ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރުގެ ކޮރަޕްޝަން ތަހުގީގު ފަށައިފި

ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ފޫ ޝެންގުއާ.

ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ފޫ ޝެންގުއާ.

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 2) - ޗައިނާ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ކެމްޕެއިނުގެ ދަށުން ކުރީގެ ޖަސްޓިސް މިނިސްޓަރުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް ޝީ ޖިންޕިން ކޮރަޕްޝަނާ ދެކޮޅަށް ހިންގަވާ ކެމްޕެއިނުގައި ކޮމިއުނިސްޓު ޕާޓީގެ ގިނަ އިސް އޮފިޝަލުންތަކެއްގެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާފައި ވެ އެވެ.

ނަމަވެސް ފާޑުކިޔާ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ކެމްޕެއިނުގެ އެންމެ ބޮޑު ބޭނުމަކީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޝީ ޖިންޕިންގެ ވާދަވެރިން ދުރަށް ޖެއްސުމެވެ.

ފޫ ޝެންގުއާ ވަނީ ޖަސްޓިސް މިނިސްޓަރު ކަމާއި ޕަބްލިކް ސެކިއުރިޓީ ބިޔުރޯގެ ވެރިޔާގެ އިތުރުން ވެސް ސަރުކާރުގެ މުހިއްމު މަގާމުތަކެއް ފުރުއްވާފަ އެވެ.

ކަމާ ބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ގުޅޭ ތަހުގީގެއް ފެށީ "ގާނޫނާއި ހިލާފުވެފައިވާ ސީރިއަސް" މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ކުރީގެ ސެކިއުރިޓީ ޗީފް ޒޫ ޔޮންގްކަންގް ޖަލަށް ލުމަށް ހިންގި ކޮރަޕްޝަން ތަހުގީގުގައި އެންމެ އިސްކޮށް އުޅުނީ ފޫ އެވެ.

ނަމަވެސް ކޮރަޕްޝަން ތަހުގީގު ކުރާ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަން (ސީސީޑީއައި) އިން މިހާރު ވަނީ ފޫ ގެ މައްސަލަ ވެސް ބަލަން ފަށާފަ އެވެ.

މި ވަގުތު ފޫ އަކީ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންޒަލްޓޭޓިވް ކޮންފެރެންސް (ސީޕީޕީސީސީ) ގެ ސޯޝަލް އަދި ލީގަލް އެފެއާޒް ކޮމިޓީގެ ޑެޕިއުޓީ ޑިރެކްޓަރެވެ.

އޭނާގެ މައްސަލަ ބަލަން ފެށިކަން ސީސީޑީއައި އިން އިއުލާނުކޮށްފައި ވާއިރު، ކުރީގެ ޑެޕިއުޓީ ޕަބްލިކް ސެކުއިރިޓީ މިނިސްޓަރު ސުން ލިޖުން ވަނީ ދާދި ފަހުން ކޮރަޕްޝަނާ ގުޅިގެން ޕާޓީން ވަކިކޮށްފަ އެވެ.

ޝީ ޖިންޕިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިނުގެ ދަށުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ އޮފިޝަލުންނާ މެދު ފިޔަވަޅު އަޅާފައި ވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ދުނިޔޭގެ އެންމެ ބޮޑެތި ރާ އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ކްވެއިޗޯ މޫޓައިގެ ކުރީގެ ވެރިޔާ ރިޝްވަތުގެ ގޮތުގައި 17 މިލިއަން ޑޮލަރު ނެގި ކަމަށް ސާބިތުވެ އުމުރަށް ޖަލަށް ހުކުމްކުރި އެވެ.

މިދިޔަ އަހަރު ޗައިނާގެ އިންޝުއަރެންސް ރެގިއުލޭޓަރީ އިދާރާގެ ކުރީގެ ވެރިޔާ ވެސް ރިޝްވަތު ނެގި ކަމަށް ސާބިތުވެ 11 އަހަރަށް ޖަލަށް ހުކުމްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox