ކޮވިޑުގެ ކުރިން އޮތް ހާލަތަށް ކިޔެވުން ރުޖޫއަކުރުމުގެ އަޒުމުގައި

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީއަށްފަހު އެ ސްކޫލްގެ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީއަށްފަހު އެ ސްކޫލްގެ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ އަމާޒަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ސްކޫލްތަކުގައި ކިޔެވައިދެމުން ދިޔަ ހާލަތަށް ތައުލީމީ ނިޒާމް ރުޖޫއަކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި އެވެ. މިއަހަރުގެ މިދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިއާދަކުރުމުގެ ހިތަކީ މުދައްރިސުން“ އެވެ.

ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އުގަންނައިދިނުމުގައި އުޅޭ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވަމުން މިނިސްޓަރު މިއަދު ދެއްވި ހިތޯބުގައި ވަނީ އިހު އޮތް ހާލަތަށް ތައުލީމީ ނިޒާމް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ޓީޗަރުންގެވެސް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި އެކު ގިނަ ފިލާވަޅުތަކެއް ގެއްލިގެން ދިޔަ ކަމަށެވެ. އަދި ގިނަ ތަމްރީނުތައް ދަރިވަރުންނަށް ނުލިބި ދިޔަ ކަމަށާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަށެވެ.

އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނުކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އެ ގެއްލުމުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.

"ކަމެއް އިހު އޮތްގޮތަށް އިޢާދަކުރަން ޖެހޭނީ، އެކަމަކަށް ހީނަރުކަމެއް އައުމުން. ބަލިކަށިކަމެއް ލިބުމުން. ކޮވިޑް ރޯގާގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިފައިވޭ. އިންޓަނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުން ފާހަގަކުރޭ. މި މައްސަލަ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މެދުވެރިވެފައިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވަނީ ކިޔަވައިދިނުން އިހުއޮތްގޮތަށް އިއާދަކުރުމުގެ މަސައްކަތުގެ ހިތަކީ، ނުވަތަ ރޫހަކީ މުދައްރިސްކަން ފާހަގަކުރައްވާފަ އެވެ.

އަދި ކޮވިޑްގެ ދަތި ހާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުން ކަމަށާއި، ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުން ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިހްތިފާލު ކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަކުރުމަކީވެސް ލާޒިމްކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި އައު ކަންތައްތަކެއް ދަސްކޮށް ކުރިން ބޭނުންނުކުރާ ވަސީލަތްތައް ބޭނުންކޮށްގެން ކޮވިޑްގެ ދުވަސްވަރު މުދައްރިސުން ކުރި ހިތްވަރަށްޓަކައި މިނިސްޓަރު ވަނީ ހުރިހާ ޓީޗަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox