ރާއްޖެ މެޗު ހަނދާން ނައްތާލައިފިން: ކިރަން

Oct 4, 2021, 3:45 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކީޕަރު ކިރަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކީޕަރު ކިރަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް ކުރިއަށް ދިއުން ކަމަށާއި އެ ގޮތަށް ވިސްނުން ބަހައްޓައިގެން މިރޭ ސްރީލަންކާއާ ދެކޮޅަށް ނޭޕާލުން ކުޅޭއިރު، ރާއްޖެ އަތުން މޮޅުވި މެޗުގެ ހަނދާނެއް ނެތް ކަމަށް ނޭޕާލްގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ޝެމްޝޮން ބުނެފި އެވެ.

ނޭޕާލުން ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެެވެ. މިއީ ސާފްގެ ތާރީހުގައި މިހާތަނަށް ރާއްޖެއާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ނޭޕާލަށް ލިބުނު ފުރަތަމަ މޮޅެވެ. އެ މޮޅު ލިބުމުން ނޭޕާލުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.

ލަންކާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކިރަން ބުނީ ރާއްޖެ އަތުން ލިބުނު މޮޅަކީ މިހާރު މާޒީ ކަަމަށެވެ.

"ރާއްޖެ މެޗު އަހަރެމެން ސިކުނޑިއަކު ނެތް. ދެން އޮތް ސްޓެޕަކީ ލަންކާ މެޗު. ލަންކާ މެޗަށް ވެސް އަހަރެމެން ފައިޓްކުރާނީ ތިން ޕޮއިންޓަށް. ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އަހަރެން ބުނިން. އަހަރެމެންނަކީ ގޯކާލީންނޭ އެންމެ ފަހު މިނިޓާ ހަމައަށް އަހަރެމެން ފައިޓް ކުރާނަން،" ކިރަން ބުންޏެވެ.

"މާދަމާ ވެސް އަހަރެމެން 90 މިނިޓް ފައިޓްކުރާނަން. އަހަރެމެންނަށް އިތުބާރު އެބައޮތް އަމިއްލަ ނަފްސަށް ވެސް ޓީމަށް ވެސް. އަހަރެމެންނަށް މޮޅެއް ލިބޭނެ ކަމުގެ އުއްމީދު އޮތީ،"

ކިރަން ވަނީ އޭނާގެ ކްލަބް ކެރިއަރުގައި ނޭޕާލްގެ އިތުރުން ރާއްޖެ އާއި އިންޑިއާގައި ވެސް ކުޅެފަ އެވެ. ނޭޕާލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިރަން ވަނީ ރާއްޖޭގެ ލީގާއި އިންޑިއާގެ އައި ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ވެސް ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ ކިރަން ބުނީ މި މުބާރާތުން ކޮންމެ ފަހަރަކު ވެސް ކުރިއެރުންތަކެއް ފެންނަމުން އަންނަ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މި މުބާރާތް ކުރިއަރަމުން ދަނީ. ޓީމުތައް ވެސް ވަރަށް ކުރިއަރާ. އަހަރެންގެ ނަޒަރުގައި އެބަޖެހޭ ވަރުގަދަ ޓީމުތަކަށް ދައުވަތުދީގެން ޓީމު އިތުރުކޮށްގެން މުބާރާތް ވަރުގަދަ ކުރަން. އަހަރެން އަޑުއެހިން ސާފް ފެޑެރޭޝަނުން، މި މުބާރާތް 2012 އިން ފެށިގެން ބަދަލުކޮށް ޓީމުތައް ވަރުގަދަ ޓީމުތައް އިތުރުކުރަން އުޅޭ ކަމަށް. އެހެންވެއްޖިއްޔާ މިއީ ވަރަށް ބޮޑު ރަނގަޅެއް،" ކިރަން ބުންޏެވެ.

އިންޑިއަން ސަބް ކޮންޓިނެންޓް ގައުމުގަކުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި 2005 އިން ފެށިގެން 2015 އާ ހަމައަށް ވަނީ އަފްގާނިސްތާން ބައިވެރިކޮށްފަ އެވެ. އަފްގާނިސްތާން ވަނީ 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައި 2015 ވަނަ އަހަރު ފައިނަލުން އިންޑިއާ އަތުން ބަލިވެފަ އެވެ. އެ މުބާރާތަށް ފަހު އަފްގާނިސްތާން ވާދަކުރަމުން އަންނަނީ އާސިއާން ޒޯނުގަ އެވެ.

ނޭޕާލުން މިހާތަަނަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކޮށްފައިނުވާއިރު، ފައިނަލެއްގައި ވާދަކުރެވިފައި ވެސް ނުވެ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ތަށްޓައް އަމާޒުކޮށް މަސައްކަތް ކުރަމުން އަންނަ ނޭޕާލް ކުޅޭ ދެ ވަނަ މެޗުގައި މިރޭ ލަންކާއާ ދެކޮޅަށް ނުކުންނާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox