އެންމެންގެ އާ ފޭވަރިޓަކީ ހައިޝަމް، ދައްކަނީ ތައުރީފު ހައްގު ކުޅުމެއް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ހައިޝަމް: އޭނާ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ހައިޝަމް: އޭނާ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

"ސާދަ ނަމްބަރު އެއީ ކާކު އޭނަ ހާދަ މޮޅޭ. އަހަންނަށް މިހާރު އެންމެ ކަމުދަނީ އޭނަ"

މިއީ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އޭނާ އަށް ތައުރީފުކުރަން ބުނާ ބަހެކެވެ. ސަޕޯޓަރުން ވަދެ ފުރިފައި އޮތް ގަލޮޅު ދަނޑެއްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ގިނަ ބަޔަކަށް ހައިޝަމްގެ ކުޅުން ފާހަގަކުރެވި، އޭނާ އަށް ކުރާ ތައުރީފު ދުވަހެއް ދުވަަހަކަށް މި ދަނީ އިތުރުވަމުންނެވެ.

އުމުރުން އެންމެ 20 އަހަރުގައި 2019 ވަަނަ އަހަރު ގައުމީ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނު ހައިޝަމް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގަލޮޅު ދަނޑުގައި ގައުމީ ޖޯޒީގައި ކުޅުނީ ވޯލްްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސް އަދި ގުއާމް މެޗެވެ. ތަޖުރިބާ މަދު ނަމަވެސް އެ މެޗުތަކުގައި ވެސް ޖުމްލަކޮށް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ހައިޝަމް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެކަމަކު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ދައްކަމުން އަންނަ ކުޅުން ކުރިއަށް ވުރެ ރަނގަޅެވެ. ފުޓްބޯޅަ ކޯޗުންނާއި ސަޕޯޓަރުންނަށް ހައިޝަމްގެ ކުޅުން ފާހަގަވާ އެންމެ ބޮޑު ސަބަބަކީ ތަޖުރިބާ މަދު ނަމަވެސް އޭނާގެ ކުޅުމުން އެކަން ނުފެނި އިތުބާރާ އެކު ޕްރެޝަރު މަގާމަކަށް ދައްކާ ކުޅުމުންނެވެ.

އުމުރުން ހަގު ނަަމަވެސް ހައިޝަމްގެ ފަރާތުން ފެންނަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި ތިބި ކުޅުންތެރިންގެ ފަރާތުން ފެންނަ ކޮންފިޑެންސް އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެ 1-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު މެޗުތަކުން މި ވަނީ މޮޅުވެފަ އެވެ.

ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗުގައި ވެސް ހައިޝަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިއްޔެ ލަންކާ އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރީ ރަނގަޅު ވަގުތުގައި އެޓޭކްގައި ވެސް ބައިވެރިވަމުން އަންނަ ހައިޝަމް އެވެ.

ސަޕޯޓަރުންގެ ލޯބި ހައިޝަމް އަށް

ރާއްޖޭހެ ލޯކަލް ފުޓްބޯޅަ ބަލަން ގިނަ ސަޕޯޓަރުން ނުވަންނާތީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ކުޅުން ފެނުން އެއީ ނުވެދާނެ ކަމެކެވެ. ސޯޝަލް މީޑިއާ އަށް އެންމެން ފަރިތަ ޒަމާނެއްގައި ރާއްޖޭން ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރާ މި ފަހަރު ހައިޝަމް ފަދަ އަަރަމުން އަންނަ ކުޅުންތެރިންނަށް މި ލިބޭ ސަޕޯޓް އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު ގިނަ މެޗުތަކަށް ފަހު އެ މެޗެއްގައި ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ތައުރީފުކޮށް، ގިނަ ސަޕޯޓަރުންތަކެއްގެ ޝުއޫރުތައް ބަންޑުންކޮށްލަ އެވެ. އެ ގޮތުން މިދިޔަ މެޗުތަކުގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ހައިޝަމް އަށް ސަޕޯޓަރުން ދޭ ތަރުހީބެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ އަލީ ޝިފާޒް ސޯޝަލް މިޑިއާގައި ލިޔެފައިވާ ގޮތުގައި ހައިޝަމް އަކީ މި ވަގުތު ގައުމީ ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އަދި އޭނާ އަށް ތައުރީފް ކުރުން ހައްގު ކަމަށް ޝިފާޒް ލިޔެފައިވެ އެވެ.

"2008 ގައި ރަން މެޑަލް ނެގި ގައުމީ ޓީމަށް ކުޅުނު ދިވެހި ފުޓްބޯޅައިގެ އެންމެ މޮޅު އެއް ވާތު ބެކް އައްމަޓީގެ ކުޅުން ފެނިގެން ދާ ކަހަލަ. ބައެއް ފަހަރު (ހައިޝަމް) އައްމަޓީ އަށް ވުރެ މާ މޮޅޭ ވެސް ބުނެވިދާނެ،" ޝިފާޒް ލިޔެފައިވެ އެވެ. "ރާއްޖެ ކުޅުނު 3 މެޗުގައި ވެސް ތަފާތު މޮޅު. ޚާއްސަކޮށް ބަންގާޅު އަދި ލަންކާ އާ ދެކޮޅަށް ކުޅުނީ އަދަޔާ ހިލާފު މޮޅު ކުޅުމެއް،"

ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ދެން އެންމެ މަގުބޫލު ޕޯސްޓެއްގެ ގޮތުގައި ފެނުނީ ހައިޝަމް އެ ދައްކާ ކުޅުމަށް "ސެލިއުޓް ކުރުން" ހައްގު ކަމަށެވެ. އަދި ބައެއް ސަޕޯޓަރުންގެ މެދުގައި ހައިޝަމް މަގުބޫލުވެ، ފޮޓޯއެއް ނަގާލުމަށް އެދޭ ސަޕޯޓަރުން ވެސް ގިނަ އެވެ.

ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ބުނީ ހައިޝަމް އަކީ މި ފަހަރުގެ މުބާރާތުގައި އެއް ފެންވަރެއްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ ކަމަށެވެ.

ބ. އޭދަފުއްޓަށް އުފަން ހައިޝަމް, 22, އަކީ 2018 އަަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޒުވާން ސްކޮޑަށް އިތުރުވި ޒުވާން ކުޅުންތެރިއެކެވެ.

ޅަ އުމުރުގައި ވެސް ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ މަސައްކަތުގެ ރޭޓް ރަނގަޅުވުމެވެ. ހައިޝަމް އަށް ފުރަތަމަ ޑިވިޝަނުން ކްލަބް އީގަލްސް އިން ފުރުސަތު ދިން މުހައްމަދު ޝިޔާޒް (މޯހަން) ވެސް މީގެ ކުރިން ވަނީ ހައިޝަމް ދަނޑު މަތީގައި ކުރާ މަސައްކަތް ފާހަަގަކޮށްފަ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގައުމީ ކޯޗަކަށް ކުރިން ހުރި ޕީޓަ ސެގާޓާއި މާޓިން ކޫޕްމަން އަދި މިހާރު ގައުމީ ކޯޗަކަށް ހުރި އަލީ ސުޒޭންގެ ފުރަތަމަ އެގާރައިން ވެސް ހައިޝަމްގެ ނަން އުނިނުވެ އޮތުމުގެ އެންމެ ބޮޑު ސަބަަބަކީ އޭނާ އެ ކުރާ މަސައްކަތެވެ.

ހައިޝަމް ފަދަ ކުޅުންތެރިންނަށް އާންމުންގެ ލޯބި ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި ގެއްލިފައި އޮތް ފޯރި އަލުން ގެންނަން ބަލާއިރު މުހިއްމު ކަމެކެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕްގައި ހައިޝަމް ބުނީ ވަރަށް މަދު ފަހަރަކު ނޫނީ ރާއްޖޭގައި މުބާރާތެއް ކުޅެލަން ނުލިބޭ ކަމަށެވެ. އެ ގޮތަށް ބަލާއިރު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގަ މުބާރާތުގެ ކުރިން ހައިޝަމް ވަނީ ފާހަގަކޮށްފަ އެވެ.

"ޒުވާން ކުޅުންތެރިން ކުރިއަރަން ވެސް ވަރަށް މުހިއްމު ކަމެއް ކަންނޭނގެ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް އައިސް ސަޕޯޓް ދިނުމަކީ،" އޭރު ދިން އިންޓަވިއުގައި ހައިޝަމް ބުންޏެވެ.

ހައިޝަމް އެދުނު ގޮތަށް ގިނަ ބަޔަކު ދަނޑަށް ވަދެ، މިހާރު އަންނަނީ ހައިޝަމްގެ އިތުރުން މުޅި ޓީމަށް ވެސް ބޮޑު ސަޕޯޓެއް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox