ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ރައީސް ކަނޑޫދުއަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހު އޯގަސްޓު މަސް ތެރޭ ކަނޑޫދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އޯގަސްޓު މަސް ތެރޭ ކަނޑޫދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.

މިމަހުގެ 15 ވަނަ ދުވަހު ކަނޑޫދޫގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހަށް ރައީސް ސޯލިހު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން އަދި ޔަގީންކޮށް ދީފައިނުވި ނަމަވެސް، އެ ދަތުރުފުޅު ކުރައްވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހަކީ ގައުމީ ދަނޑުވެރިންގެ ދުވަސްކަމުގައި ރައީސް ސޯލިހު ހަމަޖެއްސެވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިއީ އޭގެ ފަހުން ފާހަގަ ކުރާ ފުރަތަމަ ދަނޑުވެރިންގެ ދުވަހެވެ. އޮކްޓޯބަރު 15، ގައި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ އެއާ ވިދިގެން އަންނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެންނެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހާ ދަނޑުވެރިންގެ ދުވަސް ވެސް ކަނޑޫދޫގައި ފާހަގަކުރުމަށް ރައީސް ސޯލިހު ނިންމެވީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ތ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.

ދަނޑުވެރިކަމަށާއި އަދި ވަކިން ހާއްސަކޮށް އެ ރަށުން އުފައްދާ މިރުހަށް ނަން މަޝްހޫރު ކަނޑޫދޫގައި މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމައި އެރަށުގައި މިހާރު ވެސް ދަނީ ތައްޔާރީތަކެއް ވަމުންނެވެ.

ކަނޑޫދޫ ކައުންސިލް ރައީސް އަހުމަދު ރީހާން ވިދާޅުވީ ދަނޑުވެރިންގެ ދުވަހަށް ރައީސް ކަނޑޫދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

އަދި އެމަނިކުފާނު ރަށަށް ފައިބައިވަޑައިގެން އެ ރަށުގައި ތައްޔާރުކޮށްފައިވާ ނަމޫނާ ދަނޑެއް އިފްތިތާހު ކުރައްވާނެ ކަމަށް ވެސް ރީހާން ވިދާޅުވި އެވެ.

"އޭގެ ފަހުން ދެން [އިފްތިތާހު ކުރާނީ] ކާބޯތަކެތީގެ މައުރަޒެއް. އެ މައުރަޒަށް ވެސް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ. ދެން އެރޭ 9:00 ޖަހާއިރު އޮންނާނެ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ޖަލްސާއެއް. އެ ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ ފަރާތުން ދޭ ޖާފަތެއް ދެން އޮންނާނީ. ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ޖަފަތަށް،" ރީހާން ވިދާޅުވި އެވެ.

ރީހާން ވިދާޅުވި ގޮތުގައި ޖާފަތަށްފަހު ރައީސް އަނބުރާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެންނަމަވެސް ދަނޑުވެރިންގެ ދުވަހާ ޖެހިގެން އަންނަ ކާބޯތަކެތީގެ ދުވަހުގައި ވެސް ކަނޑޫދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވާކަމަށް ރީހާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox