ޗެތުރީ، ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑަކާ ހަމަކޮށްފި

Oct 11, 2021, 2:56 AM
ރޭގެ މެޗުގެ ތެރެއިން އިންޑިއާގެ ފޯވާޑް ޗެތުރީ: ރޭގެ ގޯލާ އެކު ޗެތުރީ ވަނީ ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑަކާ ހަމަކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޭގެ މެޗުގެ ތެރެއިން އިންޑިއާގެ ފޯވާޑް ޗެތުރީ: ރޭގެ ގޯލާ އެކު ޗެތުރީ ވަނީ ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑަކާ ހަމަކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ނޭޕާލް ކޮޅަށް ޖެހި ގޯލާ އެކު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ، ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

ޕެލޭ ވަނީ ބްރެޒިލަށް ކުޅެދިން 92 މެޗުން 77 ގޯލު ޖަހައިފަ އެވެ. އުމުރުން 37 އަހަރުގެ ޗެތުރީ ރޭ ޖެހި ގޯލާ އެކު މި ވަނީ 121 މެޗުން 77 ގޯލު ޖަހައިފަ އެވެ. ޔޫއޭއީގެ އަލީ މަބްހޫތު ވެސް ވަނީ 77 ގޯލު ހަމަކޮށްފަ އެވެ. އެއީ 95 މެޗު ކުޅެގެންނެވެ.

މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޗެތުރީ އަށް ވުރެ ގިނައިން ގޯލު ޖަހާފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ ވަނީ 154 މެޗުން 79 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އެންމެ ކުރީގައި އޮތީ 181 މެޗުން 112 ގޯލު ޖަަހައިގެންނެވެ.

ރޭގެ މެޗަށް ފަހު އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ ޗެތުރީގެ މި ރެކޯޑްތަކާ މެދު އެންމެން ވެސް އުފާކުރާ ކަަމަށެވެ.

"މުޅި ޓީމު ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރޭ ޗެތުރީ އަށް ގޯލު ޖެހޭނެ ގޮތްތައް ހޯދައިދޭން،" ސްޓިމަކް ބުންޏެވެ.

ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިީރީ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކޮންމެ ޓީމެއްގެ ކޮންމެ ކުޅުންތެރިއެއްގެ މޮޅު ވާހަަކަ ވެސް ދެއްކިދާނެ ކަމަށާއި އެއީ މިއިން ކޮންމެ ކުޅުންތެރިއަކީ ވެސް އެ ގައުމެއްގެ އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ. އެ ގޮތުން ޗެތުރީއާ ބެހޭގޮތުން އޭނާ ދައްކަން ޖެހޭ ވާހަކައެއް ނެތްކަން ފެންނަން އޮތް ސަބަބަކީ އޭނާގެ ރެކޯޑްތަކުން އެއީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އެނގޭ ކަމަށް މުތައިރީ ބުންޏެވެ.

"ތިބުނާ ސްޓެޓިސްޓިކްސް ނޫނީ ނަމްބަރުތަކުން އެބަ ބުނެދޭ ޗެތުރީ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން. އެހެންވީމަ އަހަރެން މީގެ ވަކި އެއްޗެއް ބުނަން އޮތް ކަމަށް ނުދެކެން،" މުތައިރީ ބުންޏެވެ.

މި ސަރަހައްދުގެ ފުޓްބޯޅައިގައި ދެން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރާއްޖޭގެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އަތުގަ އެވެ. އުމުރުން 36 އަހަރުގެ ދަގަނޑޭ ވަނީ 88 މެޗުން 57 ގޯލު ޖަހައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ލަނޑު ލިސްޓުގެ ކުރީގައި އޮތީ ދަގަނޑޭ އާއި ޗެތުރީ އެވެ. ތިން މެޗުން ދެ ކުޅުންތެރިން ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މުބާރާތުގައި ދެން އޮތް މެޗުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox