ޖަރުމަނާއި ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

Oct 9, 2021, 3:09 AM
ޖަރުމަނާއި ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

ޕެރިސް (އޮކްޓޫބަރު 9) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޖަރުމަނާއި ނެދަލެންޑްސް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ޖަރުމަނުން ވަނީ ފަހަތުން އަރައި 2-1 އިން ރުމޭނިއާ ބަލިކޮށްފަ އެވެ. ލެޓްވިއާ އަތުން ނެދަލެންޑްސް މޮޅުވީ 1-0 އިންނެވެ. މި ދެ ޓީމަށް ވެސް ކޮލިފައިންގައި ބާކީ ތިން މެޗު އޮތްއިރު، ކޮލިފައިން ގްރޫޕް ޖޭގެ އެއް ވަނައިގައި ޖަރުމަނު އޮތީ ހަ ޕޮއިންޓްގެ ލީޑަކާ އެކު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ނެދަލެންޑްސް އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. އެއީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ޖަރުމަނު ކޮޅަށް ރުމޭނިއާ އިން ވަނީ ގޯލު ޖަހައިފަ އެވެ. ލެޖެންޑަރީ ފޯވާޑް ޖޯޖީ ހާޖީގެ ދަރިފުޅު އިޔަނިސް ހާޖީ މި ގޯލު ޖެހީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކައިރިން ނައްޓާފައި ގޮހެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ޝޮޓަކުން ސާޖް ގްނަބްރީ ވަނީ ޖަރުމަނަށް އެއްވަރުކޮށްދީފަ އެވެ.

ޖަރުމަނު މޮޅުވި ގޯލު ޖެހީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ތޯމަސް މުލާ އެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗެއްގައި ޖަރުމަނަށް މުލާ ޖަހައިދިން ފުރަތަމަ ގޯލެވެ. މުލާ މި އަހަރުގެ ޔޫރޯ ސްކޮޑަށް ނެގީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ޔޫރޯ އަށް ފަހު ޖަރުމަނު ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ފްލިކް ބުނީ އާދައިގެ ގޮތަކަށް ފުރަތަމަ ގޯލު ޖަރުމަނު ކޮޅަށް ވަނުމުން ހިތްހަމަނުޖެހުނު ކަމަށާއި އަލުން މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތުން ލިބުނީ ހައްގު ތިން ޕޮއިންޓް ކަމަށެވެ.

ލެޓްވިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނެދަލެންޑްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

މި މެޗުގައި ނެދަލެންޑްސްގެ ހަމައެކަނި ގޯލު ޖެހީ 19 ވަނަ މިނިޓްގައި ޑޭވީ ކްލާސެން އެވެ. އަޔަކްސް އަށް ކުޅޭ ކްލާސެން މި ގޯލު ޖެހީ މެމްފިސް ޑިޕާއި ނެގި ކޯނަރަކުންނެވެ. ކްލާސެން ޖެހި ވޮލީ ހުއްޓުވަން ލެޓްވިއާ ގޯލްކީޕަރު ރޮބާޓް އޮޒޯލް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އާ ކޯޗު ލުއީ ވެން ހާލް ހަވާލުވި ފަހުން ނެދަލެންޑްސް އިން ވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޗެކް ރިޕަބްލިކާއި ވޭލްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި އައިސްލެންޑާއި އާރްމީނިއާ ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox