މެސީ, ޕީއެސްޖީއާ އެކު ފުރަތަމަ ފަހަރަށް ބަލިވެއްޖެ

Oct 3, 2021, 1:52 PM
މެސީ, ޕީއެސްޖީއާ އެކު ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޕެރިސް (އޮކްޓޫބަރު 3) - ފްރެންޗް ލީގުގައި މިރޭ ޕީއެސްޖީ ކުޅުނު މެޗުގައި ރެނެސް އަތުން ރަށުންބޭރުގައި 2-0 އިން ބަލިވެއްޖެ އެވެ.

މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އެ ޓީމާ ގުޅުނު ފަހުން ބަލިވި ފުރަތަމަ މެޗެެވެ. އަދި މި މެޗުން ބަލިވުމާ އެކު ޕީއެސްޖީގެ ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައީ އެވެ.

ޕީއެސްޖީ ފްރެންޗް ލީގު މި ފަހަރު ފެށީ ޖެހިޖެހިގެން އަށް މޮޅު ހޯދައިގެންނެވެ. އެކަމަކު މިއަދު ބަލިވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެންސަށް ނުވަ މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ރެނެސް ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޕީއެސްޖީގެ ކުރިއަށް ކުޅޭ ނޭމާ، ކީލިއަން އެމްބާޕޭ އަދި މެސީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ. އެކަމަކު ގޯލާ ސީދާކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާނުލެވުނެވެ. މެސީގެ ކުުޅުން ހުއްޓުވުމުގައި ރެނެސް މެދުތެރެއަށް ކުޅުނު ކުޅުންތެރިން ތަފާތު ދެއްކި އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ރެނެސް އަށް ލީޑުނަގައިދިނީ ގަޓޭޓާން ލަބޯޑް އެވެ. އަދި ދެ ވަނަ ހާފް ފަށައިގެން މިނިޓެއްހާއިރު ތެރޭ ރެނެސްގެ ދެ ވަނަ ގޯލު ޖެހީ ފްލޭވިއަން ޓައީޓް އެވެ. ދެ ގޯލުގެ ލީޑެއް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިބުމާ އެކު ރެނެސް އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެ ލީޑު ސަލާމަތްކުރުމުގައި ކާމިޔާބު ހޯދި އެވެ.

ޕީއެސްޖީގެ އެމްބާޕޭ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އެމްބާޕޭ އަށް ގޯލެއް ނުޖެހޭއިރު، މިއީ ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާ ލަނޑެއް ނުޖެހި އެންމެ ގިނަ މެޗު ކުޅެން ޖެހޭ ފަހަަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox