ޓައިވާނާއި ޗައިނާގެ ގުޅުން 40 އަހަރުގެ ތެރޭގައި ގޯސްނުވާހާ މިންވަރަށް ގޯސްވެއްޖެ!

ޗައިނާގެ އަސްކަރީ އުޅަނދެއް. ޗައިނާ އިން ދަނީ އުޅަނދުތައް ޓައިވާނުގެ ވައިގެ ސަރަހައްދަށް ފޮނުވަމުން. -- ފޮޓޯ: އީޕީއޭ

ޗައިނާގެ އަސްކަރީ އުޅަނދެއް. ޗައިނާ އިން ދަނީ އުޅަނދުތައް ޓައިވާނުގެ ވައިގެ ސަރަހައްދަށް ފޮނުވަމުން. -- ފޮޓޯ: އީޕީއޭ

ޓައިޕޭ، ޓައިވާން (އޮކްޓޯބަރު 6) - ޓައިވާނާއި ޗައިނާއާ ދެމެދުގައިވާ އަސްކަރީ ގުޅުން 40 އަހަރުގެ ތެރޭގައި ގޯސްނުވާހާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށް ޓައިވާނުން ބުނެފި އެވެ.

"އަސްކަރީ ގޮތުން ބަލާ ނަމަ، މިހާރު މި އޮތް ހާލަތަކީ އަޅުގަނޑު އަސްކަރީ ހިދުމަތާ ގުޅުން ފަހުން ފާއިތުވި 40 އަހަރުގެ ތެރޭގައި އެންމެ ގޯސް ހާލަތު،" ޓައިވާނުގެ ޑިފެންސް މިނިސްޓަރު ޗިއު ކުއޮ-ޗެންގް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރި ފަހުން ރިކޯޑު އަދަދަކަށް އެއް ފަހަރާ 150 އަސްކަރީ ޖެޓު ވަނީ ޓައިވާނުގެ ވައިގެ ދިފާއީ ޒޯނުން ދަތުރުކޮށްފަ އެވެ.

Advertisement

އެ މައްސަލާގައި ޓައިވާނުގެ ރައީސް ސައި އިންގް-ވެން އަދި އެ ގައުމަށް އެންމެ ބޮޑަށް އެއްބާރުލުންދޭ އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. ނަމަވެސް ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ޓައިވާނު، ޗައިނާގެ ދަށަށް ގެންދަން ޗައިނާ އިން ބޭނުންވެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ޓައިވާނުގެ އިދިކޮޅު ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގުޅުން ވަރަށް ގޯސްވެއްޖެ ކަމަށާއި ޓައިވާނު "ހިފުން ނުހުއްޓުވޭނެ" ކަމަށެވެ.

ޓައިވާނުގެ ޑިފެންސް މިނިސްޓަރު ޗިއު ވިދާޅުވީ "ނުބައިކޮށް ކަލްކިއުލޭޓް ކުރެވި" ގޯސް ނިންމުމެއް ނިންމައިފި ނަމަ ޓައިވާނު ސްޓްރެއިޓްގައި "ކާރިސާއެއް" އުފެދޭނެ ކަމަށާއި 2025 ގައި ޗައިނާ އިން ޓައިވާނަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓައިވާނުގެ ރައީސް ސައި 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމާއެކު ޗައިނާ އިން ވަނީ އަސްކަރީ، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ޕްރެޝަރު ކުރުން އިތުރުކޮށްފި އެވެ.

އަންގާރަ ދުވަހު ޝާއިއު ކުރި ލިޔުމެއްގައި ސައި ވިދާޅުވީ ނުރައްކާތަކުން ޓައިވާން ރައްކާތެރި ކުރަން ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ނަމަވެސް ޗައިނާއާ އެކު ސުލްހަވެރިކަމާއެކު ދެމިއޮތުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox