އުއްމީދު ދެމެހެއްޓޭނީ ނޭޕާލް ބަލިކޮށްގެން: ލަންކާގެ ކޯޗު

Oct 4, 2021, 6:42 AM
އުއްމީދު ދެމެހެއްޓޭނީ ނޭޕާލް ބަލިކޮށްގެން: ލަންކާގެ ކޯޗު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމަށް ސްރީ ލަންކާ އިން ކުރަމުންދާ އުންމީދުތައް ދެމެހެއްޓޭނީ މި މުބާރާތުގައި މިރޭ ނޭޕާލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކަމަށް އެ ޓީމުގެ ކޯޗު އާމިރު އަލަގިޗް ބުނެފި އެވެ.

މި މުބާރާތުގައި ލަންކާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ބަންގްލަދޭޝުން ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

އަނެއްކޮޅުން، ނޭޕާލް މިރޭގެ މެޗަށް ނުކުންނަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހިރާއްޖެ އަތުން 1-0 އިން މޮޅުވުމުން ލިބުނު ހިތްހަމަޖެހުމާއެކު އެވެ.

"މެޗުން ޕޮއިންޓެއް ލިބުމަކީ ވެސް ގޯސް ނަތީޖާއަކަށްނުވާނެ. އެކަމަކު އަހަރެމެންނަށް (ފައިނަލްގެ ޖާގަ ހޯދުމުގެ) ރޭހުގައި ދެމި އޮވެވޭނީ މިރޭގެ މެޗުން މޮޅުވެގެން،" ބޮސްނިއާ އަށް ނިސްބަތްވާ އަލަގިޗް ބުންޏެވެ. "ފުރަތަމަ މެޗުން ބަލިވުމަކީ އަހަރަމެންނަށް ގަބޫލްކުރަން ދަތި ނަތީޖާއެއް. އެއީ އެ މެޗުގައި ކަންތައްތައް ދިޔަ ގޮތުން. އުންމީދުކުރަނީ (މިރޭގެ) މެޗުގައި ލަންކާ ޓީމުން ރަނގަޅު ވާދައެއް ކުރާނެކަމަށް."

ބަންގްލަދޭޝް އަތުން ބަލިވި މެޗުގައި ލަންކާގެ މުހިންމު ޑިފެންޑަރު ޑަކްސަން ޕުލާސް އަށް ދެއްކި ރަތްކާޑާ ގުޅިގެން، މިރޭގެ މެޗަށް އޭނާ ވަނީ ސަސްޕެންޑްވެފަ އެވެ.

އަލަގިޗް ބުނީ ޑަކްސަން ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ތިބި ކުޅުންތެރިންނާއެކު މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"ޑަކްސަން އަކީ އަހަރަމެންގެ ޑިފެންްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ. އޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ. އެ މެޗުގައި ދެއްކި ރަތް ކާޑަކީ ގޯސް ކާޑެއް. ވަރަށް ބޭއިންސާފުކޮށް އެ މެޗުގައި ރެފްރީގެ ނިންމުންތައް ދިޔައީ،" ކުރިން ނިއު ރޭޑިއަންޓަށް ވެސް ކޯޗުކޮށްދިން އަލަގިޗް ބުންޏެވެ.

އަލަގިޗް ބުނީ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ވާދަވެރި ޓީމެއްގެ ގޮތުގައި ނުފެނި، ވަރަށް ގިނަ އަހަރުތަކެއް ފާއިތުވެއްޖެ ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ޓީމުތަކުގެ މެދުގައި އޮތް ތަފާތު މިހާރު ކުޑަވަމުންދާ ކަމަށެވެ.

"ނޭޕާލް މޮޅުވި މެޗުގައި މޮޅަށް ކުޅުނީ ރާއްޖެ. އެކަމަކު އެންމެ ކައުންޓާ އެޓޭކަކުން ނޭޕާލް އިން ނަތީޖާ އަނބުރާލީ. އެހެންވީމަ މެޗެއްގެ ނަތީޖާ ދާނެގޮތެއް ނޭނގޭނެ ބުނާކަށް. ކުރިން މި މުބާރާތުގައި ޓީމުތައް ކޮޅަށް 5-0 ނޫނީ 6-0 އިން މޮޅުވިޔަސް، މިހާރު އެއަށްވުރެ ޓީމުތައް ވާދަވެރިކޮށް މި ފެންނަނީ،" އަލަގިޗް ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ސްރީލަންކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox