ރާއްޖެ-ލަންކާ: ޓިކެޓް ހުސްވުމުން އާއްމުން ރަތަށް

ރާއްޖެ-ލަންކާ: ޓިކެޓް ހުސްވުމުން އާއްމުން ރަތަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު މިއަދު ހެނދުނު ވިއްކަން ފެށިތާ ދެ ގަޑިއިރު ނުވަނީސް ޓިކެޓު ވިކި ހުސްވުމުން ސަޕޯޓަރުން ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ގަލޮޅު ދަނޑުގައި 10،000 ޖާގަ އޮތަސް ކޮވިޑާއި ދަނޑުގެ ސަލާމަތީ ސަބަބުތަކާ ހެދި ވިއްކަނީ 5000 ޓިކެޓެކެވެ. ޓިކެޓް ވިއްކަން ފަށަން އޮތީ ހެނދުނު 10 ޖެހިއިރެވެ. އެކަމަކު ވަރަށް ހެނދުނު ހެނދުނާ މީހުން ކިއޫ އަށް އެރި އެވެ.

އެކަމަކު ވިއްކަން ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ޓިކެޓް ވިކި ހުސްވީ ކަމަށް ބުނެ ކައުންޓަރު ބަންދުކުރި އެވެ. އެއާ އެކު ޓިކެޓު ގަންނަން ގޮސް ތިބި ދިވެހީން ނުރުހުން ފާޅުކޮށް ޓިކެޓު ކައުންޓަރު ވަށާލި އެވެ. އަދި އެތަނުން ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ސިޑިބަރިތަކަށް އަރައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. އަނެއް ބަޔަކު ދިޔައީ ދަނޑު ބޭރުގައި އިށީނދެ ތިބެގެން ނުރުހުން ފާޅުކުރަމުންނެވެ.

"ތިން ގަޑިއިރު ކިއޫގައި ތިބި މީހުންނަށް ވެސް ނުލިބުނު،" އެތާ ހުރި މީހަކު ބުންޏެވެ.

ކުރީބައިގައި ޓިކެޓު ގަންނަ ގިނަ ބަޔަކު ކިއުއަށް އަރާފައި ވަނީ އެންމެ ފަހުން ކުޅުނު ރާއްޖެ އާއި ބަގްލަދޭޝް މެޗުގެ ޓިކެޓްތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކާފައި ވާތީ އެވެ.

އެފްއޭއެމްގެ އުސޫލުގައި ވާގޮތުން ކޮންމެ މީހަކަށްވެސް ދޫކުރަނީ ގިނަވެގެން 5 ޓިކެޓެވެ. ޓިކެޓު ދޫކުރަނީ އެ އައިޑީކާޑާއި، ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކާޑްދެއްކުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox