އެސްޕަންޔޯލްގެ އަތްދަށުވެ ރެއާލަށް ލީގުގައި ފުރަތަމަ ބަލި

Oct 3, 2021, 6:55 PM
އެސްޕަންޔޯލްގެ އަތްދަށުވެ ރެއާލަށް ލީގުގައި ފުރަތަމަ ބަލި

ބާސެލޯނާ (އޮކްޓޫބަރު 3) - ސްޕެނިޝް ލީގުގައި މިރޭ އެސްޕަންޔޯލް އަތުން 2-1 އިން ބަލިވެ, ރެއާލް މެޑްރިޑް މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު ވެސް ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

އެސްޕަންޔޯލަށް މިރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ލީޑުނެގީ އެޑްރިއާން އެމްބާބާ ނަގައިދިން ހުރަހަކުން އޭރިއާތެރެއިން ރައުލް ޑެ ޓޯމާސް ޖެހި ގޯލުންނެވެ. މެޗުގެ 60 ވަނަ މިނިޓްގައި އެސްޕަންޔޯލްގެ ދެ ވަނަ ގޯލު ޖެހީ އަލެކްސް ވިޑާލް އެވެ. ނަޗޯ ފެނާންޑޭޒް ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ވިޑާލް ވަނީ ތިބައު ކޯޓުއާ އަށް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އެސްޕަންޔޯލަށް ތިން ވަނަ ގޯލެއް ޖަހައިދޭން ސާޖީ ޑާޑާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ޖެހި ފުރަތަމަ ގޯލު އޮފްސައިޑް ކަމަށް ނިންމި އެވެ. އެހެން ނަމަވެސް މެޗުގެ 71 ވަނަ މިނިޓްގައި ބެންޒެމާ ވަނީ މޮޅު ގޯލެއް ޖަހައި ރެއާލަށް އުއްމީދެއް ހޯދައިދީފަ އެެވެ. އަދި މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި ބެންޒެމާ ދިން ބޯޅައަކުން އެޑެން ހަޒާޑް ރެއާލަށް ލަނޑެއް ޖަހައިދިނެވެ. އެކަމަކު، ރެފްރީ ނިންމީ އެ އެޓޭކްގައި އޮފްސައިޑް ވެފައިވާތީ ގޯލެއް ކަަމަށް ބަލައިނުގަންނާށެެވެ.

މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން އަމިއްލަ ދަނޑުގައި މޮލްޑޯވާގެ ޝެރިފް އަތުން ރެއާލް ބަލިވިއިރު، މިރޭ އެސްޕަންޔޯލް އަތުން ވެސް މި ވަނީ ބަލިވެފަ އެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވުމާ އެކު އިންޓަނޭޝަނަލް ބްރޭކަށް ދާއިރު ރެއާލް އޮތީ ކޮންމެ ވެސް ވަރެއްގެ ހާސްކަމެއްގެ ތެރޭގަ އެވެ.

މިރޭގެ މެޗާ ބެހޭގޮތުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ މި ސީޒަނުގައި ރެއާލް ކުޅުނު އެންމެ ދަށް މެޗު ކަމަށެެވެ. އަދި އެ ޓީމުގެ ފަރާތުން އެހާ ދަށް ކުޅުމެއް އެއް ހަފްތާތެރޭގައި ދެ ފަހަރު ތަކުރާރުވި ސަބަބެއް ވީހާވެސް އަވަހަށް ދެނެގަތުން މުހިއްމު ކަަމަށާއި އިންޓަނޭޝަނަލް ބްރޭކް ބޭނުންކުރާނީ އެ ކަމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox