ޖަލުގައި މަރުވި މީހާއަށް ފަރުވާ ދިނުމުގައި އިހުމާލެއް އޮތް ކަމަށް އިމްރާން ގަބޫލެއް ނުކުރައްވާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި ގައިދީއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަރުވެފައިވާއިރު، އޭނާއަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަނުން މައުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން (46 އަހަރު) އެވެ.

އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.

ޝަބީން އެ ރޭ އެމެޖެންސީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލުމަށް އުނދަގޫތަކެއް ހުރުގެންނެވެ.

އޭނާ މަރުވެފައިވަނީ އެކަމަށް ފަރުވާދަމުން ދަނިކޮށެވެ. އަދި ޝަބީން އަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.

އެއާއެކު ޝަބީން މަރުވީ، ޑޮކްޓަރަށް ދައްކައި ދިނުމަށް ތަކުރާރުކޮށް އެދެމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ހދ. ނޭކުރެންދޫގައި ކަރެކްޝަނަލް ސެންޓަރެއް އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލުކުރަން ދިން ފުރުސަތުގައި ޝަބީންގެ މަރާ ގުޅޭގޮތުން މިނިސްޓަރަށް ވަނީ މެމްބަރުންގެ ސުވާލުތައް އަމާޒުކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި ގޮތުގައި، އެފަދަ ހާދިސާއެއް ހިނގައިފި ކަމުގެ ރިޕޯޓު ލިބުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއިން ވަކިން އެ މައްސަލަ ބަލާނެ ކަމަށެވެ.

އަދި އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ގުޅިގެން ވެސް އެކަން ބަލާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެ ރިޕޯޓަކީ ކަރެކްޝަނަލް ސާވިސްއިން ތައްޔާރުކުރާ ރިޕޯޓާ މުޅިން ވަކިން އެކުލަވާލެވޭ ރިޕޯޓެއް ކަމަށެވެ.

އެގޮތުން، އެއްވެސް ފަރާތެއްގެ އިހުމާލެއް ނޫނީ އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކޮށް އޮތް ކަން އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިނުވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އަޅުގަނޑު ކަށަވަރުކުރިން ޑޮކްޓަރަށް ދެއްކިފައި އެބަހުރިތޯ. ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތަށް ކަންތައް ކުރެވިފައި ހުރިތޯ. އެކަންކަން ވަނީ ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ގައިދީންނަށް ބޭސްފަރުވާ ނުލިބިގެން އެތައް ޝަކުވާއެއް ލިބޭ ކަމަށާއި، ނަމަވެސް، ބައެއް ހާލަތްތަކުގައި އެއް ގަދީއަކު އަހަރެއްގެ ތެރޭގައި 40 އަށް ވުރެ ގިނަ ފަހަރު ޑޮކްޓަރަށް ދެއްކިފައި ވެސް އެބަހުރި ކަމަށެވެ.

ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، މިހާރު ޖަލުގައި ދެ ސްޕެޝަލިސްޓަކު އެބަތިބި ކަމަށާއި އަދި އިތުރު ޑޮކްޓަރަކު ރެކްރޫޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިތުރު ފަރުވާ ބޭނުންވާ ގައިދީންނަށް މާފުށި ހެލްތު ސެންޓަރުންނާއި އަދި މާލެއަށް ގެންނަން ޖެހޭ ހާލަތުގައި ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox