ގައުމީ ޓީމަށް މެޗެއް ކުޅެލަން ލިިބުނު ފުރުސަތުގައި ޝަފީއު އަށް އިތުބާރު

އިއްޔެގެ މެޗުގެ ތެރެއިން ކީޕަރު ޝަފީއު: މުޅިން އަލަށް ގައުމީ ޓީމުގެ ގޯލުގައި ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިއްޔެގެ މެޗުގެ ތެރެއިން ކީޕަރު ޝަފީއު: މުޅިން އަލަށް ގައުމީ ޓީމުގެ ގޯލުގައި ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭހެ ކްލަބް ފުޓްބޯޅައިގައި މިދިޔަ ސީޒަން ފެށިއިރު، ގޯލްކީޕަރު މުހައްމަދު ފައިސަލް އެއްކޮށް ފިޓްނުވާތީ ކްލަބް ވެލެންސިއާގެ ގޯލު ބެލެހެއްޓީ މުހައްމަދު ޝަފީއު (ޗެކް) އެވެ. އެ ފަހަރު ލިބުނު ފުރުސަތުގައި ޝަފީއު މޮޅު ކުޅުމެއް ދެއްކި އެވެ. އޭގެ ފަހުން ސީޒަނުގެ ފަހު ކޮޅުގައި ފައިސަލް އަށް އަނިޔާވެގެން އަނެއްކާ ވެސް ޝަފީއު ވަނީ ވެެލެންސިއާގެ މެޗުތަކުން ދިން ފުރުސަތުގައި ތަފާތު ދައްކައިފަ އެވެ.

އެކަމަކު، އިއްޔެ މުޅިން އެހެން ލެވަލެއްގައި ހާލަތު ވެސް ތަފާތު ވަގުތެއްގައި ޝަފީއު، 33، އަށް ވަނީ ފައިސަލްގެ ބަދަލުގައި ގޯލު ބަލަހައްޓަން ޖެހިފަ އެވެ. އެއީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ޕްރެޝަރު މެޗުގަ އެވެ. މޮޅުވުން މަޖުބޫރު މެޗެއްގައި ރާއްޖެ މޮޅުވީ 1-0 އިންނެވެ. ފަހު ވިއްސަކަށް މިނިޓްގައި ގޯލަށް ނުރައްކާ ވަގުތުތަކެއް ވެސް ދިޔަ އެވެ.

އިއްޔެގެ މެޗުގެ 27 ވަނަ މިނިޓްގައި ފައިސަލްގެ ފަޔަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ފުރަތަމަ ބެލީ އޭނާ އަށް ކުޅެވޭނެތޯ އެވެ. އެކަމަކު، ފަރުވާ އަށް ފަހު ވެސް ފައިސަލް އަށް ދެން އިތުރަށް އެ މެޗުގައި ނުކުޅެވޭނެކަން އެނގުމާ އެކު މެޑިކަލް ޓީމުން ބެންޗަށް އިޝާރާތްކުރީ ބަދަލު ގެންނަން ޖެހޭ ކެމެވެ. އެ ހިސާބުން އަންގި ލައްވައިގެން ރާއްޖޭގެ ގޯލު ބަލަހައްޓަން ނުކުންނަން ޖެހުނީ ޝަފީއު އަށެވެ. މިއީ ގައުމީ ޖޯޒީގައި އޭނާ ރަސްމީ މެޗެއްގައި ކުޅެން ނުކުންނަ ފުރަތަމަ ފަހަރެވެ.

އިއްޔެގެ މެޗުގެ ކުރިން ޝަފީއު ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗެއްގައި ވެސް ކުޅެފައިވަނީ މި ފަހަރު ގަތަރުގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިންނެވެ. އެއީ ގަތަރުގެ ދެ ވަނަ ޑިވިޝަން ކްލަބް ލުސައިލް އެފްސީ އަތުން 4-3 އިން ރާއްޖެ މޮޅުވި މެޗުގެ ދެ ވަނަ ހާފްގަ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ޝަފީއު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ރަސްމީ މެޗެއްގައި ކުޅެން ނުކުމެ، ފުރިފައި އޮތް ގަލޮޅު ދަނޑުގައި އިއްޔެ ޝަފީއު ވަނީ އޭނާ އަށް ލޯކަލް ފުޓްބޯޅައިގައި ލިބިފައިވާ ތަޖުރިބާގެ ބޭނުން އިންޓަނޭޝަނަލް ފުރަތަމަ މެޗުގައި ބޭނުން ހިފައިފަ އެވެ.

ގައުމީ ޖޯޒީގައި ފުރަތަމަ މެޗުގެ ޕްރެޝަރާ އެކު ވެސް ޝަފީއު ދެއްކި ކުޅުމަށް ގައުމީ ކޯޗު ސުޒޭން ވަނީ ތައުރީފުކޮށްފަ އެވެ.

"ޝަފީއުގެ ފަރާތުން ފެނުނު ކޮންފިޑެންސަކީ ވެސް ވަރަށް ރަނގަޅު އެއްޗެއް. ކޮންމެ ވެސް ވަރަކަށް ބެކްފުޓަށް ގޮސްފައި އޮތްއިރުގައި އޭނަ މުޅި މެޗު ނިންމާލިއިރު އޭނަގެ ފަރާތުން އެއްވެސް ކަހަލަ ހާސްކަމެއް ނުފެންނަކަން ހަމަ ފާހަގަކޮށްލާނަން ހަމަ،" އިއްޔެގެ މެޗަށް ފަހު ސުޒޭން ބުންްޏެވެ.

ސުޒޭން ބުނީ ފައިސަލްގެ އަނިޔާގެ ކަންކަން ދެނެގަތުމަށް މެޑިކަލް ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި މީޑިއާ އަށް އޭގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.

"ފައިސަލް އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ތި ފާހަގަކުރިހެން އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާ އެކު ނުކުންނައިރު،" ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފައިސަލް ފިޓްވެދާނެތޯ ކުރި ސުވާލަށް ދިން ޖަވާބުގައި ސުޒޭން ބުންޏެވެ.

ކްލަބް ފުޓްބޯޅައިގައި ޝަފީއުގެ ތަޖުރިބާ ބޮޑު

ވ. ކެޔޮދޫ އަށް އުފަން ޝަފީއު ވަނީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގެ ކްލަބް ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފަ އެވެ. ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް ފ. ނިލަންދޫ ފުޓްބޯޅަ ޓީމުގެ އިތުރުން ކްލަބް ވެލެންސިއާގައި ވެސް ޝަފީއު ވަނީ ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައިފަ އެވެ.

ގައުމީ ޓީމުން އެކި ފަހަރު މަތިން މީގެ ކުރިން ފުުރުސަތު ލިބުނު ނަމަވެސް އިއްޔެއާ ހަމައަށް ޝަފީއު އަށް މެޗެއް ކުޅެލަން ލިބިފައި ނެތެެވެ. އެކަމަކު، ލިބުނު ފުރުސަތުގައި ވެސް ޝަފީއު މި ވަނީ ލޯކަލް ފުޓްބޯޅަ ސީޒަނުގެ ތަޖުރިބާގެ އަލީގައި ރަނގަޅަށް ކުޅެފަ އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ތިބީ ގައުމީ ޓީމަށް ކުރިން ކުޅެފައި ތިބި ދެ ގޯލްކީޕަރުން ކަމަށްވާ އަސްލަމް އަބްދުއްރަހީމް އާއި އިމްރާން މުހައްމަދު އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި އަސްލަމް ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެފައި އޮތީ ލޯކަލް ފުޓްބޯޅަ ސީޒަނުގައި ކުޅެފައި ތިިބި ތިން ކީޕަރުން ތިބުމެވެ.

މި ފަހަރުގެ މުބާރާތަށް ނެގި ސްކޮޑުގައި ހިމެނޭ ތިން ކީޕަރުން: ނާޖީ (ކ)، ފައިސަލް (މ) އަދި ޝަފީއު.-- ފޮޓޯ: އަދަދު

އެ ގޮތުން ފައިސަލާއި ޝަފީއު ވެލެންސިއާގެ މެޗުތަކުގައި ކުޅުނުއިރު، ދެން ހުރި ތިން ވަނަ ކީޕަރު އަލީ ނާޖިހު (ނާޖީ) ވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގައުމީ ޓީމުން އިއްޔެ ދެން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިއަކީ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ހަންނަ އަށް އެ ފަހަރު ފުރުސަތު ގެއްލުނީ ސްކޮޑު ފައިނަލް ކުރިއިރު އެވެ.

މި ފަަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުގައި ހަންނަ ނުފެނެ އެވެ. އެހެން ނަމަވެސް އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކުޅެން އަރައި ހަންނަ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާ ތެރެއިން ލަންކާ ކުޅުންތެރިއަކު ކައިރިން ނެއްޓުމަށް ފަހު ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox