ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މީހާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ސްވިޑަންގެ ކާޓޫނިސްޓް ލާސް ވިލްކްސް. -- ފޮޓޯ: އޭއެފްޕީ

ސްވިޑަންގެ ކާޓޫނިސްޓް ލާސް ވިލްކްސް. -- ފޮޓޯ: އޭއެފްޕީ

ސްޓޮކްހޯމް، ސްވިޑަން (އޮކްޓޯބަރު 4) - މީގެ އަހަރުތަކެއް ކުރިން ކީރިތި ރަސޫލާގެ ކާޓޫން ކުރެހުމުން މަރުގެ އިންޒާރުތައް ލިބި ފުލުހުންގެ ރައްކާތެރިކަމާއެކު ދިރިއުޅެމުން ދިޔަ ސްވިޑަންގެ ކާޓޫނިސްޓް ލާސް ވިލްކްސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ސްވިޑަންގެ ފުލުހުން ބުނީ އުމުރުން 75 އަހަރުގެ ވިލްކްސް އާއި ދެ ފުލުސް އޮފިސަރުން މަރުވީ އެ މީހުންގެ ކާރު، ޓްރަކެއްގައި ޖެހިގެން ކަމަށެވެ.

"މިކަން ބަލަމުން މި ދަނީ އާދައިގެ މަގުމަތީގެ އެކްސިޑެންޓެއްގެ ގޮތުގައި. ދެ ފުލުހުން ހިމެނޭތީ ޕްރޮސެކިއުޓަރުގެ އޮފީހުގެ ހާއްސަ ސެކްޝަނަކުން އަންނަނީ ވަކި ތަހުގީގެއް ކުރަމުން،" މި ހާދިސާގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓު ހިނގީ މާކަރިޑް އަވަށް ކައިރިން ވިލްކްސް ދުއްވާފައި ދިޔަ ކާރު، ބާރު ސްޕީޑުގައި އައި ޓްރަކެއްގައި ޖެހިގެންނެވެ. ދެ އުޅަނދުގައި ވެސް އަލިފާން ރޯވެ، ޓްރަކް ދުއްވަން އިން މީހާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނީ އެކްސިޑެންޓު ދިމާވި ސަބަބު ސާފު ނޫން ކަމަށެވެ.

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް 2007 ވަނަ އަހަރު ވިލްކްސް ކާޓޫން ކުރެހުމުން ދުނިޔޭގެ މުސްލިމް ގައުމުތަކުން ނުރުހުން ފާޅުކޮށް، އޭނާއާ ދެކޮޅަށް އެއްވުންތައް ބޭއްވި އެވެ.

ވިލްކްސް މަރާލާ މީހަކަށް 100،000 ޑޮލަރު ދޭނެ ކަމަށް އަލް ގައިދާ އިން ބުނެފައި ވެ އެވެ.

ކާޓޫނު ކުރެހި މައްސަލާގައި ޑިޕްލޮމެޓިކް ހަމަނުޖެހުން ވެސް އުފެދުނެވެ. މުސްލިމް ގައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރުމުން ސްވިޑަންގެ އޭރުގެ ބޮޑު ވަޒީރު ފްރެޑްރިކް ރެއިންފެލްޑްޓް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރެއްވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ކޯޕެންހޭގަން ގައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ކޮންފެރެންސެއްގައި ވިލްކްސް އަށް އަމާޒުކޮށް ބަޑި ޖެހި ނަމަވެސް އޭނާ ސަލާމަތްވި އެވެ. އެ ހާދިސާގައި މަރުވީ ޑެންމާކުގެ ފިލްމު ޑިރެކްޓަރެކެވެ.

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox