ޓައިވާނަކީ އަލުން ޗައިނާގެ ބަޔެއްގެ ގޮތުގައި ހަދާނަން: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 9) - ޗައިނާ އާއި ޓައިވާން "ސުލްހަވެރިކަމާ އެކު އަލުން ގުޅާލާނެ" ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިކޯޑު އަދަދަކަށް ޗައިނާގެ ޖެޓުތައް ޓައިވާނުގެ ވައިގެ ސަރަހައްދަށް އެތެރެވި މައްސަލަ ބޮޑުވެފައި ވަނިކޮށް ޝީ އެހެން ވިދާޅުވީ ޗައިނާ އުފެދުނުތާ 110 އަހަރު ފުރުމުން ދެއްވި ހިތާބުގަ އެވެ.

ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ ވަކި ރަށެއްގެ ގޮތުގައި އޮންނަ އެ ގައުމުގެ ބަޔެކެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

Advertisement

އެހެން ނަމަވެސް ޓައިވާނުން ރަސްމީކޮށް މިނިވަންކަން އިއުލާނުކޮށްފައެއް ނުވެ އެވެ. އެހެންވެ، ކޮންމެ ވަގުތަކު ވެސް ޗައިނާގެ އަޅުވެތިކަމަށް ދާން ޖެހިދާނެ ކަމަށް ޓައިވާން ސަރުކާރުން ދެކެ އެވެ.

"ސުލްހަވެރިކަމާ އެކު އަލުން ގުޅުމަކީ ޓައިވާން ހިމެނޭ ގޮތަށް މުޅި ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތް. ޓައިވާން މިނިވަންވުމަކީ ޗައިނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުން އަދި ފޮރުވިފައިވާ ބޮޑު ނުރައްކަލެއް،" ޝީ ވިދާޅުވި އެވެ.

ޝީ ހިތާބު ދެއްވިއިރު، 1911 ވަނަ އަހަރު ޗައިނާ އަށް ގެނައި އިންގިލާބުގައި އިސްކޮށް އުޅުނު ސުން ޔެޓް ސެންގެ ބޮޑު ފޮޓޯއެއް ފަހަތުގައު ބަހައްޓާފައި ހުއްޓެވެ.

ޗައިނާގެ ރަސްކަން ވައްޓާލުމަށް ފަހު "ރިޕަބްލިކް އޮފް ޗައިނާ" އުފެއްދީ ސުން އެވެ. ޓައިވާނުގެ ރަސްމީ ނަމަކީ ވެސް "ރިޕަބްލިކް އޮފް ޗައިނާ" އެވެ.

ޓައިވާނުން ޗައިނާއާ ވަކިވީ 1949 ވަނަ އަހަރުގެ ދާހިލީ ހަނގުރާމައިގައި މާއޯ ޒެޑޯންގްގެ ކޮމިއުނިސްޓް ފައުޖަށް ކުރި ލިބުމުން، ފިލަން ދިޔަ މީހުން ޓައިވާނުގައި ވަޒަންވެރިވި ހިސާބުންނެވެ.

ޝީ ވިދާޅުވީ "ޗައިނާ އަލުން އެއްކޮށް ގުޅާލަދޭނެ" ކަމަށާއި ޓައިވާނުގައި ބޭރު ސިފައިން އުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެމެރިކާ ސިފައިން ޓައިވާނު ފަސްގަނޑުގައި ތިބެ، ޓައިވާނުގެ ސިފައިންނަށް ތަމްރީންދޭކަން ފަޅާއެރީ ބުރާސްފަތި ދުވަހު އެވެ.

"ޓައިވާން މައްސަލައަކީ ޗައިނާގެ ދާހިލީ މައްސަލައެއް. އެއީ ބޭރުގެ ނުފޫޒަށް ވަދެވޭނެ މައްސަލައެއް ނޫން،" ޝީ ވިދާޅުވި އެވެ.

ޓައިވާނުގެ ރައީސް ކަމަށް 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި ސައި އިންގް ވެން ވިދާޅުވެފައި ވަނީ ޓައިވާނަކީ މިހާރު ވެސް މިނިވަން ދައުލަތެއް ކަމަށެވެ. އެއާއެކު ޗައިނާއިން ޓައިވާނަށް ކުރާ ޕްރެޝަރު އިތުރުކުރި އެވެ.

ޓައިވާނާއި ޗައިނާއާ ދެމެދުގައިވާ އަސްކަރީ ގުޅުން 40 އަހަރުގެ ތެރޭގައި ގޯސްނުވާހާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށް ޓައިވާނުން މިދިޔަ އާދީއްތަ ދުވަހު ބުންޏެވެ.

ބޭރުގެ ނުފޫޒާ ދެކޮޅަށް ޝީ އިންޒާރު ދެއްވާފައި ވާއިރު، މިދިޔަ ހަފުތާގައި އިނގިރޭސި މަނަވަރެއް ޓައިވާން ސްޓްރެއިޓުން ދަތުރު ކުރި އެވެ. އަދި ފްރާންސްގެ ވަފުދެއް ވަނީ ޓައިވާނަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox