"މަމްސް ގިލްޓް": ދަރިއެއްގެ އުފަލާއި މައެއްގެ ހިތުގެ ކެކުޅުން

"މަމްސް ގިލްޓް": ދަރިއެއްގެ އުފަލާއި މައެއްގެ ހިތުގެ ކެކުޅުން

ދަރިންގެ ކަންކަމާއި ގޭތެރޭގެ ޒިންމާތަކާއި ފިރިމީހާ އަށް އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ އިތުރަށް ވަޒީފާގެ މަސްއޫލިއްޔަތު އަންހެނަކު އުފުލަނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދިދާނެ އެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ޖާނާއި މާލުން ގުރުބާން ވަނީ އެ ދަރިންގެ މުސްތަގުބަލަށްޓަކަ އެވެ. އަގު ނުކުރެވޭ މި މާތް ގުރުބާނީގެ ފަހަތުގައި ފަރުދާވެވިފައި އޮތީ އެ މަންމަ އުފުލާ އުދާސްތަކާއި ހިތުގެ ކެކުޅުންތަކެވެ.

މިއީވެސް އަހަރެމެން ދައްކަން ބޭނުން ނުވާ ވާހަކަ އެކެވެ. އެހެނަސް މިކަމެއް ދިމާނުވާ މައެއްގެ އަދަދު، އަތުން ގުނާލެވޭ ހާ މަދެވެ. ދަރިން ގާތުގައި ގޭގައި ހުންނަ މަންމައަކަސް ނުވަތަ ދަރިންނަށްޓަކައި ހިތާ ދެކޮޅަށް ވަޒީފާ އަދާކުރާ މީހަކަސް، ހިތުގައި ފުނިޖެހި އުތުރި އަރާ އެއްސުވާލަކީ "އަހަންނަކީ ރަނގަޅު މަންމައެއް ބާވަ އެވެ؟"

މާސްޓާސް އޮފް ކައުންސެލިން ހާސިލްކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާ ހައްވާ ލީޝާ (ލީޝް) ބުނިގޮތުގައި "މަމްސް ގިލްޓް" އަކީ އަމިއްލަ ނަޒަރުގައި ތިމާއަކީ ރަނގަޅު މަންމައެއްގެ ގޮތުގައި ނުދެކުމެވެ. ގިނަ ފަހަރު އެއީ އަން ރިއަލިސްޓިކް އެކްސްޕެކްޓޭޝަންސް ތަކަކުން ނުވަތަ އެހެން މީހުން ދެކޭގޮތްތަކެއްގެ ސަބަބުން، އުފެދޭ އަސްލެއް ނެތް މިންގަނޑުތަކެއްގެ ސަބަބުން ވާގޮތެކެވެ.

މަންމައާއި ދަރިފުޅު އެކުގައި--
މަންމައާއި ދަރިފުޅު އެކުގައި--

މަންމައާއި ދަރިފުޅު އެކުގައި--

"މަމްސް ގިލްޓް" މެދުވެރިވަނީ ކީއްވެ؟

އަހަރެމެންގެ ތެރޭގައި "މަމްސް ގިލްޓް" އެހާ އާންމުވުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ޒުވާން އުމުރުގައި މަންމައަކަށް ވާ އަންހެނުން ގިނަވަމުންދާއިރު، ހަމަޖެހިގެން އުޅެވޭވަރުގެ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި އެކެއްގެ އާމްދަނީ އަކުން މިއަދު ފުއްދާނުލެވެ އެވެ. އެއާއެކު ދަރިފުޅަށް ތިން މަހުގައި ނުވަތަ ހަ މަހުގައި މަންމަ ވަޒީފާއަށް ނުކުންނަ ހިސާބުން މި މައްސަލަ ކުރިމަތުވުން ގިނަ އެވެ. ނުވިތާކަށް ކުދިންގެ ސްކޫލު ގަޑިއާ ރަސްމީ ވަގުތުތަކާއި ދިމާނުވެ، ދަރިންނާ އެކުގައި ހޭދަކުރެވޭ ވަގުތު މަދުވުމަކީވެސް މިފަދަ އިހުސާސްތައް ކުރިމަތިވާ ބޮޑު އެއް ސަބަބުކަމުގައި ލީޝް ބުންޏެވެ އެވެ.

މިގޮތުން ގިނަ މަންމައިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފިއާ އޮފް މިސިން އައުޓް (ފޯމޯ) އެވެ. އޮފީހުގައި ހުއްޓަސް ގިނަ ވަގުތު ނުތަނަސްވެފައި އިނދެވެނީ ދަރިފުޅުގެ ފުރަތަމަ ފިޔަވަޅު، ފުރަތަމަ ބަސް ފަދަ މުހިންމު މައިލްސްޓޯންތައް މިސްވެދާނެ ތީ އެވެ. އަނެއްކޮޅުން ގޭގައި ހުރެގެން ވަޒީފާ އަދާކުރާނަމަ އުނދަގޫވެ ހާސްވަނީ ވަޒީފާގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވިގެނެވެ.

ހަމައެއާއެކު ސޯޝަލް މީޑިއާގެ ދަޅަތައް ފެނި އެހެން މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާކިޔޭ ގޮތްވުމުންވެސް މި މައްސަލަ ދިމާވެ އެވެ. ދަރިފުޅަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ދެވޭތޯއާ އެހެން މީހުންގެ ދަރިން ހެދިބޮޑުވެ ކުރިއަރާހެން ތިމާގެ ދަރިފުޅުވެސް ކުރިއަރައިގެން ދޭތޯ ފަދަ ސުވާލުތައް ކުރެވި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ފަނޑުވެ އެވެ.

"ގޭގައި ހުންނަންޏާ އަދި އެކްސްޕެކްޓޭޝަންސް މާ ބޮޑު. އަހަރެމެން އަންހެނުންގެ އުފެދުމުގައިވެސް އެބަހުރި މި ނާޗަރިން. އެހެންވީމަ އަބަދުވެސް ބޭނުންވޭ "ޕާފެކްޓް މަންމަ" އަކަށްވާން. އެކަމަކު ހަނދާންކުރަންޖެހޭ އެއްވެސް ކުއްޖަކީ މެނުއަލްއަކާ އެކީ އަންނަ ކުއްޖެއް ނޫން ކަން،" ލީޝް ބުންޏެވެ.

މަންމަ ދަރިފުޅު ގޮވައިގެން މަސައްކަތްކުރަނީ---
މަންމަ ދަރިފުޅު ގޮވައިގެން މަސައްކަތްކުރަނީ---

މަންމަ ދަރިފުޅު ގޮވައިގެން މަސައްކަތްކުރަނީ---

"މަމްސް ގިލްޓް" ހުންނަނަމަ ކުރެވިދާނެ ކަންތައްތައް

މިފަދައިން ކުރެވޭ އިހުސާސްތަކާއި ފިކުރު ތަކަކީ ހަމައެކަނި ތިމާގެ ހިތުގައި ފުނިޖަހާ ފަސްއަޅާފައި ހުންނަ ވާހަކަތަކެވެ. ގިނަފަހަރު މިކަންކަން އިތުބާރުކުރެވޭ މީހެއް ގާތުގައި ކިޔައިދިނުމުން ލުއެއް ލިބޭއިރު ތިން ކުދިންގެ މަންމަ ލީޝް ކިޔައިދީފައި މިވަނީ އޭނާގެ ޕްރޮފެޝަނަލް ހިޔާލާ އަމިއްލަ ތަޖުރިބާގައި "މަމްސް ގިލްޓް" ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.

މިކަން ދެނެގަނެ ގަބޫލުކުރޭ

ކޮންމެ ކަމަކުން އަރައިގަންނަން ޖެހުނަސް އެންމެ މުހިންމީ އެއީ ގޯސްކޮށް ހިނގާކަމެއްކަން އަމިއްލަ އަށް ގަބޫލުކުރުމެވެ. ކުއްލި ކުއްލި އަށް ކުދިކުދި ކަންކަމާ މާ ބޮޑަށް ރުޅި އާދެވި، ނޫނީ ދަރިފުޅާއި ދުރުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުމުން ހާސް ބޮޑުވެ އުނދަގޫވާނަމަ އެދެނީ ސިގްނަލްތަކެކެވެ. ދުވާލު ހަތަރުދަމު ކުދިންގެ ކަންކަމާ އުޅުމަށްފަހު އެކަނިވުމުން ތިމާގެ އަމިއްލަ ނަފްސު ކޮބައިތޯ ސުވާލުކުރެވި އުދާސްވާނަމަ އެ ބުނެދެނީ ތިމާ ގެ ދިރިއުޅުމުގެ މިސްރާބު އަދި އެންމެ ރަނގަޅު ނޫންކަމެވެ. އެހެންމީހުންގެ ދަރިން ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ދަރިފުޅަށް ދެވޭ ލޯތްބާއި ކޮށްދެވޭ ކަންތައްތަކާއި ދޭތެރޭ ސުވާލު އުފެދޭނަމަ އެއީވެސް ގޯހެކެވެ.

ކޮންމެ ދުވަހަކީ އެންމެ ބަރާބަރަށް ދާނެ ދުވަހެއް ނޫން

ކޮންމެ ދުވަހަކީ އެމީހަކު ކުރަން ބޭނުންވި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހާސިލްވާނެ ދުވަހެއް ނޫނެވެ. ބައެއް ދުވަސްދުވަހަކީ ވަރަށް އަންޕްރޮޑަކްޓިވް ދުވަހަކަށްވެސް ވެދާނެ އެވެ. އެކަމަކު އެއީ ވެސް ދިރިއުޅުމުގެ ބައެއްކަން އަމިއްލައަށް ދަނެ އެކަން ކުދިންނަށްވެސް ދަސްކޮށްދޭން ޖެހެ އެވެ.

ދަރިފުޅުގެ ހުރިހާ ކަމެއް އެކަނި ކުރަން ނޫޅޭ

އަހަރެމެންނަށް ހީވެފައި އޮންނަ އެންމެ ބޮޑު އެއް ކުށްހީ އަކީ ދަރިފުޅުގެ ހުރިހާ ކަންކަމަކީ ހަމައެކަނި މަންމަގެ ޒިންމާއެއް ކަމެވެ. ފަހަރެއްގައި ދަރިފުޅު ތަންކޮޅެއް ބޮޑުވުމުން އެކަނި މެނޭޖް ކުރެވުނަސް، ގިނަ ދަރިން ތިބޭނަމަ އަދި ފިރިމީހާއަކީ ވެސް ވަޒީފާއަށް ދާންޖެހޭ މީހެއްނަމަ ހުރިހާކަމެއް ކޮނޑުއަޅައިގެން އެކަނި އުޅުމުގެ ބަދަލުގައި އެހީ ހޯދުމަކީ ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.

ކުދިން ދުޅަހެޔޮވަނީ ބަސްއަހާ މަޑުމައިތިރި ވެގެން އެކަންޏެއް ނޫން

"ދަރިފުޅާ ބަސް އަހާބަލަ، މަޑުން ހުރެބަލަ" މިއީ އެންމެ ގިނައިން އަހަރެމެންނަށް ދަރިން ގާތުގައި ބުނެވޭ ކަންކަމެވެ. ހީކުރެވިފައި އޮންނަނީވެސް އެންމެ ރަނގަޅު ކުދިންނަކީ އަބަދުވެސް ބުނިކަމެއް ބުނިގޮތަކަށްކޮށް މަޑުމަޑުން ތިބޭ ކުދިންކަމަށެވެ. އެހެންނަމަވެސް އުމުރާ ގުޅޭހެން އަޑުގަދަކޮށް، އަމިއްލަ ހިޔާލު ފާޅުކޮށް، ހަލަނި ވުމަކީ އެކުދިން ގޯސްވުމެއް ނޫނެވެ. ނުވިތާކަށް ބޭނުންވާ ކަމެއް ނުވެގެން ދޭތެރެއަކުން ބޮޑާހާކާލާ އެ ރޯ ރުއިމުންވެސް އަންގައިދެނީ ދަރިފުޅު ހެދިބޮޑުވަމުން ދާކަމާއި އޭނާގެ ދުޅަހެޔޮކަމެވެ. އަމިއްލަ އަށް ކަންކަން ހިއްސާކުރަން މަސައްކަތްކުރާ ކަމެވެ. އެހެންކަމުން ދަރިފުޅު މިހެން އުޅުމަކީ މަންމަ ގޯސްވާ، ނުވަތަ ދެވޭ ތަރުބިއްޔަތުގެ ބަލިކަށި ކަމެއް ނޫންކަމުގައި ދަންނަން ޖެހެ އެވެ.

ގޭތެރޭގެ ކަންކަމުގައި ކުދިންވެސް ބައިވެރިކުރޭ

ގޭތެރޭގެ ކަންކަމުގައި އަވަދިނެތި އުޅޭ ވަގުތު ދަރިފުޅަށް ފުރިހަމަ ސަމާލުކަމެއް ފަހަރެއްގައި ނުދެވިދާނެ އެވެ. ކުޑަ ކުއްޖަކަށް މިކަންކަން ކިޔައިދޭން އުޅުމުގެ ބަދަލުގައި ދަރިފުޅު ގޮވައިގެން އެފަދަ މަސައްކަތްތައް ކޮށްލުމުން ދެމައިންގެ ގުޅުން އިތުރަށް ވަރުގަދެވެ ޝައުގުވެރި މަޖާ މާހައުލެއްގައި ގިނަ ހުނަރުތަކެއް ދަރިފުޅަށް ދަސްކޮށްދެވޭނެ އެވެ.

"އެ ކުއްޖެއް ލައްވާ އެކުއްޖެއްގެ ޒިންމާ ނަގުވަންވީ. ވަރަށް ގިނަ މީހުންގެ ކަންބޮޑުވޭ ގޭތެރޭގެ ކަންކަން ކުރާއިރު ދަރިފުޅު ޓީވީ ކައިރި ބޭންދޭތީ. ހުރިހާ މަސައްކަތެއް ނިންމާފައި ދަރިފުޅަށް އެޓެންޑްވާއިރު މީހާ ހުންނަނީ އެގްޒޯސްޓްވެފައި. އޭގެ ބަދަލުގައި ހަނޑޫ ދޮންނައިރު ނޫނީ ފުއްމޮޑޭއިރު ކުއްޖާ އަށްވެސް އެތިކޮޅެއްދީ އެކީގައި މިކަންކަން ކުރެވިދާނެ. އޭރަށް އެ ގިލްޓްވެސް ދާނެ. އަދި ކުއްޖާއާ ދެމެދު އޮންނަ ކަނެކްޝަން ރަނގަޅުވެ ވޮކެބިއުލަރީ ވެސް މުއްސަނދިވޭ" ލީޝް ބުންނެވެ.

ގިނަ ކުދިން ތިބޭ އާއިލާއެއްނަމަ ކޮންމެ ކުއްޖަކަށް ވަކިން ވަގުތުކޮޅެއް ހުސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަދުވެގެން ދުވާލަކު 10 މިނިޓު ދަރިފުޅު ކައިރީގައި އިށީނދެ އޭނާގެ ދުވަސް ދިޔަ ގޮތާއި ބެހޭގޮތުން ސުވާލުކޮށްލުކޮށް ވާހަކަ ދައްކާލުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ.

ގިލްޓް ފްރީ ސެލްފް ޓައިމް

ލީޝް ބުނާގޮތުން އަމިއްލަ ނަފްސަށް އޯގާތެރިވެ އަޅައިލައިގެން މެނުވީ ދަރިންނަށް ރަނގަޅު ބެލެނިވެރިއަކަށް ނުވެވޭނެ އެވެ. އެހެންކަމުން ކޮންމެ މަންމައަކުވެސް ދަރިފުޅުގެ ހާލަތާއި ދޭތެރޭ ވިސްނާލަން ނުޖެހި އަމިއްލަ ނަފްސަށް ހާއްސަކޮށް ވަގުތުހޭދަކުރަން ދަންނަން ޖެހެ އެވެ. މިގޮތުން ހަފްތާއަކު އެއް ދުވަހު ނަމަވެސް ބޭރަށް ނުކުމެލާ، ސާފު ވައި ޖައްސާލަ ހިނގާލާ ހެދުމަކީ ދިރިއުޅުމާއި މެދު ހިތުގައި ފުނިޖެހިފައި ހުރި ޝަކުވާތަކުން ސިކުނޑި ދުރުކޮށްދީ ރިފްރެޝްކޮށްދޭނޭ ކަމެކެވެ.

"ކުދިން އުފަންވަނީ އެކުދިން ބަލަންޖެހޭ ގޮތުގެ މެނުއަލް އަކާއި އެއްކޮށެއް ނޫން. ކޮންމެ ކުއްޖަކާއި އެކު މަންމަވެސް ހަމަ އަލުން އުފަންވާ ކަހަލަ. އަހަރެމެން ބޭނުންވަނީ އެކަމަކު ޕާފެކްޓް ވާން. މައްސަލަ މިދިމާވަނީ އެކަން އެޗީވް ނުވާތީ،" ލީޝް

މިފަދަ ކަންކަމުންވެސް ލުއި އިހުސާސް ނުވާނަމަ އެހީ ހޯދުން މުހިންމެވެ. ލީޝް އިތުރަށް ބުނިގޮތުގައި ކޮންމެ އަންހެނަކީ ވެސް ހަޔާތުގައި އެކި ތޮފިތައް އަޅަންޖެހޭ މީހަކަށްވާއިރު، ވަގުތާއި ހާލަތާ ގުޅޭހެން އެމީހެއްގެ ތޮފި ބަދަލުކުރަން ދަސްކުރަންވާނެ އެވެ.

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox