ލަންކާ މެޗު ފަސޭހައެއް ނުވާނެ، ޓީމު އޮތީ ތައްޔާރަށް: ސުޒޭން

Oct 9, 2021, 10:05 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި ރާއްޖޭގެ ޓީމު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މުބާރާތުގައި އެންމެ ފަހު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވެ، ރާއްޖެ ވަނީ ފައިނަލްގެ އުންމީދު ދަމަހައްޓައިފަ އެވެ. އެހެންކަމުން، ފައިނަލްގެ ފުރުސަތު ބޮޑުކުރުމަށް، މާދަމާ މެޗުން ތިން ޕޮއިންޓް ހޯދުން ރާއްޖެ އަށް ވަރަށް މުހިންމެވެ.

"އެންމެ ފަހުން މެޗަށް ފަހު (ބަންގަލަދޭޝް މެޗަށް) ފަހު ބޮޑަށް ރިކަވަރީގެ ބައި މި ދަނީ. އެންމެ ފަހުން ކުޅުނު މެޗުގައި ވަރަށް ރަނގަޅަށް ކަންތައްތައް ދިޔައީމަ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު މޯޓިވޭޝަނެއްގައި،" މިއަދު އޮތް ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުންޏެވެ. "މިއީ ހަވީރު ކުޅޭ މެޗެއްވީމަ، ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ. ޓީމު އޮތީ ތައްޔާރަށް."

ރާއްޖެ މި ވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނައިގަ އެެވެ. އެކަމަކު މާދަމާ ހަވީރު ލަންކާ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ. އޭރުން މާދަމާރޭ ނޭޕާލާއި އިންޑިއާ ކުޅޭ މެޗު ދެ ޓީމަށް ވެސް ނަތީޖާއެއް ނެރުން މުހިއްމުވާނެ އެވެ.

ސުޒޭން ބުނީ ހިސާބުތަކެއް ޖަހައިގެން މާ ކުރިއަށް ވިސްނުމަށް ވުރެ ފޯކަސް ކުރަން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

"ކަލްކިއުލޭޝަންތަކެއް ހަދަން. އެ ގޮތަށް މިހާރު ވެސް ބަޔަކު ހިސާބު ޖަހައިފާނެ. އެހެން ނަމަވެސް މެޗަކުން މެޗަކުން ޕްލޭން ކޮށްލައިގެން މި ގޮތަށް ދިއުން ރާއްޖެ އަށް ވެސް އިންޑިއާ އަށް ވެސް އެންމެ ރަނގަޅުވާނީ،" ސުޒޭން ބުންޏެވެ.

އެއީ އަޅުގަނޑުމެން މި ތިބީ ތަންކޮޅެއް ފަހަތުގައި އެހެންވީމަ ކުރިއަށް އަރާ ކަމަށްވާނަމަ އެންމެ މަތީގައި އޮތް ހިސާބަށް ބެލުމަށް ވުރެ ފުރަތަމަ އަޅަން އިން ހަރުފަތަށް ވިސްނައިފިއްޔާ ނުވެއްޓި ސަލާމަތްވާނެ. އެއީ މަތީގައި އޮތް ހަރުފަތަށް ބަލައިގެން ތިރީ އޮތް ހަރުފަތަށް ނުބަލައި އޮވެއްޖިއްޔާ ނުބައިތަނެއްގައި ފައި އެޅިގެން ވެއްޓޭނެ. މެޗަކުން މެޗަކުން ރަނގަޅަށް ދާނީ،"

ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ރާއްޖެ ކުޅެން ޖެހޭނީ އިންޑިއާއާ އެވެ.

ލަންކާއާ ކުޅުމަކީ ޗެލެންޖެއް

މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި، ލަންކާ އިން ވަނީ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އިންޑިއާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފަ އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން، ދެ މެޗުން ބަލިވެ، ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެކަމަކު ތިން މެޗުގައި ވެސް، ލަންކާ ޓީމާ ދެކޮޅަށް ކުޅުނު ޓީމުތަކަށް އުނދަގޫތަކާ ކުރިމަތިވި އެވެ.

ސުޒޭން ބުނީ ލަންކާއާ ދެކޮޅަށް ކުޅުމަކީ "އުނދަގޫ ޗެލެންޖެއް" ކަމަށެވެ. އަދި ލަންކާ އަކީ ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު، ޑިފެންސް ރަނގަޅު ޓީމަކަށްވުމަކީ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ސަބަބުތައް ކަމަށެވެ.

"އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. ޑިފެންސިވްކޮށް ވަރުގަދަ. އެހެންވީމަ، ރާއްޖޭން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެކަމަކު ރާއްޖޭގެ އެޓޭކިން އެހެން ޓީމުތަކާ ތަފާތު. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދޭގެން، ޕޮއިންޓްތައް ހޯދަން މަސައްކަތްކުރާނަން،" ސުޒޭން ބުންޏެވެ.

ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ މައްސަލަތަކެއް ދިމާވެ، ދެ މިޑްފީލްޑަރުން ކަމަށްވާ އައްސަދު އަލީ (އަޑުބަރޭ) އާއި ހުސެއިން ނިހާން (ނިހާޓް) ވަނީ ބަދަލުކޮށްފަ އެވެ.

އެކަމަކު ސުޒޭން ބުނީ އަނިޔާގެ މައްސަލަ އަކާ ގުޅިގެން މި މެޗުގައި ބޭނުން ނުކުރެވޭނެ އެއްވެސް ކުޅުންތެރިއެއް ނެތް ކަމަށެވެ.

"މާދަމާ ބޭނުންނުކުރެވޭނެ ކުޅުންތެރިއެއް ނެތް. އެކަމަކު އެންމެ ފަހުން ކުޅުނު މެޗަށް ނިކުތްއިރު، 100 ޕަސެންޓް ފިޓުކޮށް ތިބި ބައެއް ކުޅުންތެރިން އެބަތިބި މުޅިން ފިޓުނޫން. އެކަމަކު މާދަމާ މެޗަށް އެ ކުޅުންތެރިން ރިކަވާ ވާނެ ކަމަށް އުންމީދުކުރަނީ،" ސުޒޭން ބުންޏެވެ.

ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި، ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެ، ރާއްޖޭގެ ޓީމަށް ބޮޑު ތަރުހީބެއް ދީފަ އެވެ.

ސުޒޭން ވަނީ އެގޮތުގައި ސަޕޯޓަރުން ދެމިތިބުމަށް އެދިފަ އެވެ. އަދި މާދަމާގެ މެޗަށް ދަނޑަށް ވަންނަން ބޭނުންވާ އެންމެނަށް ދަނޑަށް ނުވަދެވުނަސް، "ކެތްރިކަމާއެކު ޓީމުގެ ފަހުތުގައި" ތިބުމަށް ސުޒޭން ވަނީ އެދިފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނާ ދޭތެރޭ އުންމީދު ކުރާށޭ، ޔަގީންކަން ބާއްވާށޭ. އިރާދަކުރެއްވިއްޔާ ކުޅުންތެރިން ތި ބޭފުޅުން މާޔޫސްވިޔަކަ ނުދޭނޭ،" ސުޒޭން ބުންޏެވެ.

"ވަރަށް އަދަބުވެރިކަމާ އެކު ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން އެދެން، މި ދަނޑުގެ ކެޕޭސިޓީއަކީ 5000. އެންމެން ވެސް ބޭނުންވާނެ ސަޕޯޓުކުރަން ދަނޑަށް ވަންނަން. ވަރަށް ކުޑަ އަދަދެއް. ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިއްބަވާ. ތި ބޭފުޅުން މާޔޫސްވާނެ ކަމެއް ޓީމުގެ ފަރާތުން އިރާދަކުރެވިއްޔާ ނާންނާނެ."

ރާއްޖެ އާއި ލަންކާ ވަނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. މާދަމާ ކުޅޭ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox