ފޭވަރިޓުންގެ ޓެގް އޮތީ އިންޑިއާ އަށް، ލަންކާ އަށް ޕްރެޝަރެެއް ނެތް: އަލަގިޗް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަލަގިޗް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަލަގިޗް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރުގެ މެޗަށް ނުކުންނައިރު، ފޭވަރިޓުންގެ ޓެގްގެ ސަބަބުން މޮޅުވާން މަޖުބޫރުވެފައި އޮތީ އިންޑިއާ ކަމަށާއި ސްރީ ލަންކާ އަށް އެ ފަދަ ޕްރެޝަރެއް ނެތް ކަމަށް އެ ޓީމާ ހަވާލުވެ ހުރި ބޮސްނިއާގެ ކޯޗު އާމިރް އަަލަގިޗް ބުނެފި އެވެ.

ލަންކާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުން ކުޅުންތެރިއަކު މަދުކޮށް ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. މިއަދު ހަވީރު މުބާރާތުގައި އެންމެ ކާމިޔާބު ޓީމު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ލަންކާގެ ކޯޗު އަލަގިޗްގެ ނަޒަރުގައި ހަމަޖެހިލައިގެން ޕްރެޝަރެއް ނެތި ކުޅުމުގެ ފުރުސަތު ލަންކާ އަށް އެބައޮތެވެ.

"އަހަރެމެންނަށް ނެތް ގެއްލޭނެ އެއްޗެއް. އިންޑިއާ އަށް މޮޅުވުން ނޫން ގޮތެއް ނެތް. ފުޓްބޯޅައިގައި މޮޅުވުމުގެ ޕްރެޝަރު ނެތް ބަޔަށް މީގެ ފަސޭހަތަކެއް ހުންނާނެ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަގިޗް ބުންޏެވެ.

"ޕްރެޝަރު ޔަގީނުން ވެސް އޮތީ އިންޑިއާ އަށް. އަހަރެމެން އައީ ފޭވަރިޓުންގެ ގޮތުގައެއް ނޫން. އަހަރެމެން އައީ އަހަރެމެންގެ ލެވަލް ދަސްކޮށް ވާދަކުރަން. މިހާރު އެކަން ކުރެވިއްޖެ. ދެން މި އޮތީ އަހަރެމެންގެ ގޭމްގެ އަނެއް ފަރާތް ވެސް ރަނގަޅުކުރުން އެއީ ނަތީޖާތައް ރަނގަޅުކޮށް ސެލްފް ކޮންފިޑެންސް ރަނގަޅުކުރުން،"

ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ބުނީ އިންޑިއާ މެޗަކީ ހަމައެކަނި ނަތީޖާ އަށް ބަލާއިރު ލަންކާ އަށް ޓެސްޓެއް ނޫން ކަމަށެެވެ. ޓީމެއްގެ ގޮތުގައި ކުރިއަރައިގެން ދާއިރު ލަންކާ މިހާރު އޮތް ހާލަތު ވަޒަންކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަލަގިޗް ދެކެ އެވެ.

އަލަގިޗްގެ ނަޒަރުގައި ސަރަހައްދުގެ ފުޓްބޯޅައިގައި ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ އިންޑިއާ އަކީ މި ރީޖަނުގައި އެންމެ ކުރިއަރާފައި އޮތް ގައުމު ކަމެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ ފުރަތަމަ މެޗުން ބަންގްލަދޭޝާ އެއްވަރުވުމަކީ އެ ޓީމުގެ ފެންވަރާ މެދު ގޮތެއް ނިންމަން ޖެހޭ ސަބަބެއްގެ ގޮތުގައި އަލަގިޗް ގަބޫލެއް ނުކުރެ އެވެ.

"މެޗެއް ވަރު ދިޔައީމަ އިންޑިއާ އަށް ވެސް އިންނާނެ (މުބާރާތުގެ) ހާލަތަށް ތައްޔާރުވެވިފައި. އޭރު އަސްލު ކުޅުން ކިޔައިދެވޭނީ. އަހަރެމެންނަށް ވެސް މި ވަނީ އެހެން،" އަލަގިޗް ބުންޏެވެ.

ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އެ ޓީމުގެ އޭރިއާ އަށް ހުރަސްކޮށްލާ ބޯޅައެއް ޕަންޗްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިންޑިއާއާ ދެކޮޅަށް މިއަދުގެ މެޗަށް ނުކުންނައިރު، ދެ ގޮތަކަށް ވިސްނަން ޖެހޭ ކަމަށް އަަލަގިޗް ވަނީ ފާހަގަކޮށްފަ އެވެ. އެއީ އެއް މެޗު އިތުރަށް ލަންކާ އިން ކުޅެފައިވުމުން އެ ޓީމަށް ކުރިމަތިވާނެ ވަރުބަލިކަމުގެ މައްސަލަ އާއި އިންޑިއާ އިން ފްރެޝްކޮށް މެޗަށް ނުކުންނާތީ އެ ޓީމަށް އޮތް ހިތްހަމަޖެހުމެވެ.

ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ވެސް ހަވާލުވެ ހުރީ އަލަގިޗް އެވެ. ލަންކާ ޓީމުގެ ހެޑް ކޯޗުކަމާ އަލަގިޗް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ހަތަރު މެޗުގައި ވެސް ވީ ބައްޔެވެ. އެކަމަކު، ދެކުނު ކޮރެެއާ އާއި ލެބަނަން ފަދަ ޓީމުތަކާ ކުޅެފައި ލަންކާ މިހާރު ސާފް ޗެމްޕިއަންޝިޕްގައި މެޗަކަށް ފަހު މެޗެއްގައި ހޯދާ ކުރިއެރުމުގެ ސަބަބުން އަލަގިޗް ހުރީ އޭނާގެ މަސައްކަތާ މެދު ހިތްހަމަޖެހިފަ އެވެ.

އަލަގިޗްގެ ކޯޗުކަމުގައި ލަންކާ އިން އަންނަނީ ބޭރު ގައުމުތަކުގައި ތިބި ލަންކާ އަށް ކުޅެވޭ ބިދޭސީ ކުޅުންތެރިން ގެންނަމުންނެވެ. ވަރަށް އަވަހަށް ލަންކާ އިން އާ ހެޑް ކޯޗެއް ގެންނަން ވަނީ ނިންމައިފަ އެވެ. އަލަގިޗް ބުނީ އޭރުން އޭނާ އަށް އޮންނާނެ ރޯލަކީ ޓެކްނިކަލް ޑިރެކްޓަރެއްގެ ޒިންމާ އަދާކޮށް، ދެން އަންނަ ކޯޗަކަށް ދާންވީ މިސްރާބު ދައްކައިދިނުން ކަމަށެވެ.

"މި ހޯދަނީ އަހަރެމެން ފަށާފައި އޮތް މަސައްކަތެއްގައި ބައިވެރިވާނެ ފެންވަރު ރަނގަޅު ކޯޗެއް. އަމިއްލަ ޕްލޭނެއް ހިފައިގެން އައިސް ވަކިން މަސައްކަތް ކުރާނެ މީހެއް ނޫން. އެޓޭކިން ފުޓްބޯޅަ އަށް އަހަރެމެން ދާއިރު އެހެން މޮޑަލެއްގެ ވިސްނުން ހުރި ކޯޗެއް އައިސްގެން ކަމަކު ނުދާނެ،" އަލަގިޗް ބުންޏެވެ.

"ދެން އަންނަ ކޯޗެއް ޔަގީނުން ވެސް އަހަންނަށް ދިމާވި ގޮތަށް ސުމަކުން ފަށަން ނުޖެހޭނެ،"

އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގަ އެވެ. ލަންކާ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox