އެވަޓަނާ އެއްވަރުވެ ޔުނައިޓެޑުން ފުރުސަތެއް ނަގާލައިފި

Oct 2, 2021, 2:10 PM
ލަނޑު ޖެހުމަށް ފަހު ޓައުންސެންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޓައުންސެންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (2 އޮކްޓޯބަރު) - މެޗުގެ ދެ ވަނަ ހާފުގައި އެންޑްރޮސް ޓައުންސެންޑް ޖެހި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެވަޓަން އާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑަށް އެވަޓަން ބަލިކޮށްގެން އެއް ވަނަ އަށް އެރެން އޮތެވެ. އެކަމަކު، ޕޮއިންޓެއް ލިބުމުން އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއް ވަަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި ޔުނައިޓެޑް އަދި ތިނެއްގައި އޮތް އެވަޓަން އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑާއި އެވަޓަން ވަނީ ލިވަޕޫލަށް ވުރެ އިތުރަށް މެޗެއް ކުޅެފަ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ޔުނައިޓަޑުން ލީޑު ނެގީ ފްރާންސް ފޯވަޑް އެންތަނީ މާޝިއާލް ޖެހި ލަނޑުންނެވެ. އެ ލަނޑުގެ ކުރިން އެވަޓަން އިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށް ނުރައްކާތެރި ހަަލާތައް ފޮނުވާލިއިރު، ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

އެކަމަކު މެޗުގެ 65 ވަނަ މިނިޓުގައި އެވަޓަން އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޓައުންސެންޑް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ފްރެޑް އަތުން ހޯދި ބޯޅައެއް އެވަޓަންގެ ޑަމަރާއި ގްރޭ ޖައްސާލީ އެ ޓީމުގެ އަބްދުﷲ ޑޮކޫރޭ އަށެވެ. އޭނާ ހުސްކޮށްލާފައި ޓައުންސެންޑަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށްވެފައި ވަނިކޮށް، އެވަޓަންގެ ޑިފެންޑަރު ޔެރީ މީނާ ޔުނައިޓަޑްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އެ ލަނޑު އޮފްސައިޑް ކަމަށެވެ.

މި މެޗަށް ޔުނައިޓަޑް އިން ނެރުނު ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނުނު ނަމަވެސް، ދެ ވަނަ ހާފުގައި އޭނާ ކުޅެން އެރި އެވެ. ރޮނާލްޑޯ އާއި ޖޭޑަން ސަންޗޯ އެކުގައި ކުޅެން އެރިއިރު، ސަންޗޯ ދިން ބޯޅައަކުން އޭރިއާތެެރެއިން ރޮނާލްޑޯ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. މިއީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ކުޅުނު 200 ވަނަ މެޗެވެ.

މި މެޗުގެ ނަތީޖާއާއެކު، ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޯލްޝެއާ އަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އަތުން ޔުނައިޓަޑް ބަލިވިއިރު، ލީގު ކަޕްގައި ވެސްޓް ހޭމް އަތުން ބަލިވެ، އެ މުބާރާތުން ވެސް ވަނީ ކަޓައިފަ އެވެ. މި މެޗުގެ ކުރިން ސޯލްޝެއާ އަށް ހިތްހަމަޖެހުމެއް ލިބުނީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން މޮޅެއް ލިބުމުންނެވެ. -- ބީބީސި

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox