ހުރިހާ ޕްރެޝަރެއް އޮތީ ރާއްޖެ އަށް، ލަންކާ އަށް ފައިދާނެގޭނެ: އަލަގިޗް

Oct 9, 2021, 11:42 AM
ިއިންޑިއާއާ އެއްވަރުކުރި މެޗަށް ފަހު ލަންކާގެ ކޯޗު އަލަގިޗް (ކ) އާއި އެ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ިއިންޑިއާއާ އެއްވަރުކުރި މެޗަށް ފަހު ލަންކާގެ ކޯޗު އަލަގިޗް (ކ) އާއި އެ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރުގެ މެޗަށް ނުކުންނައިރު، ހުރިހާ ޕްރެޝަރެއް އޮތީ ރާއްޖެ އަށް ކަމަށާއި އޭގެ ފައިދާ ސްރީ ލަންކާ ޓީމަށް ނެގޭނެ ކަމަށް ލަންކާ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ތިން ވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އިންޑިއާ އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. އަދި އެންމެ ފުލުގައި އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު ލަންކާ އެވެ.

މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތުގައި ލަންކާ ކުޅޭނެ ފަހު މެޗެވެ. ކަޓާފައި އޮތް ނަމަވެސް ލަންކާގެ ކޯޗު އަލަގިޗްގެ ވިސްނުމަކީ ރާއްޖެ އަށް އޮތް ޕްރެޝަރުގެ އެޑްވާންޓޭޖް ނެގުމެވެ.

"ރާއްޖެ އަށް މި އޮތީ ޕްރެޝަރު. އެއީ ގެއްލޭނެ އެއްޗެއް އޮތީ އެ މީހުންނަށް. އަހަރެމެންނަށް މި މުބާރާތުން ގެއްލޭނެ އެއްޗަކަށް ވުރެ މި އޮތީ ހޯދޭނެ އެއްޗެއް. މިއީ ފުޓްބޯޅައިގައި ޓީމެއް މެޗަކަށް ނުކުންނައިރު ލިބޭނެ އެންމެ ބޮޑު އެޑްވާންޓޭޖް. އެހެންވީމަ އަހަރެމެން ބަލާނީ މޮޅަކާ އެކު މުބާރާތް ނިންމާލަން،" އަލަގިޗް ބުންޏެވެ.

،މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލަގިޗް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރިން ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި ސަބަަބަކީ ނުކުންނަން ޖެހޭނީ ހޯމް ޓީމާ ދެކޮޅަށް ކަމަށެެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވުމުން ރާއްޖެ އޮންނާނީ ކޮންފިޑެންސާ ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ. ހަމަ އެ ގޮތަށް އިންޑިއާއާ 0-0 އިން އެއްވަރުކުރުމުން ލަންކާ ވެސް އޮތީ ރަނގަޅު ރޫހެއްގައި ކަމަށް އަލަގިޗް ބުނެފައިވެ އެވެ.

އަލަގިޗް ބުނީ ލަންކާ އިން މަސައްކަތް ކުރާނީ ރާއްޖެ އަށް ޕްރެޝަރުގެ ފައިދާ ނެގޭނެ ގޮތަށް އެކަން ކުރުމަށް ކަމަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން 1-0 އިން ރާއްޖެ ބަލިކުރި ފަދަ ގޮތަކަށް ލަންކާ އަށް ވެސް ފުރުސަތު އޮތް ކަމަށް އަލަގިޗް ބުނެފައިވެ އެވެ.

"ޕްރެޝަރުގައި ރާއްޖެ ކުޅޭއިރު އަހަރެމެންނަށް ފުރުސަތު ލިބޭނެ. ނޭޕާލުން އެ ކަންތައް ކުރި ގޮތަށް 90 މިނިޓް ތެރޭގައި އަހަރެމެންނަށް ލިބޭނެ ޕަންޗެއް ޖަހަން. އޭގެ ބޭނުން ހިފަންވީ. އިންޑިއާއާ ދެކޮޅަށް ކުޅުނު ގޮތަށް މެޗުގެ ކޮންޓްރޯލް އަހަރެމެން އަތުން ނުގެއްލި ކުޅެވޭތޯ ބަލާނީ މި ވަގުތު އަހަރެމެންނަށް ބޯޅަ ހިފެހެއްޓުން އެއީ މާ މުހިއްމު ކަމަކަށް ނުވާނެ،" އަލަގިޗް ބުންޏެވެ.

މާދަމާގެ މެޗަށް ނުކުންނައިރު ގާތްގާތުގައި މެޗުތައް ކުޅެފައިވުމުން ރާއްޖޭގައި ތިބި ދުވަސްވީ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު ކަހަލަ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ހުންނާނެ ކަމަށާާއި އެ އެޑްވާންޓޭޖް ވެސް ލަންކާ އަށް ނެގިދާނެ ކަމަށް އަލަގިޗް ގަބޫލުކުރެ އެވެ.

"އިންޑިއާ އަކީ އަހަރެމެންގެ ނަޒަރުގައި އަދިވެސް އެންމެ ވަރުގަދަ ޓީމު. އިންޑިއާ އަކީ ސްޓާ ޓީމު އެކަމަކު ކޮންމެ ޓީމަކަށް ވެސް މައްސަލަތަކެއް ހުރެދާނެކަން އެ މީހުންގެ ކިބައިން އެބަ ފެނޭ. އަހަރެމެންނަށް ރާއްޖެ ކޮޅަށް ބޭނޫމީ ފުރަތަމަ ގޯލެއް ޖަހާލުން އެ ހިސާބުން ފެށިގެން ދެން ކަންތައްތައް ފަސޭހަވެގެންދާނެ،" މެޗަށް އޮތް ޕްލޭނަށް އިޝާރާތްކޮށް އަލަގިޗް ބުންޏެވެ.

ސާފްގެ ތާރީހުގައި ލަންކާ އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 2013 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަތުންނެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ 10-0 އިން ލަންކާ ބަލިކޮށްފަ އެވެ. އެކަަމަކު، އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ލަންކާ އާއި ރާއްޖޭގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އަލަގިޗް ބުނީ ހުރިހާ ޓީމެއް ވެސް މޮޅުވެ، ކުރިއަރާނަމަ އެއީ ސާފަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"ސާފަށް ވެސް ލިބޭނެ ރަނގަޅެއް އެއީ ސްރީ ލަންކާ ވަރުގަދަ ވަމުން އައުމަކީ. އެއީ މި ސަރަހައްުދުގެ ފުޓްބޯޅަ ރަނގަޅުވާނީ އަހަރެމެންނާއި ޕާކިސްތާން އަދި ބޫޓާން ވެސް ރަނގަޅުވެގެން. މީގެ ކުރިން ދެ ޓީމެއް އަބަދު މޮޅުވަން މި އޮތީ އެއީ ފުޓްބޯޅަ އަށް ރަނގަޅެއް ނޫން،" އަލަގިޗް ބުންޏެވެ.

ލަންކާ އިން ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ ރާއްޖޭގައި ކުޅެފައިވާ ދެ ކުުޅުންތެރިއަކު އެ ޓީމުގެ މުހިއްމު މަގާމުތަކެއްގައި ހުރުމެވެ. އެ ގޮތުން އެ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ އަކީ ފަސް އަހަރު ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅެ، ރާއްޖޭގެ ފުޓްބޯޅަ ސީޒަނެއްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ލަންކާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިފެންޑަރު ޑަކްސަން ޕުސްލަސް އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ޓީސީ އަށް ކުޅުނު ކުޅުންތެރިއެކެެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox