މާދަމާގެ މެޗުތައް ލެޑް ސްކްރީނުގައި ބަލާލުމުގެ ފުރުސަތު

މާދަމާގެ މެޗުތައް ލެޑް ސްކްރީންގައި ދެއްކުމަށް އުރީދޫ އިން ތައްޔާރު ވަނީ. -- ފޮޓޯ: އަދަދު

މާދަމާގެ މެޗުތައް ލެޑް ސްކްރީންގައި ދެއްކުމަށް އުރީދޫ އިން ތައްޔާރު ވަނީ. -- ފޮޓޯ: އަދަދު

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވާ ދެ މެޗު ބެލުމަށް ދަނޑަށް ނުދެވޭ މީހުންނަށް ލެޑް ސްކްރީނުގައި މެޗު ބެލުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ފަހިކޮށްދީފި އެވެ.

ސާފް ޗެމްޕިއަން ޝިޕްގައި މާދަމާ ކުޅެން ހަމަޖެހިފައި ދެ މެޗުގެ ތެރެއިން ހަވީރުގެ މެޗަކީ އިންޑިއާ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗެވެ. މާދަމާ ރޭ ގަލޮޅު ދަނޑުގައި ކުރިއަށް ދާނީ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ.

އުރީދޫ އިން ވަނީ މެޗު ބަލަން ދަނޑަށް ދިއުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެންމެން އެތަނެއްގައި ތިބެ މެޗު ބެލުމުގެ ފުރުސަރު ދިނުމަށް ސޯޝަލް ސެންޓަރުގެ ލެޑް ސްކްރީންގައި މާދަމާގެ ދެ މެޗުވެސް ވަގުތުން ދައްކަން ނިންމާފަ އެވެ.

އުރީދޫ އިން މިހާރު ވަނީ އެ ސަރަހައްދު އެކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަކީ އުރީދޫއިން މިނިސްޓްރީ އޮފް ކޮމިއުނިޓީ އެމްޕަވަމެންޓާ ގުޅިގެން ކުރާ ކަމެކެވެ.

ސޯޝަލް ސެންޓަރުގައި މެޗު ބެލުމުގެ ފުރުސަތު މާލޭގައި އުޅޭ ހުރިހާ އެންމެންނަށް ވަނީ ހުޅުވާލާފަ އެވެ.

އުރީދޫއިން އިސްނަގައިގެން ލެޑް ސްކްރީންގައި މެޗު ލައިވް ސްޓްރީމްކުރަން ނިންމާފައި މިވަނީ މާދަމާ ރޭ ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވާ ހުރިހާ ޓިކެޓެއް ވިކި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު މެޗު ބަލަން ދަނޑަަށް ބޭނުންވެފައިވާ ވަގުތެއްގަ އެވެ.

އުރީދޫއިން ވަނީ ސޯޝަލް ސެންޓަރަށް މެޗު ބަލަން ދާއިރު ކޮވިޑް-19 ގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހުރިހާ އެންމެންވެސް އަމަލުކުރަން އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox