މައިގަނޑު ސަބަބު ދެނެގަތުމެވެ. އާސިޔާ ވިދާޅުވާ ގޮތުގައި އޭނާގެ ތަޖުރިބާގައި ދިވެހިންގެ ބަރުދަން އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ކާންޖެހޭ ގަޑިތަކުގައި ނުކެއުމާއި އަދި އެއްފަހަރާ މާ ގިނައިން ކެއުމެވެ. ހަމައެޔާއެކު ފޮނި އެއްޗެހި މާ ގިނައިން ކެއުމާ ބުއިމަކީވެސް ބަރުދަން ވަރަށް ފަސޭހައިން އިތުރުވާ ކަމެކެވެ.

"ތަންކޮޅެއް ކުރީގެ އާދައެއް. މިހާރުވެސް ބައެއް ހިސާބުތަކުގައި، ކަޅު ސައި މި ހުންނަނީ ކައްކާފައި، ހަކުރާއި އެކީ ތަރުމޯޒަށް އަޅާފައި. އޭގެވެސް ހަކުރުގެ މިންވަރު ވަރަށް އިތުރު،" އާސިޔާ ވިދާޅުވި އެވެ.

ހިކެން ބޭނުންނަމަ ނުކައި ހުރުމަށްވުރެ މުހިންމީ ގަޑިން ގަޑިއަށް ބަރާބަރަށް ކެއުމެވެ. ޑައިޓީޝަނުން އިލްތިމާސް ކުރައްވަނީ ދުވާލަކަށް މައިގަނޑު ތިން ކެއުމާއި، ދެ ސްނެކެއް ބެލެންސްޑް ކޮށް ނެގުމަށެވެ. އަދި ހަމައެހެންމެ ނިދާ ގަޑިއަކީވެސް ތިމާގެ ދިރިއުޅުން ދުޅަހެޔޮކޮށް ބަރުދަން ލުއިކޮށްދިނުމުގެ މުހިންމު ބައިވެރިއެއްކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox