މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ނަގައިގެން ޖީއެން ސައިކަލެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި

ސޮލަރެލް އިން ފަށާފައިވާ މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕްރޮމޯޝަނގެ ޕޯސްޓަރު

ސޮލަރެލް އިން ފަށާފައިވާ މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕްރޮމޯޝަނގެ ޕޯސްޓަރު

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތާ ދިމާކޮށް "އަދަދު" އިން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ސޮލަރެލް އިންޝުއަރެންސްއާ ގުޅިގެން ގެންދާ ހަރަކާތުން ދެ ވަނަ ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސޮލަރެލް އިން ވަނީ "އަދަދު" އާ ގުޅިގެން ޕޯސްޓެއް ޝެއާކޮށްގެން އަގުބޮޑު ޖީއެން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުކުރު ދުވަހުން ފެށިގެން ހުޅުވާލާފަ އެވެ. ފުރަތަމަ ސައިކަލު ހޯދުމުގެ ފުރުސަތު "އަދަދު" ގެ ރަސްމީ ފޭސްބުކް ޕޭޖާއި ސޮލަރެލް އިންޝުއަރެންސްގެ ރަސްމީ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށް ފަހު، އެ ޕޯސްޓް ޝެއާކޮށްލުމުން ލިބޭނެ އެވެ.

އިތުރު ސައިކަލެއް ލިބުމުގެ ފުރުސަތު އޮތީ، ސޮލަރެލް އިންޝުއަރެންސް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ 'މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް' ޕްރޮމޯޝަންގައި މި އިންޝުއަރެންސް ޕޮލިސީ ގަންނަ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިޔަކަށެވެ.

މި ޕްރޮމޯޝަންގައި ހާއްސަ އަގުތަކެއްގައި އިންޝުއަރެންސް ޕޮލިސީ ނެގޭނެ އެވެ. އެގޮތުން 50،000ރ. އާ ހަމައަން އަގުކުރެވޭ ސައިކަލް ތަކަށް އަހަރަކަށް 300ރ. އަދި 50،000ރ. އިން ފެށިގެން 100،0000ރ. އާ ހަމަައަށް އަގު ކުރެވޭ ސައިކަލު ތަކަށް އަހަރަކަށް 600ރ. އަށް ފުލް އިންޝުއަރެންސް ލިބިގެންދާނެ އެވެ.

titledesc

ސޮލަރެލްގެ ސޭލްސް މެނޭޖަރު އާލިޔާ މުހައްމަދު ވިދާޅުވީ އަމިއްލަ ބޭނުމަށް ގެންގުޅޭ ސައިކަލު ނުވަތަ ކާރަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ގިނަ މީހުން ނުނަގަނީ ޕެކޭޖުގެ މައުލޫމާތު ނޭގޭތީ ކަމަށެވެ. އަދި ޕެކޭޖް ނެގުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ވެސް ކަސްޓަމަރުން މި އިންޝުއަރެންސް ޕެކޭޖް ނަގަން ފަސްޖެހޭކަން ވެސް އާލިޔާ ވިދާޅުވި އެވެ.

ސޮލަރެލް އިން މިހާރު ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނަކީ އަމިއްލަ ސައިކަލެއް ގެންގުޅޭ ކޮންމެ މީހަކަށްވެސް ފަސޭހައިން މި އިންޝުއަރެންސް ޕޮލިސީ ނެގޭނެ އިންތިޒާމުތަކާ އެކު އަގު ވަރަށް ބޮޑަށް ކުޑަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އާލިޔާ ވިދާޅުވި އެވެ.

ސޮލަރެލް އިން "އަދަދު" އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ހޯދުމުގެ ފުރުސަތުވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox