ސްކޫލުތަކުގައި އަޅާފައި ހުރި ކޮވިޑު ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ

އިސްކަންދަރު ސްކޫލްގެ ދަރިވަރުން ސްކޫލަށް ވަންނަން ސަފު ހަދައިގެން: މިވަގުތު ކޮވިޑް ކޮންޓްރޯލް ވެފައި އޮތީ އައުޓްބްރޭކެއް އައުމުން ކަމަށައި އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަލުން ކޮވިޑް ފެތުރިދާނެ ކަމަށް ޑރ ވިދާޅުވޭ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިސްކަންދަރު ސްކޫލްގެ ދަރިވަރުން ސްކޫލަށް ވަންނަން ސަފު ހަދައިގެން: މިވަގުތު ކޮވިޑް ކޮންޓްރޯލް ވެފައި އޮތީ އައުޓްބްރޭކެއް އައުމުން ކަމަށައި އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަލުން ކޮވިޑް ފެތުރިދާނެ ކަމަށް ޑރ ވިދާޅުވޭ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ކޮވިޑު ފެތުރުން ހުއްޓުވުމަށް ސްކޫލުތަކުގައި އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެ ކޮވިޑް ކޮންޓްރޯލްކުރަން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ނަޒްލާ "އަދަދު"އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ސްކޫލުތަކުގައި މިހާރު ފިޔަވަޅުތައް އަޅާފައިވާ ނަމަވެސް އެއަށް އެކަށީގެންވާ ވަރަށް އަމަލު ނުކުރާކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑަށް ވުރެ ބޮޑަށް މިހާރު ސްކޫލުތަކުން ފެންނަނީ އެހެން ރޯގާތައް ކަމަށެވެ.

"ސްކޫލުތަކުގައި އެހާބޮޑަށް ޑިސްޓެންސް ބޮޑަށް ނުބަހައްޓާ އުޅޭތަން ފެނޭ. ކޮވިޑް އެވަރަށް ނުފެތުރަނަސް އެހެން ރޯގާތައް އެބަ ފެތުރޭ. އެއީވެސް ކޮވިޑާ އެއްގޮތަށް ނޭވާލާނިޒާމުގެ ތެރެއިން ދާ ވައިރަސްތައް. މިކަހަލަ ވައިރަސްތައްވެސް ފެތުރޭނެ ގައިދުރުކަމެއް ނެތިއްޔާ،" ނަޒްލާ ވިދާޅުވި އެވެ.

ސްކޫލުތަކުގައި ރޯގާތައް ފެތުރެނީ ރޯގާގެ އަލާމަތްތައް ހުންނަ ކުދިން ވެސް ސްކޫލުތަކަށް ދާތީ ކަމަށާއި އަލާމަތްތައް ހުންނަ ކުދިން ސްކޫލުތަކަށް ނުފޮނުވައި، ދޭ ފިލާވަޅުތައް ސްކޫލާ ގުޅިގެން ހޯދުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މިވަގުތު ކޮވިޑް ބޮޑަށް ކޮންޓްރޯލް ވެފައި އޮތީ ބޮޑު އައުޓްބްރޭކެއް އައުމަށްފަހު އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ކޮވިޑް ކޮންޓްރޯލް ވެފައި އޮތް އަނެއް ސަބަބަކީ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހާފައިވާތީ ކަމަށެވެ. ކޮވިޑް މިވަގުތައް ކޮންޓްރޯލް ވެފައިވާ ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ނުކުރާނަމަ ކޭސްތައް އިތުރު ވުމުގެ ފުރުސަތު އޮތް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މީގެ ކުރިން
މީގެ ކުރިން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

"ޕޮޕިއުލޭޝަންގެ ގިނަ މީހުން ހުންނާނެ އަދި އިމިއުނިޓީ. މިހާރު ހަ މަސް ވަނީ އައުޓް ބްރޭކްގެ ފަހުންވެސް. ކޮންމެވެސް ވަރަކަށް މެޝާސް ނުނަގަންޏާ ޕޮސިބިލިޓީ އިންނާނެ ކޭސްތައް މަތިވުމުގެ. އެކަމަކު ދެ ޑޯޒް ވެކްސިން ޖަހާފަ ހުރީމަ ޑިޒީޒްތަކަށް ވަރަށް ބޮޑަށް ޕްރޮޓެކްޝަން ދޭނެ،" ނަޒްލާ ވިދާޅުވި އެވެ.

ރޯގާ އިތުރު

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހު އަރިދަފުސް ރޯގާގެ 3،838 ކޭސް ރިޕޯޓްކޮށްފައި ވެ އެވެ. މިދިޔަ މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 11،348 ކޭސް އެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޕީއޭން ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މަދު ކަމަށެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

12 އަހަރުން މައްޗަށް ވެކްސިން

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ.

އެގޮތުން ސްކޫލު ދަރިވަރުންގެ ވެކްސިން ޖަހާފައިވާ އަދަދަށް ބަލާއިރު ފުރަތަމަ ޑޯޒު ޖެހި ކުދިންގެ އަދަދު އަށް ވަނީ 36،029 އަރައިފަ އެވެ. އެއީ ރާއްޖޭގެ މި އުމުރުފުރައިގެ އާބާދީގެ ތެރެއިން 60 ޕަސެންޓު އާބާދީއަށް ވުރެ އިތުރު އަދަދެކެވެ.

ދެވަނަ ޑޯޒް ޖަހާފައި ވަނީ 30،571 ދަރިވަރުން ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. މިހާތަނަށް 218 ސްކޫލެއްގައި ދަރިވަރުންނަށް ވެކްސިންގެ ފުރިހަމަ ޑޯޒް ޖަހަން ފަށާފައިވާއިރު ވެކްސިންގެ ދަ ވަނަ ޑޯޒް 213 ސްކޫލަކުން ވަނީ ޖަހަން ފަށާފަ އެވެ.

މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާއިރު، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ޖަހައި ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox