ފްލައިން ސްކޫލް ފަށަނީ އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކްގެ ކުންފުންޏެއް ގުޅިގެން

މޯލްޑިވިއަންގެ މަތިންދާބޯޓެއް-- ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަންގެ މަތިންދާބޯޓެއް-- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށްޓަކައި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި އެކުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް މިއަދު "އަދަދު" ނޫހަށް ވިދާޅުވީ ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށްޓަކައި މިހާރު އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި އެކު މީގެ ދުވަސްކޮޅެއް ކުރިން އެއްބަސްވުމަކަށް އާދެވި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މިހާރު އެ މަސައްކަތަށްޓަކައި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލުގެ ބައެއް ބޭފުޅުން ވެސް މިކޮޅަށް ވަޑައިގެން، ފެސިލިޓީޒްތައް ބައްލަވައި ޓެކްނިކަލް ބައެއް މަސައްކަތްތައް ވެސް ކުރިޔަށް ގެންދާނެ ގޮތްތައް ބައްލަވާލައްވާފައިވަނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ޗެކް ރިޕަބްލިކްގެ އެ ވަފްދުން އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލް ހިންގަން ބޭނުންކުރަން ނިންމާފައިވާ މަތިންދާބޯޓުތައް ވެސް އިންސްޕެކްޓް ކޮށް ބަލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އަންނަ ޑިސެމްބަރު މަހަށް ފްލައިން ސްކޫލު ހިންގަން ފެށޭތޯ މަސައްކަތް ކުރަމުން އިރާދަކުރެއްވިއްޔާ،" މޫސަ ވިދާޅުވި އެވެ.

ރާއްޖޭގައި ފްލައިން ސްކޫލެއްގެ ގޮތުގައި މިދިޔަ 12 އަހަރު ދުވަހު ހިންގާފައިވަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގި ފްލައިން ސްކޫލެވެ.

އެ ސްކޫލާއި ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވުމުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިން ވަނީ އެ ފްލައިން ސްކޫލުގެ އެއްބަސްވުން މިދިޔަ ޖުލައި 31 ވަނަ ދުވަހަށް ހަމަވުމުން އެ އެއްބަސްވުން އާ ނުކުރަން ނިންމައިފަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި އައިލެންޑް އޭވިއޭޝަނުން ވެސް ފްލައިން ސްކޫލު ހިންގާނީ އައްޑޫ ސިޓީގަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ލުޖާޒް އަލީ
ގަން އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ލުޖާޒް އަލީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ލުޖާޒް އަލީ

އޭއޭއޭ އިން ހިންގި ފްލައިން ސްކޫލުގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުމާއި އިތުރަށް ފައިސާ ނަގައިގެން ކޯސް ދިގުދަންމާކަމުގެ ތުހުމަތުތަކެއް އެތަނުގައި ކިޔަވާ ދަރިވަރުންތަކެއް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. މިހާރު ފްލައިން ސްކޫލުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާއިރު، އެ ދަރިވަރުން މިހާރު ތިބީ ކިޔެވުން ކުރިޔަށް ގެންދާނެ ގޮތެއް ނޭނގިފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެންބަރުމަހުގެ ތެރޭގައި ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށް ދިނުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކާ އެކު އެ ތަނުގައި ކިޔަވަމުންދާ 178 ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެފައި ތިބި ކުދިން ވެސް އެބަ ތިއްބެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.

އެ މައްސަލަ ހައްލުނުވެ އެތައް މަހެއް ފާއިތުވުމަށްފަހު، އެ ފްލައިން ސްކޫލް އެވިޑު ކޮލެޖުގެ ދަށަށް ބަދަލުކުރަން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ނަމަވެސް، ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެވިޑުން މިހާރު ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެއާއެކު، ކޯސް ނިންމޭނެ ގޮތެއް ނެތިގެން އޭއޭއޭގެ ދަރިވަރުން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ގާއިމުކުރަން މަސައްކަތްކުރާ ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެ ކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.

މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯންތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox