ސައުދީ އަރަބިއްޔާއާ ގާތްކޮށް އުޅޭތީ ހަޝޮގްޖީގެ ލޯބިވެރިޔާގެ ފާޑުކިޔުން އެމެރިކާއަށް

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް އޭނާގެ ޕޯސްޓަރެއް ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް އޭނާގެ ޕޯސްޓަރެއް ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 2) - ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ އަނިޔާވެރި ގޮތަކަށް މަރާލިތާ ތިން އަހަރު ފާއިތުވެ ދިޔައިރު ވެސް، ސައުދީ އަރަބިއްޔާއާ މެދު ފިޔަވަޅެއް އެޅިފައި ނުވާތީ އޭނާގެ ލޯބިވެރިޔާ އެމެރިކާ އަށް ފާޑުކިޔައިފި އެވެ.

ހަޝޮގްޖީ މަރާލިތާ ތިން އަހަރު ފުރުނީ ހުކުރު ދުވަހު އެވެ. އޭނާ މަރާލީ ލޯބިވެރިޔާ ހަތީސޭ ސެންގިޒްއާ ކައިވެނި ކުރަން ނިންމާފައި ވަނިކޮށެވެ. ހަޝޮގްޖީގެ ހަނދާނުގައި ހުކުރު ދުވަހު ވޮޝިންޓަނުގައި ހުންނަ ސައުދީ އެމްބަސީގެ ބޭރުގައި އެއްވުމެއް އޮތެވެ.

ތުރުކީގެ ރައްޔިތެއް ކަމަށްވާ ހަތީސޭ ވަނީ އެމެރިކާ އަށް ގޮސް އެ އެއްވުމުގައި ބައިވެރިވެފަ އެވެ. އޭގެ އިތުރުން އެމެރިކާގެ މަޖިލިސް ބާއްވާ ކެޕިޓޮލް އިމާރާތް ކައިރީގައި އޮތް އެއްވުމެއްގައި ވެސް އޭނާ ބައިވެރިވި އެވެ.

އެއްވުންތަކުގައި ވާހަކަދައްކަމުން ހަތީސޭ ކަންބޮޑުވުން ފާޅުކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފައި ވާތީ އެވެ. ހަޝޮގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީ އަހުދު ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ވަނީ ބުނެފަ އެވެ.

"ޖަވާބުދާރީ ކުރުވާނެ ކަމަށް ބައިޑެން ވައުދުވެވަޑައިގެންނެވީ މި ގޮތަށް ކަންކަން ކޮށްގެން ތޯ؟،" އެއްވުމުގައި ހަތީސޭ ބުންޏެވެ.

"[ސައުދީ ވަލީ އަހުދު] އެމްބީއެސް ވަނީ އަހަރެންގެ އަތުން ހަޝޮގްޖީ ނިގުޅައިގެންފައި. އޭނާ ޖަވާބުދާރީ ކުރުވާނީ ތޯ ނުވަތަ މި ޖަރީމާ ހިންގީ މުޖުރިމުންގެ އަގު ވަޒަން ކުރާނީ ތޯ؟،" އުމުރުން 36 އަހަރުގެ ސައުދީ ވަލީ އަހުދަށް ނިސްބަތް ކުރާ ވަނަން ބޭނުންކޮށްގެން އޭނާ ބުންޏެވެ.

ހަޝޮގްޖީ އަކީ އަމިއްލަ އަށް ގައުމުން އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން ދިޔަ ސައުދީ ނޫސްވެރިއެކެވެ. އޭނާ ވަނީ ސައުދީ ވަލީ އަހުދަށް ވަރަށް ބޮޑަށް ފާޑުކިޔައި ކޮލަމްތައް ދަ ވޮޝިންޓަން ޕޯސްޓު ނޫހުގައި ޝާއިއުކޮށްފަ އެވެ.

އޮކްޓޯބަރު 2، 2018 ގައި ހަޝޮގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންޒިއުލޭޓުގެ ތެރެއަށް ވަނީ ހަތީސޭ އާ ކައިވެނި ކުރަން ބޭނުންވާތީ އެކަމުގެ ލިޔެކިޔުންތައް ހުށަހެޅުމަށެވެ.

އެމެރިކާ އާއި ތުރުކީގެ އޮފިޝަލުން ބުނީ ކޮންޒިއުލޭޓު ތެރޭގައި އޭނާގެ އިންތިޒާރުގައި ތިބި ގްރޫޕަކުން، އޭނާގެ ކަރުގައި ހިފައި މަރާލުމަށް ފަހު، ހަށިގަނޑުގެ ގުނަވަންތައް ވަކިކުރި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް މިއަދާ ހަމައަށް ވެސް ފެނިފައެއް ނުވެ އެވެ.

އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ޓްރަމްޕް ބޭނުންވެވަޑައިގެންނެވީ ސައުދީ އަރަބިއްޔާ އިން އެމެރިކާގެ ހަތިޔާރު ގަންނާނެކަން ޔަގީން ކުރުމާއި އިރާނާ ދެކޮޅަށް އޮންނާނެކަން ޔަގީންކުރުމެވެ.

ނަމަވެސް އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ބައިޑެން ވައުދުވެވަޑައިގެންނެވީ ސައުދީ އަރަބިއްޔާއާ މެދު ހަރުކަށި ވާނެ ކަމަށެވެ. އެގޮތުން ޖާސޫސީ މައުލޫމާތު އާއްމު ކުރާނެ ކަމަށާއި ސައުދީ ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ސެކިއުރިޓީ އެޑްވައިޒަރު ސަލިވަން ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވީ ޔަމަނު ހަނގުރާމައިގެ މަޝްވަރާތައް ކުރުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox