ހަމްޕުގެ "މޮޅު ގޯލު" ހާއްސަކުރީ ސަޕޯޓަރުންނަށް

Oct 8, 2021, 10:10 AM
ދަގަނޑޭ ހަމްޕު އުރާލައިގެން: ރޭގެ މެޗުގައި ލަނޑު ޖެހީ މި ދެ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދަގަނޑޭ ހަމްޕު އުރާލައިގެން: ރޭގެ މެޗުގައި ލަނޑު ޖެހީ މި ދެ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވުމުން އެ ދުވަހު ކުޅުންތެރިންގެ މޫނުމަތިން އެއްކޮށްހެން ފެނުނީ މާޔޫސްކަން ކަމުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ. އެއީ އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުން ކުރިމަތީގައި ނަތީޖާއެއް ނުނެރެވުމުގެ ނުތަނަވަސްކަމެވެ.

އެކަމަކު، ޖެހިގެން އައި ދުވަހުން ފެށިގެން ހުރިހާ ކުޅުންތެރިން އަޒުމު ކަނޑައެޅީ "އެނބުރި އައުން ވަރުގަދަ" ކުރުމަށެވެ. ބަންގްލަދޭޝާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ ހުރިހާ ކުޅުންތެރިން ތިބީ މެޗު ނުފައްޓައިގެން ރަނގަޅު މޮޅެއް ހޯދުމުގެ އަމާޒުގައި ކަމަށެވެ. އެކަން ދަނޑުމަތީގައި ކުޅުންތެރިން ސާބިތުކޮށްދިނީ ސަޕޯޓަރުން ދިން އާދަޔާހިލާފު ސަޕޯޓާ އެކީގަ އެވެ.

ހަމްޒާ މުހައްމަދު (ހަމްޕު)ގެ ތަފާތު މޮޅު ގޯލާއި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ޕެނަލްޓީން ރާއްޖޭން 2-0 އިން ބަންގްލަދޭޝް ބަލިކުރި އެވެ. މި މެޗުގައި އެންމެ ގިނަ ބަޔަކު ހަނދާން ހުންނާނީ ހަމްޕު ޖެހި މޮޅު ގޯލެވެ.

Advertisement

ގޯލު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ހަމްޕު "އަދަދު" އަށް ބުނީ ރޭގެ މެޗަށް ދަނޑަށް އައިސް ތިިބި ސަޕޯޓަރުންގެ ސަޕޯޓް ފެނިފައި ގައުމީ ޓީމުގެ ރޫހު އިތުރަށް ރަނގަޅުވި ކަމަށާއި މެޗުން މޮޅުވާން ހިތްވަރު ލިބުނު ކަމަށެވެ.

"ފުރަތަމަ މެޗު (ނޭޕާލް މެޗުން ބަލިވެފައި) އެ ގޮތަށް ގޮސްފައި ދެ ވަނަ މެޗަށް އައިއިރު އެ ވަރުގެ ސަޕޯޓެއް ފެނުނީމަ ވަރަށް ބޮޑަށް ހުރިހާ ކުުޅުންތެރިން ވެސް ހިތްހަމަ ޖެހުނު،" ހަމްޕު ބުންޏެވެ.

ފުރަތަމަ ހާފުގައި ހަމްޕު އަށް އޭރިއާތެރެއިން ފައުލުކުރި ނަމަވެސް އޭގެ އަށް މެޗުގެ ރެފްރީ ޕެނަލްޓީއެއް ނުދިނެވެ. އެކަމަކު، ފަސްބެލުމެއްނެތި ހަމްޕު ކުރި މަސައްކަތުގެ ނަތީޖާއެއް ހާސިލްކުރެވުނީ 55 ވަނަ މިނިޓްގަ އެވެ.

ރާއްޖެ އަށް ލިބުނު ކޯނަރަކުން ބަންގްލަދޭޝްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ޑިފެންޑަރެއް ސާފުކޮށްލުމުން، ރާއްޖޭގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ވަނީ އެ ބޯޅަ ބޮލުން އޭރިޔާ ތެރެއަށް ފޮނުވާލައިފަ އެވެ. ހަމްޕުއާ ދިމާލަށް ބޯޅަ ވެއްޓުމާ އެކު، އޭނާ ވަނީ ފުންމައިގެން އަރައި، ހިތްގައިމު "އޯވަހެޑް ކިކް" އަކުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ހަމްޕު ބުނީ ގޯލެއްކަން ޔަގީންވީ ސަޕޯޓަރުންގެ ތަރުހީބުގެ އަޑާ އެކު ކަމަށެވެ.

"ނިހާޓް ބޮލުން ބޯޅަ ޖައްސާލި ހިސާބުން ވިސްނީ އަވަހަށް ގޯލަށް ޖަހަން. ދެން އެހެންވެ އަވަހަށް ފޮނުވާލީ. ސަޕޯޓަރުންގެ އަޑުގަދެވެގެން ދިޔައީމަ ޔަގީންވެއްޖެ ގޯލެއްކަން. އެ ހިސާބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު،" ބ. އޭދަފުށްޓައް އުފަން ހަމްޕު ބުންޏެވެ.

"މި ގޯލު ހާއްސަކުރަނީ ހުރިހާ ސަޕޯޓަރުންނަށް،"

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މީހަކަށް ހަމްޕު ޖެހި ގޯލުގެ ރަނގަޅު ވާހަކަތައް ކިޔައިދެވޭނީ ފުޓްބޯޅަ ކޮމެންޓްރީ ދޭ ފަރާތަކަށް ކަމަށެވެ. އެއީ ތަފާތު މޮޅު ގޯލެއް ކަމަށް ސުޒޭން ވެސް ވަނީ ބުނެފަ އެވެ.

ރޭގެ ގޯލަކީ ސާފް ޗެމްޕިއަންޝިޕްގައި ހަމްޕު ޖެހި ފުރަތަމަ ގޯލެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި އޭނަ ކުޅޭ ތިން ވަނަ ފަަހަރެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަަމަ ގޯލު ވެސް ކާމިޔާބުކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝް ކޮޅަށެވެ. އެއީ އެކުވެރިކަމުގެ މެޗެއްގައި 5-0 އިން ރާއްޖެ މޮޅުވި މެޗެވެ.

ހަމްޕު އަކީ 2018 ވަނަ އަަހަރު ރާއްޖޭން ސާފް ޗެމްޕިއަންކަން ހޯދި ޓީމުުގެ މުހިއްމު ކުޅުންތެރިއެކެވެ.

ގައުމީ ޓީމުން އެދެނީ ސްރީ ލަންކާ އާއި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅެން އޮތް މެޗުތަކުގައި ވެސް ސަޕޯޓަރުންގެ ތަރުހީބަށެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މި ފަހަރު އަމިއްލަ ގައުމުގައި ތަށި ދިފާއުކުރަން އެންމެންގެ އެހީ ބޭނުންވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox