ޗެތުރީގެ ލަނޑާއެކު އިންޑިއާ އަށް މޮޅެއް، ފައިނަލްގެ އުއްމީދު ދަމަހައްޓައިފި

Oct 10, 2021, 6:00 PM
ލަނޑު ޖެހުމަށް ފަހު ޗެތުރީ އާއި އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ލަނޑު ޖެހުމަށް ފަހު ޗެތުރީ އާއި އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މެޗުގެ ފަހު ދިހަ މިނިޓް ތެރޭގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ލަނޑާ އެކު، އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ނޭޕާލް އަތުން 1-0 އިން މޮޅުވެ، އިންޑިއާ އިން މުބާރާތުގެ ފައިނަލްގެ އުންމީދު ދަމަހައްޓައިފި އެވެ.

މި މުބާރާތުގައި އިންޑިއާ އިން ހޯދި ފުރަތަމަ މޮޅާއެކު، އެ ޓީމު އޮތީ ފަސް ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ނޭޕާލް އާއި ދެ ވަަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ނޭޕާލް ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި އޮތީ ތިން މެޗުން ހަތަރު ޕޮޮއިންޓް ހޯދައިގެން ބަންގްލަދޭޝް އެވެ. އެންމެ ފުލުގައި އޮތް ލަންކާ މުބާރާތް ނިންމާލީ ހަތަރު މެޗުން ޕޮއިންޓަކާ އެކު އެވެ.

މިރޭގެ މެޗުގެ ނަތީޖާއާ އެކު ފަހު މެޗު އިންޑިއާއާ އެއްވަރުކޮށްލައިގެން ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ.

މުޅި މެޗުގައި ވެސް، ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާތައް އުފެއްދީ އިންޑިއާ އިންނެވެ. މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން، ނޭޕާލުން ފެނުނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނުތަނެވެ. ނޭޕާލުން ގިނައިން ބެލީ، ކައުންޓާ އެޓޭކެއްގައި ދިގު ބޯޅައެއް ކުރިއަށް ޖަހައިގެން، ހަމަލާ އުފެއްދުމަށެވެ.

އިންޑިއާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 18 ވަނަ މިނިޓުގަ އެވެ. އޭރިޔާ ތެރެއިން، ހަނި އޭންގަލުން ޗެތުރީ ނޭޕާލްގެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ، ގޯލްކީޕަރު ކިރަން ވަނީ ދިފާއުކޮށްފަ އެވެ.

ނޭޕާލްގެ ރޯހިތު ޗާންދް (ކ) ކައިރިން އިންޑިއާގެ މަންވީރު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ 34 ވަނަ މިނިޓުގައި، އިންޑިއާ އަށް ލީޑު ހޯދައިދޭން ޗެތުރީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިންޑިއާގެ ބްރެންޑަން ފެނާންޑޭސް، އޭރިޔަ ތެރެއިން ގޯލުގެ ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ، އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރި ޗެތުރީ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 55 ވަނަ މިނިޓުގައި އިންޑިއާ އަށް ނޭޕާލްގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން، ބްރެންޑަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ދެ މިނިޓު ފަހުން، އިންޑިއާގެ މަންވީރު ސިންގް ފޮނުވާލި ނުރައްކާތެރި ހަމަލާ، ނޭޕާލްގެ ކީޕަރު ކިރަން ވަނީ ހުށިހާރުކަމާއެކު ދިފާއުކޮށްފަ އެވެ. އިންޑިއާގެ ޔާސިރު މުހައްމަދު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަށް، އޭރިޔާ ތެރޭގައި ހުސްކޮށްހުރި މަންވީރު ބޮލުން ފޮނުވާލި އެވެ. އެކަމަކު ކިރަން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ވެސް، ޗެތުރީ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ތެރެއިން ޗެތުރީ މުޅިން ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ބޯޅަ ފެނުޖެހިފައި ދިޔައީ ގޯލުގެ ދަނޑިމަތިންނެވެ.

އިންޑިއާގެ ކެޕްޓަން ޗެތުރީ މިރޭގެ މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަނޑެއް ޖެހުމަށް އިންޑިއާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 82 ވަނަ މިނިޓުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ފާރޫކް ހާޖީ ކަސަމް ޗައުދަރީ ބޮލުން އޭރިޔާ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލުމުން، ޗެތުރީ ވަނީ ޑިފެންޑަރުން ކައިރިން ސަލާމަތްވެ، އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މި ލަނޑަށް ފަހު، މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި، ނޭޕާލް އިން ކުރިއަށް ޖެހި، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި އެވެ. އެކަމަކު އިންޑިއާ އިން ވަނީ ނަތީޖާ ހިފަހައްޓައި، އެ ޓީމުން ބޭނުންވި ޕޮއިންޓްތައް ހޯދައިފަ އެވެ.

ބުދަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލައި ބަންގްލަދޭޝެވެ. އެރޭ ކުޅޭ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox