ދިވެހި ވަސްތަކުން ފަރިވެ ފޮޅުނު "ވިލުނު"

ވިލުނުގެ ދެ ޕާޓްނަރުން: އީމާއު އަހުމަދު ސަލީމް (ކ) އަދި އައިޝަތު ރަޝީދު (ވ) -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ވިލުނުގެ ދެ ޕާޓްނަރުން: އީމާއު އަހުމަދު ސަލީމް (ކ) އަދި އައިޝަތު ރަޝީދު (ވ) -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

"ބޭނުންވީ އޮށުގެ މަދުން ސެންޓު އެކްސްޓްރެކްޓް ކުރަން. އެހިސާބުން ވިސްނުނު ރާއްޖޭގައި މި ހެދޭ އެކި ބާވަތުގެ ގަސް ގަހުގައި މިހުންނަ ވަހަކީ އަދި އެއްވެސް ވަރަކަށް އެކްސްޕްލޯ ނުކުރެވި ހުރި އެއްޗެއްކަން," ރާއްޖޭގެ ފުރަތަމަ އަމިއްލަ ސެންޓު ވިޔަފާރި "ވިލުނު" ގެ މުގުލުގައި ތިބި އީމާއު އަހުމަދު ސަލީމް (އިންމި) އާއި އައިޝަތު ރަޝީދު (އައިޝް) މީގެ އަހަރެއް ކުރިން ފެށި އާދަޔާހިލާފު ދަތުރުގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

ފޭރު ފަތާއި ޓެންޖަރިން ބޭނުން ކޮށްގެން "ޓެންޖެރިން އެންޑް ގޯވާ ލީފް" ރީޑް ޑިފިއުޒާއެއް ތައްޔާރުކޮށް މިދިޔަ އަހަރު ވިޔަފާރި އަށް ނިކުތް މި ދެ އެކުވެރިން މިހާރު "ދިވެހި ވަސް" ތަކުން އެމީހުން އެ ތައްޔާރުކުރާ އުފެއްދުންތައް ރާއްޖެއިން ބޭރަށް ވެސް ފޮނުވަން ފަށައިފި އެވެ.

އެހެންވީމަ، މި ކިޔައިދެނީ، ދެ ރައްޓެއްސެއްގެ ހިތުގެ ލޯބިން އުފެދުނު "ވިލުނު" ފަރިވެ، އޭގެ ހުވަދުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މީރު ވަސް ލެވި، ފަތުރަމުން އަންނަ ގޮތުުގެ ހިތްގައިމު ވާހަކަ އެވެ. ނުވާނެ އޭ ބުނާ މީހުންނަށް އިންމި އާއި އައިޝްގެ މި ކިޔައިދެނީ ހެޔޮވަރުގެ "ސަކްސަސް ސްޓޯރީ" އެކެވެ.

Advertisement

ދިވެހި ގަސްތަކުގެ މާތަކާއި މޫތަކާއި ފަތްތައް ބޭނުންކޮށްގެން ތަފާތު ހަ ވައްތަރެއްގެ ސެންޓެއް "ވިލުނު" އިން އުފައްދަ އެވެ. ހޭންޑް ކްރީމާ، ރޫމް ސްޕްރޭއާ، ޑިފިއުޒާ ގެ އިތުރުން ސެންޓެޑް ބީޑްސްވެސް ތައްޔާރުކުރާ ވިލުނޫގެ ކޮންމެ ޕްރޮޑަކްޓަކީ ހާއްސަ ވާހަކައެކެވެ.

"ބޭނުންވި އެ ކަނެކްޝަންގެންނަން. ފަހަރެއްގައި މިހާރުގެ ޖެނެރޭޝަން އަށް ނޭގިދާނެ ގުލޭނޫރަންމާ އެއީ ކޯއްޗެއްކަން. އެކަމަކު ޖޭސްމިންއާ ސިނަމަން ގެ ވަސް ޖެހުނީމަ ހަނދާނަށް މި އަންނަނީ ވަރަށް ކުރީން ގުލޭނުރަންމާ ގަތާފައި ބޮލުގައި މި ޖަހާ އެތިކޮޅު. އެހެންވީމަ ވަރަށް ނޮސްޓަލްޖިއާ ބޭސްޑް އެއްޗެއް މިއީ،" ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގައި މަސައްކަތް ކުރާ އައިޝް ކިޔައިދިނެވެ.

ވިލުނޫގެ ޓެންގެރިން އެންޑް ގޯވާ ލީފް ޑިފިއުޒާ-- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
ވިލުނޫގެ ޓެންގެރިން އެންޑް ގޯވާ ލީފް ޑިފިއުޒާ-- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނޫގެ ޓެންގެރިން އެންޑް ގޯވާ ލީފް ޑިފިއުޒާ-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ވިލުނޫގެ ފުރަތަމަ ޕްރޮޑަކްޓް އާންމުންނަށް ފެނުނީ މިދިޔަ އަހަރު އެވެ. ނަމަވެސް މި މަސައްކަތް ފަށައިގެން، މޮޅުކުރަމުން، ފައްކާކުރަމުން އަަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އައިޝް ބުނި ގޮތުގައި 2017 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ހޭދަވީ އެކި ކަހަލަ މާމެލާމެއްޔާއި ފަތްތައް ހޯދާ ބަލައި އޭގެ ވަސް ދިރާސާ ކުރުމުގަ އެވެ. އެއަށްފަހު އެ ތަކެތި ބޭނުންކޮށްގެން ތަފާތު ވަސްތައް ނެރުމަށްޓަކައި އެކިއެކި ފޯމިއުލާތައް ހެދި ޓެސްޓު ކުރެވެމުން ދިޔަ އެވެ. ފަހަރަކަށްވުރެ ފަހަރެއް ރަނގަޅު ކުރަމުންގޮސް ޕްރޮޑަކްޓް ފައިނަލް ކުރެވުނު ހިސާބުން ދެން ފެށީ އެހެން މީހުންގެ ހިޔާލު ހޯދުމަށެވެ.

"އެކަމަކު އެންމެ ބޮޑު ފޯކަސް އަކަށްވީ މި ވަސްތަކަކީ "ދިވެހި" ވަސްތަކެއްތޯ ޔަގީން ކުރުން،" އިންމި އިތުރުކޮށްލި އެވެ.

އެހެންވެ، ދެން ހެދީ ސާމްޕަލް ރިސާޗެކެވެ. ދެ ޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުންނާ އިންޓަވިއުކޮށް ތަފާތު ވިހި ބްލެންޑެއް ޓެސްޓުކޮށްގެން އޭގެ ފީޑްބެކް ހޯދި އެވެ. ވިލުނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު އެންމެ ބޮޑު ޔަގީން ކަމަކީ އެއީ ކަމަށް ވެސް އިންމަ ބުންޏެވެ.

"އެއްވެސް މީހަކަށް ނޭގޭނެ ވަސް އެ ބެލެނީ ސީދާ ކޯއްޗަކުން ކަމެއް. ދެން ބައެއް މީހުން ފިނިފެންމާ ގެ ބްލެންޑެއް ވަސްބަލާފައި އެބަބުނޭ މިއިން ހަނދާން ވަނީ މާމައޭ. އަސްލު އެއީ ގިނަފަހަރަށް އެމީހެއްގެ މާމަ ކޮންމެވެސް ތަނެއް ސެންޓްކުރަން އެ މާ ބޭނުންކޮށްފައި ހުރީމަ،" އިންމި ކިޔައިދިނެވެ.

ވިލުނޫގެ ބައެއް ޕްރޮޑަކްޓްތައް -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
ވިލުނޫގެ ބައެއް ޕްރޮޑަކްޓްތައް -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނޫގެ ބައެއް ޕްރޮޑަކްޓްތައް. -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނުގެ ހޭންޑްކްރީމް ނޫން އެހެން ހުރިހާ ޕްރޮޑަކްޓަކީ ރާއްޖޭގައި ފޯމިއުލޭޓްކޮށް އުފައްދާ ތަކެއްޗެވެ.

އައިޝް ކޮންމެވެސް ވަރަކަށް ކެމިސްޓްރީ ކިޔެވި އެވެ. އެހެންވެ، މަސައްކަތާ ގުޅިގެން ކުރަންޖެހޭ ލެބޯޓްރީ މަސައްކަތްތައް ރިސާޗްކޮށްގެން ދަސްކުރަން އައިޝް އަށް ތަންކޮޅެއް ފަސޭހަވި އެވެ. އެ ހުރިހާ ކަމެއް އޭނާ ދަސްކުރީ އަމިއްލަ އަށެވެ.

ވިލުނުގެ ކޮންމެ ޕްރޮޑަކްޓަކަށް ބަލާލުމުންވެސް އެއިން ދުވާ ވަސް ހިތަށް ގެންނަން އެނގޭނެ ކަމަށް އިންމި ބުންޏެވެ. ގްރެފިކް ޑިޒައިނިންގައި އޭނާގެ އިލްމާއި ހުނަރު މިކަމުގައި ވަރަށް ފުރިހަމައަށް ބޭނުންކޮށްފައިވެ އެވެ. ކޮންމެ ސެންޓްއެއްގެ ވަސްވެސް ވިލުނު އިން ސިފަކޮށްދެނީ ކުލަތަކަކުންނެވެ. މިގޮތުން ޓެންޖެރިން އެންޑް ގޯވާގައި ބޭނުންކޮށްފައިވާ ފެއްސާ ރީދުލުން އެ ސެންޓްގެ ސިޓްރަސްކަމާއި ތާޒާކަން އެގިގެންދާއިރު، މުށި ކުލައިގެ ތެރޭ މަޑު ނޫ ކުލައިގެ ހިމަ ރޮނގުތަކަކުން ފަރުމާކޮށް ޕެކޭޖުކޮށްފައިވަނީ ހުވަނދު މަލާއި ފޮނިތޮށީގެ ސެންޓެކެވެ. އެއާއެކު ޕެޝަން ފްރުޓްގެ ރީދުލުން އެ ސެންޓުން ގެނެސްދޭ އެނާޖީއާއި ވައިބްރަންސް އިހުސާސްކުރެވެ އެވެ.

އެންމެ ކަމުދަނީ ކޮން ސެންޓަކުންތޯ ސުވާލުކޮށްލުމުން ދެމީންނަށްވެސް ބުނެވުނީ މީރު ވަސް ކަނޑައެޅެނީ އެ ވަގުތަކަށާ ހުންނަ މޫޑަކަށް ބަލާފައި ކަމަށެވެ.

"ރޭގަނޑު ނިދާ ވަގުތު ވެއްޖިއްޔާ، ރޯޒް އެންޑް ވެޓަވާ، އެއީ ވަރަށް ކާމިން ފީލް އެއް އެއިން އަންނާނީ. އެކަމަކު މިސާލަކަށް މެންދުރު ގަޑީގައި ލިވިން ރޫމަށް ވެއްޖިއްޔާ ހަމަ އަބަދުވެސް ޕެޝަން ފްރުޓް ޖަހާލެވޭނީ،" އައިޝް ބުންޏެވެ.

ވިލުނޫގެ ޕްރޮޑަކްޓްތައް ހެދުމުގެ ތެރެއިން -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
ވިލުނޫގެ ޕްރޮޑަކްޓްތައް ހެދުމުގެ ތެރެއިން -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނޫގެ ޕްރޮޑަކްޓްތައް ހެދުމުގެ ތެރެއިން. -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނު އުފެދިގެން އައިއިރު އަމާޒުހުރީ ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ގައުމަށްދާއިރު ދިވެހިރާއްޖެ މަތިން ހަނދާންވާނެ ފަދަ ވަހެއް އެމީހުންނާ އެކީ ގެންދިއުމެވެ. މިގޮތުން ނިމުނު އަހަރުގެ ޖެނުއަރީ ނުވައެއްގައި އޮތެންޓިކް މޯލްޑިވްސް އެއާޕޯޓް ފިހާރައިން ވިލުނުގެ ޕްރޮޑަކްޓްތައް ފުރަތަމަ ލިބެން ފެށިއިރު އޭގެ ޖެހިގެން އައި މަސްތަކުގައި އައިލެންޑް ބާޒާރުންވެސް ވިލުނޫ ލިބެން ފެށި އެވެ.

އަމިއްލައަށް ތަކެތި ވިއްކުމުގެ ހިޔާލަކީ ކުރިން އެއްވެސް ވަރަކަށް އައިޝް އާއި އިންމި ވިސްނި ކަމަކަށް ނުވިއަސް މި ހިޔާލު ދޫކޮށްލާ ދަތުރުގެ މިސްރާބު ބަދަލުކުރަން ޖެހުނީ ކޮވިޑްގެ ބިޔަރާޅު އައިސް ހަމަކުރުމުންނެވެ. ޅަފަތުގައި އޮތް މި ކުޑަ ވިޔަފާރި އާންމުންނާ ގާތަށް ގެނެސް، އިންސްޓަގްރާމް މެދުވެރިކޮށް އޯޑަރުތައް ނަގަން ފެށުނީ ކޮވިޑް މާލޭގައި ފެތުރެން ފަށާ ލޮކްޑައުން ކުރި ހިސާބުންނެވެ. އެކަކު އަނެކަކާ ބައްދަލުނުވެ، މުޅިން ދެ ތަނެއްގައި ތިބެ ވިޔަފާރި ކުރިއަށްގެންދަން ޖެހުނުއިރު، ކާމިޔާބުގެ އައްސޭރިއަށް މިއަދު "ވިލުނު" ގެނެސްދިނުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެ ދުވަސްތަކުގައި ކުރެވުނު ހިތްވަރުކަމުގައި އައިޝް އާއި އިންމި ދެކެ އެވެ.

"ލޮކްޑައުންތެރޭ ރީޓެއިލްކުރަންވެގެން އަސްލު ވެބްސައިޓް ހެދީ. ދެން އެހިސާބުން ވަރަށް ގިނަ ބަޔަކަށް ވިލުނޫ އެނގެންފެށި. އެއީ މި ވަސްތަކަކީ ވަރަށް ރަށުތެރެއާ މޫދު ފީލްގެ ވަސްތަކެއް. އެހެންވެ ގޭގައި އަބަދު ތިބެން ޖެހުނީމަ މީހުން ވަރަށް ބޭނުންވި،" އިންމި ބުންޏެވެ.

ވިލުނޫގެ މަސައްކަތުގައި އައިޝް -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
ވިލުނޫގެ މަސައްކަތުގައި އައިޝް -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ވިލުނޫގެ މަސައްކަތުގައި އައިޝް -- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

އޭނާ ބުނީ، ވިޔަފާރިއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއަށް އެއްޗެހި ގެނައުމުގެ އަގާއި ރާއްޖެއިން ބޭރަށް ތަކެތި ފޮނުވުމުގެ އަގު މަތި ވުން ކަމަށެވެ. ވިލުނުގެ ޕްރޮޑަކްޓެއް ހިފައިގެން ރާއްޖެއިން ބޭރަށްދާ ފަތުރުވެރިޔާ ދެވަނަ ފަހަރަށް އެ އެއްޗެއް ގަންނަން ކުރަންޖެހޭ ހަރަދު ދެގުނަ ބޮޑުވާތީ ޑިސްޓްރިބިއުޝަންގެ މަސައްކަތް އެންމެ އެދޭ ވަރަށް ވަރާ ގާތަށްވެސް އަދި ކާމިޔާބު ނުކުރެވޭ ކަމަށް ވެސް ބުންޏެވެ.

ހަތަރުވަރަކަށް އަހަރުވަންދެން މެދުކެނޑުމެއް ނެތި ހިތްވަރާއި އެކީ ކުރިއަށް ދިޔަ ވިލުނުގެ ދަތުރު މިހާރު ކާމިޔާބީ އާ އަރާ ހަމަކުރަނީ އެވެ. ދިވެހި އަމިއްލަ އުފެއްދުންތައް ލިބެން ހުރި ބޮޑެތި ގިނަ ފިހާރަތަކުން "ވިލުނު" މިހާރު ޖާގަ ހޯދައިފި އެވެ. ރާއްޖޭގެ ތިން ރިސޯޓެއްގައި ވެސް މިހާރު "ވިލުނު" މަރުކާގެ އުފެއްދުންތައް ވިއްކަ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox