ބައްޕަ އަށް ހާއްސަކޮށް ފަރުހަތު ދިނީ ދިވެހި ކްރިކެޓަށް އަގުހުރި ހަދިޔާ އެއް

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) އާއި މިލާން ކްރިކެޓް އެކެޑަމީގެ ކޯ ފައުންޑަރު އަދި ރައީސް ފަރުހަތު.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) އާއި މިލާން ކްރިކެޓް އެކެޑަމީގެ ކޯ ފައުންޑަރު އަދި ރައީސް ފަރުހަތު.

ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ގުޅުން ބަދަހި ކުރުމާއި ދިވެހި ކްރިކެޓްގެ ތާރީހުގެ މުހިއްމު ހަނދާންތައް އެއް ތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކްރިކެޓް ލޯންޖް މިއަދު ހުޅުވައިފި އެވެ.

މި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން މި ފަދަ ގޮތަކަށް ލޯންޖެއް ހުޅުވި ފުރަތަމަ ފަހަރެެވެ.

މި ލޯންޖަކީ މިލާން ކްރިކެޓް އެކެޑަމީގެ ފަރާތުން ރާއްޖޭގެ ކްރިކެޓަށް ދިން ހަދިޔާ އެކެވެ. މިލާން ކްރިކެޓް އެކެޑަމީގެ ރައީސް އަދި ކޯ ފައުންޑަރު ފަރުހަތު ޖަލީލް (ފަރޫ) މި ލޯންޖަށް ނަން ދީފައިވަނީ އޭނާގެ ބައްޕަ ޖަލީލް އަށް ހާއްސަކޮށެވެ.

ދިވެހި ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޖަލީލަށް ހާއްސަކޮށް މި ލޯންޖަށް ނަން ދީފައިވަނީ "ޖަލީލް މާލަމް"ގެ ނަމުންނެވެ.

ފަރުހަތުގެ ގެ ކަމަށްވާ މއ. މިލާނަށް ނިސްބަތްކޮށް މިލާން ކްރިކެޓް ކްލަބުގެ ނަމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ކުޅުންތެރިޔާ ޗަމްޕާ ހުސެއިން އަފީފް، 1988 ގައި ކްލަބެއް ވެސް އުފެއްދި އެވެ. ގަވާއިދުން ކްރިކެޓް މުބާރާތްތަކުގައި ވާދަކުރި އެ ކްލަބް އުވިގެން ދިޔަ ނަމަވެސް އެ ނަމަށް އަލުން ދިރުން ގެނައީ ފަރުހަތު އެވެ. ފަރުހަތުގެ މިލާން އެކަޑަމީ ރަޖިސްޓްރީކުރީ 2009 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ އެކެޑަމީން ކްރިކެޓަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުގެ ބައްޕަ އަކީ ވެސް ކްރިކެޓަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަރާތަކަށްވާތީ އަޅުގަނޑު ހިތަށް އެރީ. މިތަން އަޅުގަނޑު ޑެޑިކޭޓްކުރާނީ (ހާއްސަކުރަނީ) ބައްޕަ އަށޭ. އެ ގޮތުން އަޅުގަނޑު މި ލޯންޖް ތައްޔާރުކޮށް އަޅުގަނޑުގެ ބައްޕަގެ ނަމުގައި ޖަލީލް މާލަމް ގެ ނަމުގައި މިތަން ޑެޑިކޭޓް މި ކުރީ،" އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ފަރުހަތު ވިދާޅުވި އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ޖަލީލްސް ލޯންޖްގެ ފޮޓޯއެއް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ހަދިޔާ ދޭން ބޭނުންވީ ކްރިކެޓްގައި މިހާރު ކުޅުންތެރިން އައިސް އެއްވެލައި އަނގަތަޅާލަން ދާނެ އެއްވެސް ކަހަލަ ތަނެއް ނެތުމުން ކަމަަށް ފަރުހަތު ވިދާޅުވި އެވެ.

"މި ކަހަލަ ތަނެއް އިންޑޯ ކްރިކެޓް ހޯލުގައި ހަދައިފިކަމުގައި ވާނަަމަ ކުޅުންތެރިން އިތުރަށް މޯޓިވޭޓްވެ، މިތަނަށް އައިސް ކްރިކެޓްގެ ވާހަކަ ދެކެވި. ކްރިކެޓްގެ މެޗުތައް ބަލައި އެ ކަހަލަ ހަރަކާތްތައް ހިންގޭ ކަމަށްވާ ނަމަ ކްރިކެޓަށް އިތުރު ދިރުމެއް އަންނާނެ،" ކުރިން ކްރިކެޓް ބޯޑްގެ ނައިބު ރައީސްކަން ކުރެއްވި ފަރުހަތު ވިދާޅުވި އެވެ.

އުއްމީދަކީ މި ގޮތަށް އެހެން އެސޯސިއޭޝަން ތަކުން ވެސް ކުޅުންތެރިންނަށް މި ކަހަލަ މާލަމެއް ތައްޔާރުކުރެވިގެން ދިއުން - ފަރުހަތު

މި ކްރިކެޓް ލޯންޖްގައި ވަނީ ކްރިކެޓްގެ އެހާރާއި މިހާރުގެ ހަނދާންތައް ރައްކާކުރުމުގެ ގޮތުން 110 ވަރަކަށް ފޮޓޯ ހަރުކޮށްފަ އެވެ.

ފަރުހަތު ވިދަޅުވީ ލޯންޖްގައި ފޮޓޯ ހަރުކުރުމުގެ ވިސްނުން އައީ ކްރިކެޓްގެ ތާރީހު ބުނެދިނުމުގެ ގޮތުން ކަމަށެވެ. އެ ގޮތުން ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މޫސާ ކަލީމަށް ވަނީ ކްރިކެޓް ލޯންޖްގެ އެއް ފާރު ހާއްސަކޮށްފަ އެވެ.

"މި މާލަމްގެ އުތުރު ފާރު ވާނީ މޫސާ ކަލީމަށް ހާއްސަ ކުރެވިފައި. އެ ފާރުގައި މޫސާ ކަލީމް އެންމެ ފަހުން ބޭނުންކުރެއްވި ބެޓް އަދި ޖޯޒީ ހިމެނިގެންވާނެ. އަދި 2010 ވަނަ އަހަރު ޗެެލެންޖް ކަޕް ކާމިޔާބު ކުރެއްވިއިރު މޫސާ ކަލީމް އަރައިގެން ހުންނެވި ބޫޓު ފްރޭމްކޮށް ކުޅުންތެރިންނަށް ޑިސްޕްލޭ ކޮށްފައިވާނެ،" ފަރުހަތު ވިދާޅުވި އެވެ. "ބޭނުމަކީ މި ފަަދަ މުހިއްމު ތަކެތި އަރައިގެން އަންނަ ކުދިންނަށް ފެނި އެ ކުދިން ވެސް މޯޓިވޭޓްވެ މި ކަހަލަ ކަމަކައިގެން ކުރިއަށްދާނެ ކަމަށް،"

ކްރިކެޓް ލޯންޖްގައި ހަރުކުރެވިފައިވާ ފޮޓޯޓައް އާންމުން ބަލައިލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ފަރުހަތު ވިދާޅުވީ މި ލޯންޖްގެ މަސައްކަތް ނިންމުމުގައި އެކި ފަރާތްތަކުގެ އެއްބާރުލުން ލިބުނު ކަމަށާއި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިއަދުގެ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާތީ ފަރުހަތު ވަނީ ކްރިކެޓަށް މުހިއްމު ވާހަކައެއް ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން ފަރުހަތު ވިދާޅުވީ 2010 ވަނަ އަހަރު މިހާރު ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑު މި ކުޅޭ ސަރަަހައްދު ބަދަލުކުރަން ނިންމީ މިހާރު ބާސްކެޓް ކޯޓު އޮތްތަނަށް ކަމަށެވެ.

އެކުވެނި ރީސްޓްރަކްޗާ ކުރުމުގެ އެ މަސައްކަތުގެ ތެެރެއިން 2010 ވަނަ އަހަރު ކްރިކެޓް ދަނޑު ބަދަލުކުރި ނަމަ މިހާރު އޮތް 50 ޔާޑުގެ ބައުންޑަރީގެ ބަދަލުގައި ދެން ލިބޭނީ އާދައިގެ ފުޓްބޯޅަ ދަނޑެއްގެ ޖާގައެއް ކަމަށްވާތީ "ދޮރުން ދޮރަށް" ހިނގައިގެން ފަރުހަތު މަސައްކަތް ކުރެއްވީ އެކަން ހުއްޓުވޭނެ ގޮތެއް ވޭތޯ އެވެ.

އެކި ފަރާތްތަކުން ލިބިގެންދިޔަ ނާއުންމީދު ޖަވާބުތަކަށް ފަހު ފަރުހަތަށް ހިތްހަމަޖެހުމެއް ލިބުނީ ކުރީގެ އެކުވެރިޔާ މިހާރުގެ ރައީސް ސޯލިހުއާ ގުޅުނު ހިސާބުންނެވެ. އެކަން ހަމަޖައްސައިދީ މިހާރު ވެސް ކްރިކެޓް ދަނޑު އެ އޮތްތަނުގައި ބޭއްވުނީ ރައީސް ސޯލިހުގެ އެހީތެރިކަމާ އެކުގައި ކަން ފަރުހަތު މިއަދު ފާހަގަކުރެއްވި އެވެ.

"މި ވާހަކަ އަކީ މިހާރުގެ ކުޅުންތެރިންނާއި ކްރިކެޓްގެ މީހުންނަށް އެނގިފައި އޮންނަން ޖެހޭނެ ވާހަކައެއް ކަމުގައި ވާތީ މި ހިއްސާކުރެއްވީ،" ފަރުހަތު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަމިއްލަ ގޮތުން ވެސް ކްރިކެޓަށް ވަރަށް ބޮޑު އިންވެސްޓެއް ކުރައްވާ ބޭފުޅެއް ކަން ފަރުހަތު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އުއްމީދަކީ މި ސަރުކާރުން ހުޅުމާލޭގައި އަޅާ ބައިނަލްއަގުވާމީ ކްރިކެޓް ދަނޑުގެ މަސައްކަތް އަވަހަށް ނިމިގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox