ލަންކާ އިން އިންޑިއާ ހުއްޓުވައިފި

Oct 7, 2021, 1:01 PM
ލަންކާގެ ޑަކްސަން (ކ) އިންޑިއާގެ ޗެތުރީ (ވ) އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަންކާގެ ޑަކްސަން (ކ) އިންޑިއާގެ ޗެތުރީ (ވ) އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްރީ ލަންކާ އިން ލަނޑެއް ޖެހިޔަނުދީ 0-0 އިން އިންޑިއާއާ އެއްވަރުކޮށްފި އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ލަންކާ އިން ސާފް ޗެމްޕިއަންޝިޕެއްގައި އިންޑިއާއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ސީނިއާ ފުޓްބޯޅައިގައި ލަންކާއާ ވާދަކުރި ހަތަރު މެޗުން ވެސް އިންޑިއާ މޮޅުވި އެެވެ.

މިއަދުގެ މެޗުން އެއްވަރުވުމުން ބާކީ އެއް މެޗު އޮއްވައި ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އަނެއްކޮޅުން އިންޑިއާ އަށް ވަނީ މުބާރާތުގައި ކުރިއަށްދާން ބަލާއިރު، ދެ މެޗު ކުޅެ މޮޅެއް ނުލިބުމުން ޕްރެޝަރު ބޮޑުވެފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ ވަނީ 1-1 އިން ބަންްގްލަދޭޝާ އެއްވަރުވެފަ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.

ލީގު ބުރުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ދެ ވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ބަންގްލަދޭޝް އޮތްއިރު، ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި ތިން މެޗުން އެއް ޕޮއިންޓާ އެކު ލަންކާ އޮތްއިރު، އެންމެ ފުލުގައި ރާއްޖެ އޮތީ އެއް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި އެވެ. ރާއްޖެ މިރޭ ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.

ލަންކާ މެޗަށް ނުކުތްއިރު އޮތް ހިތްހަމަޖެހުމަކީ ސަސްޕެންޝަނަށް ފަހު ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް އަލުން ކުޅެވުމެވެ. މެޗުގައި ލަންކާ އިން ޑިފެންސިވް ކުޅުމެއް ދެއްކިއިރު މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ޑަކްސަން އެވެ. އަނެއް ކޮޅުން އިންޑިއާ އިން މެޗަށް ނުކުތީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ.

މެޗުގެ އަށް ވަނަ މިނިޓްގައި ލަންކާގެ ކަވިންދޫ އިޝާން އިންޑިއާ އޭރިއާތެރެއިން އެ ޓީމުގެ ވަސީމް ރަޒީކް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އިންޑިއާ އިން މެޗުގެ 14 ވަނަ މިނިޓްގައި ރަނގަޅު އެޓޭކެއް ކުރޭވޭތޯ މަސައްކަތްކުރި އެވެ. އަރިމަތިން މަންދަރު ރާއޯ ނަގައިދިން ހުރަހަކުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ޖަހަން އެރި ބޯޅަ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ސަލާމަތްކޮށްފަ އެވެ.

އިންޑިއާގެ އުދަންތާ (ވ) ކައިރިން ބޯޅަ ހޯދަން ލަންކާ ކުޅުންތެރިއަކު ޓެކަލް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިންޑިއާ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް މެޗުގެ 21 ވަނަ މިނިޓްގައި ލިސްޓަން ކޮލާސޯ އަށް ލިބުނެވެ. އަރިމަތިން އުދަންތާ ސިންގް ނެގި ހުރަސް ގޯލަށް ފޮނުވާލަން އޭރިއާތެރެއިން މުޅިން ހުސްކޮށް އެރި ލިސްޓަން އަށް ރަނގަޅަށް ފޮނުވާނުލެވި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން އިންޑިއާ އިން ކުޅެމުން ދިޔަ ނަަމަވެސް ލަންކާ ގޯލާ ސީދާކޮށް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އިންޑިއާގެ ކުރިއަށް ކުޅެމުން ދިޔަ ޗެތުރީ ހުއްޓުވައި ލަންކާ އިން ދިޔައީ ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. މި ހާފުގައި އިންޑިއާގެ ފަހު ފުރުސަތު ލިބުނީ އިންޑިއާގެ ފަހަތަށް ކުޅެމުން އަންނަ ސުބަޝީސް ބޯސް އަށެވެ. އަނިރޫދް ތާޕާ ނެގި ކޯނަރަކުން ސުބަޝިޝް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ދެ ވަނަ ހާފް ފެށިގެން ވެސް އިންޑިއާ އިން ލަނޑެއް ޖެހޭތޯ އެޓޭކް ކުރަމުންދިޔަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި އޭރިއާތެރެއިން އިންޑިއާގެ ޗެތުރީ ބޮލުން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ލަންކާ ކުޅުންތެރިން މެޗު ލަސްކުރަން އުޅޭ ކަމަށް ބުނެ، ލަންކާގެ ޑަކްސަން އަށް ދަނޑުމަތީގައި ފަރުވާދެނިކޮށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ ޓެކްނިކަލް އޭރިއާ އިން ނުކުމެގެން ގޮސް ސްޓެޗަރު ހިފައި ރެފްރީ އަށް އިޝާރާތުން އެ ބޭނުންކުރަން ބުނެފަ އެވެ. ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ މެދު ސްޓިމަކް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާތީ ރެފްރީ ނިންމީ ސްޓިމަކަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

އޭގެ ދެ މިނިޓް ފަހުން އިންޑިއާގެ ފާރޫކް ޗޯދުރީ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ގޯލު ޖެހިއިރު، އިންޑިއާގެ ކުޅުންތެރިއަކު ލަންކާގެ ކުޅުންތެރިއަކަށް ފައުލުކޮށްފައިވާތީ ރެފްރީ ވަނީ ފައުލެއް ކަމަށް ނިންމައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި އިންޑިއާގެ ޗޯދުރީ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

ލަންކާ އިން މެޗުގައި ވަރަށް ބޮޑަށް ލަސްކުރަން ކުޅުމުގެ ސަބަބުން ރެފްރީ ވަނީ އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓް ދައްކައިފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި ލަންކާ އޭރިއާތެރެއިން ޗެތުރީ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސުޖަން އަތަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox