ނިއުކާސަލް އަށް ޖެނުއަރީގައި 272 މިލިއަން ޑޮލަރު ހަރަދުކުރެވޭނެ

Oct 9, 2021, 2:37 AM
ނިއުކާސަލް އަށް ޖެނުއަރީގައި 272 މިލިއަން ޑޮލަރު ހަރަދުކުރެވޭނެ

ނިއުކާސަލް (އޮކްޓޫބަރު 9) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް ގަނެފައިވާއިރު، ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

ޕީއައިއެފް އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

މައިކް އެޝްލީ އަތުން ޕީއައިއެފް އިން ނިއުކާސަލް ގަތްއިރު، އެ ކްލަބްގެ މާލީ ހާލަތު މިހާރު ވަނީ ދިރާސާކޮށްފަ އެވެ. އޭގެއިން އެނގުނު ގޮތުގައި ކްލަބްގެ މާލީ ކަންކަން އޮތީ ވަރަށް ތަނަވަސް ކޮށެވެ. ނިއުކާސަލްގެ ދަރަނި އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދު ބުނާގޮތުން ކްލަބެއްގެ ޖުމްލަ ދަރަނި ފާއިތުވި ތިން އަހަރު ޖުމްލަ އެއްކުރާއިރު 143 މިލިއަން ޑޮލަރަށް ވުރެ އިތުރުނުވާނަމަ ކްލަބް ހިންގާ ކުންފުނީގެ މިލްކިއްޔާތުގައި ހުންނަ ނިސްބަތުން ކްލަބްގެ އާމްދަނީ ލިބޭނެ އިންސައްތަ އަކަށް ބަލާފައި ވަކި ވަރެއް ޓްރާންސްފާ މާކެޓްގައި ހަރަދުކުރެވޭނެ އެވެ.

ނިއުކާސަލްއާ އާ މެނޭޖްމަންޓަކުން ހަވާލުވިއިރު، ކްލަބް މާލީ ގޮތުން ރަނގަޅު ހާލަތެއްގައި އޮތުމުން ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސްގެ އާމްދަނީ އަންދާޒާކޮށް ލިބޭނެ ވަރަކަށް ބަލައި ރަނގަޅު އަދަދެއް ހަރަދުކުރަން ލިބޭނެ އެވެ. އެ އުސޫލުން ބަލާކަމަށްވާނަމަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ނިއުކާސަލް އަށް 272 މިލިއަން ޑޮލަރު ހަރަދުކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ޕީއައިއެފްގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާން ވިދާޅުވީ ނިއުކާސަލް އަކީ އިނގިރޭސި ވިލާތުގެ ގިނަ ބަޔަކު ސަޕޯޓްކުރާ ކްލަބެއް ކަމަށެވެ. އަދި މިއީ ނިއުކާސަލްގެ ތާރީހު ބަދަލުކުރަން މަސައްކަތް ފަށަންވީ ވަގުތު ކަމަށް ރުމައްޔާން ވިދާޅުވި އެވެ.

ނިއުކާސަލްގެ އާ ބޯޑުން ޓާގެޓްކޮށްފައިވަނީ 10 އަހަރު ތެރޭ އިންގްލެންޑްގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕްގެ ބާރަކަށް ވުމަށެވެ.

މި ވަގުތު ނިއުކާސަލްގެ ކޯޗުކަމާ ހަވާލުވެ ހުރި ސްޓީވް ބްރޫސްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަން އެ ކްލަބްގެ ބޯޑުން ބޭނުމެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް ކޯޗު ބަދަލުވާނެ ކްލަބަކީ ނިއުކާސަލް އެވެ. ބްރޫސްގެ ބަދަލުގައި ނިއުކާސަލް އިން ހޯދަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ރޭންޖާސްގައި ހުރި ސްޓީވެން ޖެރާޑް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox