"އުތުރު އަވަށް" އަބުރާ ލިބުމާއެކު ފިއްލަދޫ އުފަލުން

"އުތުރު އަވަށް" އަބުރާ ލިބުމާއެކު ފިއްލަދޫ އުފަލުން

"ފިއްލަދޫ ކައުންސިލްގެ އިހުތިސޯސްގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ،" ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ރޭ ކުރެއްވި މި ޓްވީޓަކީ މުޅި ހއ. އަތޮޅަށްހެން އެ ހަބަރުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިން ޓްވީޓެކެވެ.

އޯގަސްޓު 29 ވަނަ ދުވަހު ރައީސްގެ ގަރާރަކުން ދައްޕަރު، އެ ރަށާ އިންވެގެން އޮންނަ ފިއްލަދޫގެ އިހުތިސޯސުން ނެގި ނެގުމާ ދެކޮޅަށް އެ ރަށުގެ އާއްމުންނާއި، ކައުންސިލު އަދި މުޅި ބޮޑު ތިލަދުންމަތިހެން ތެދުވެ، އެ ނިންމުން ބަދަލުކުރުމަށް އެދި ސަރުކާރަށް ގޮވާލާ ކުރި އެކި އެކި މަސައްކަތްތަކުގެ ފޮނި ނަތީޖާ އެންމެ ފަހުން ލިބިގެން ދިޔައީ ރޭގަ އެވެ.

މިއަދު ފިއްލަދޫއަށް ވިއްސާރަ ދުވަހަކަށް ވިޔަސް އެރަށުގައި އޮތީ އެ ފޮނި ނަތީޖާގެ އުފާފާޅުކުރުމެވެ.

"އަޅުގަނޑުމެން ހަމަ އުއްމީދުކޮށްގެން ތިބި ގޮތަށް އެކަން އެވީ އިރާދަކުރެއްވީތީ، އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރިން ރައްޔިތުންނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ކަމެއް ނުނިންމަވާނެ ކަމަށް. އެކަމަށްޓަކައި އެގޮތަށް އިއާދަކުރަން ނިންމި ނިންމުމަށްޓަކައި ހަމަ ވަރަށް ބޮޑަށް ޝުކުރުވެރިވަން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، ހަމަ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ވެސް،" ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "އަދަދު" އަށް ވިދާޅުވި އެވެ.

ފަތުހުﷲ ވިދާޅުވި ގޮތުގައި ފިއްލަދޫ ކައުންސިލުން އަބަދު ވެސް ބުނަމުން ދަނީ އެހެން އެއްވެސް ރަށެކޭ އެއްގޮތަށް ފިއްލަދުއިން ވެސް އެ ރަށުގެެ "އުތުރު އަވަށް" ވަކި ވެގެން ދިޔުމަށް ނޭދޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ ހިތާއި ގުޅިފައިވާ ދައްޕަރު އަލުން އަބުރާ އިއާދަ ވުމަކީ މުޅި ރަށަށް ވެސް ލިބިގެން ދިޔަ ހިތްހަމަޖެހުމެއް ކަމަށެވެ. ފަތުހުﷲ ވަނީ ދައްޕަރުގައި ފިއްލަދޫ ރައްޔިތުންގެ ކާބަފައިންގެ މަހާނަ ހުންނަ ސަހަރާއެއް އަދިވެސް އެބަ ހުރިކަމަށް މީގެ ކުރިން މި ނޫހާއި ވާހަކަދައްކަމުން ވިދާޅުވެފަ އެވެ.

ފިއްލަދޫގެ އިތުރު ކައުންސިލަރެއް ކަމުގައިވާ މުހައްމަދު މޫސާ ވެސް ރައީސްގެ އެ ނިންމުމަށް މަރުހަބާ ކިޔައި އުފާ ފާޅުކުރަމުން ވިދާޅުވީ މިއަދަކީ ކިތަންމެ ވިއްސާރަ ދުވަހަކަށްވިޔަސް، ރަށަށް އައި އުފަލުގެ ދުވަހެއް ކަމަށެވެ.

"ދެން ގެޒެޓު ކުރީމަ، އިތުރަށް ހިތްހަމަޖެހުން ލިބި ޔަގީންވާނީ. އެކަމަކު ރައްޔިތުން ތިބީ ހަމަ ވަރަށް އުފަލުން މިހާރު ވެސް އެ ނިންމުމަށް، ވަރަށް މަރުހަބާ ކިޔަން،" މުހައްމަދު ވިދާޅުވި އެވެ.

ދެ ކައުންސިލަރުން ވެސް ވިދާޅުވި ގޮތުގައި ދައްޕަރާ ދޭތެރޭ ފިއްލަދޫ ކައުންސިލުން ވިސްނާފަ ހުރި ކަންކަން، އިހުތިސޯސުން ވަކި ކުރި ހިސާބުން ކޮންމެވެސް ވަރަކަށް މަޑުޖެހިގެން އައި ކަމަށެވެ. އަދި ދެން އިތުރަށް ކުރިޔަށް ދާން ވިސްނާފަ އޮތީ ވެސް އެ ނިންމުން ސަރުކާރުން ގެޒެޓުކުރާ ހިސާބުންނެވެ.

"މިހާރު ދެން ލިބޭ ނުލިބޭ ކަހަލަ ގޮތަކަށް މި ހުރިހާ ދުވަހަކު އޮތީމަ، އިންވެސްޓަރުން ވެސް ތިބޭނީ ކުޑަކޮށް ޖެހިލުންވެފަތާ. އެކަމަކު އެބަ ތިބި ވަރަށް ގިނަ އިންވެސްޓަރުން ހަމަ ކަޅި އަޅައިގެން. ދައްޕަރަކީ އާދަޔާހިލާފަށް ހަމަ ރީތި ރަށެއް. 39 ހެކްޓަރުގެ ބީޗެއް އޮންނަ، ފަޅު އެހާ ރީތި އަދި ޝިޕްރެކެއް ވެސް މި ސަރަހައްދުގަ އޮންނަ ހަމަ އެކަނި ފަޅު އެއީ، ފަތުރުވެރިކަމަށް މި ސަރަހައްދުގަ އެވަރެއް ނޯންނާނެ،" މުހައްމަދު ވިދާޅުވި އެވެ.

ދައްޕަރު ފިއްލަދުއިން ވަކިކުރީ އެ ރަށު ކައުންސިލްގެ ލޭންޑްޔޫސް ޕްލޭންގައި ހިމަނައިގެން ގިނަ ކަންކަން ރާވާފައި ވަނިކޮށްކަމަށް ފަތުހުﷲ ވިދާޅުވި އިރު ރައީސްގެ އެ ނިންމުން ގެޒެޓުކުރުމުން އަނެއްކާ ވެސް އެ ވިސްނުން ފަށައިގަންނަން ކައުންސިލުން ތިބި ތައްޔާރަށެވެ.

ކައުންސިލަރު މުހައްމަދު މި ނޫހަށް ވިދާޅުވީ ދައްޕަރުގެ އެކި ސަރަހައްދުން، އެންމެ އާދައިގެ ވިޔަފާރިވެރިޔާއަށް ވެސް ފުރުސަތު ލިބޭނެހެން ބިން ދޫކޮށްގެން ތަރައްގީކުރުމަށް ކައުންސިލުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި އެއީ ރާއްޖޭގެ ވިޔަސް ބޭރުގެ ވިޔަސް ވިޔަފާރިވެރިންނަށް ފުރުސަތު އޮތް ތަނެއްކަމަށް މުހައްމަދު ވިދާޅުވި އެވެ.

ދައްޕަރާއި ފިއްލަދޫގެ ޗާޓެއް.
ދައްޕަރާއި ފިއްލަދޫގެ ޗާޓެއް.

ދައްޕަރާއި ފިއްލަދޫގެ ޗާޓެއް.

"އަޅުގަނޑުމެން ފިއްލަދޫއިން ވެސް ވަކި ހިސާބަކުން ބިން ދުލެއް ނުކުރަން އެނގޭތޯ، އެއީ އެ އޮންނަ ގުދުރަތީ ރީތިކަން ދަމަހައްޓަން ވެގެން. ދެން ދައްޕަރުން އެކި ސަރަހައްދުތަކުން އެކި ވަރުވަރަށް ބިން ދޫކުރަން މި ވިސްނަނީ. އެކި ކަހަލަ ވިޔަފާރިތަކަށް ހަމަ. މި ނިންމުން ގެޒެޓު ކުރީމަ ނޮވެމްބަރު 30 އާ ހަަމަޔަށް ލޭންޑް ޔޫސް ޕްލޭން ނިންމާއިރު، އެކަންކަން ކުރާނެ އިރާދަ ކުރެއްވިއްޔާ،" މުހައްމަދު ވިދާޅުވި އެވެ.

ދައްޕަރުގެ މައްސަލައިގަ ފިއްލަދޫ ރައްޔިތުންތަކެއް އިސްނަގައި، ޕެޓިޝަން ހުށަހެޅުން ފަދަ ބޮޑެތި މަސައްކަތްތަކެއް ކުރި ސޭވް ދައްޕަރު ކެމްޕޭނުން ވެސް މިއަދު ތިބީ އެންމެ ފަހުން ރައީސްގެ އެ ނިންމުމަށް ހިތްހަމަޖެހިފަ އެވެ. އަދި އެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރުމުގަ އެވެ.

"މިއީ ހަމަ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެން ލިބިގެން ދިޔަ ނަސްރެއް އިނގޭތޯ. ވަރަށް ވަރަށް ހިތްހަމަޖެހިފަ މިތިބީ ހަމަ. ގާތްގަނޑަކަށް ދެން ޔަގީންވެފަތާ އެއޮތީ ދައްޕަރު އަބުރާ ލިބޭނެކަމަށް، އެގޮތަށް ގަބޫލުކޮށްގެން އަޅުގަނޑުމެން މިތިބީ. ވަކި ޕާޓީއަކަށް ނުބަލާ މުޅި ރާއްޖޭގެ ރައްޔިތުންނާއި، ހއ. އަތޮޅުގެ ކައުންސިލާއި، ފިއްލަދޫ ކައުންސިލާއި ހުރިހާ މީޑިއާއެއް، އެންމެން ގުޅިގެން ކުރި ހުރިހާ މަސައްކަތަށް ވަރަށް ޝުކުރުވެރިވަން،" ސޭވް ދައްޕަރު ކެމްޕޭނުގެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ މުހައްމަދު ވަހީދު، ރައީސްގެ އެ ނިންމުމާ ގުޅޭ ގޮތުން އުފާކުރަމުން މި ނޫހަށް ބުންޏެވެ.

"އަދި ހުރިހާ މީޑިއާއަކަށް ވެސް، ވަކިން ހާއްސަކޮށް އަދަދު ނޫހަށް ހަމަ، ތި ކޮށްދެެެއްވި މަސައްކަތަށް ވަރަށް ޝުކުރުވެރިވަން،"

ވަހީދު ވެސް ބުނި ގޮތުގައި ފިއްލަދޫގެ ރައްޔިތުންނަށް އެންމެ ބޮޑު އުފަލެއް ދެން ލިބިގެންދާނީ ރައީސްގެ އެ ނިންމުން ގެޒެޓުކޮށް އަމަލީ ސިފައެއްގައި ކައުންސިލަށް އަނެއްކާ ވެސް ބާރު ލިބި، ކައުންސިލުން ދައްޕަރުގެ ނަފާ ހޯދުމަށް މަސައްކަތް ފެށުމުންނެވެ. ރައްޔިތުން މިހާރު ބަލަބަލާ ތިބީ އެ ދުވަހެއް އަންނަން ދެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox