ލަންކާ އަށް ޕްރެޝަރެއް ނެތަސް ގޮންޖެހުންތައް ވަރަށް ގިނަ: އަލަގިޗް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލަގިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލަގިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ސްރީ ލަންކާ އަށް މުބާރާތް ކާމިޔާބު ކުރަން ޖެހޭ ކަމަށް ބުނެ، އެ ފަދަ ޕްރެޝަރެއް ނެތް ކަމަށާއި އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ އެ ގައުމުގެ ފުޓްބޯޅަ އަށް މި ވަގުތު ހުރި ގޮންޖެހުންތައް ގިނަ ކަމަށް ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރު އަލަގިޗް ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލަގިޗް ވަނީ ލަންކާގެ އިތުރުން މި ސަރަހައްދުގެ ފުޓްބޯޅައިގައި ގޯސްކޮށް ހުރި ގިނަ ކަންތައްތަކަށް އަލި އަޅުވާލައި ވާހަކަ ދައްކައިފަ އެވެ.

މިއަދުން ފެށިގެން މި މަހު 16 އަށް ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލަންކާ އަށް ލިބުނީ ވަރަށް ކުޑަ ވަގުތެެކެވެ. އަަލަގިޗް، ނޫސްވެރިންގެ ބައްދަލުވުން ފެށީ ވެސް އެ ވާހަަކަތަކުންނެވެ.

"ލަންކާ އަށް ކޮވިޑްގެ ހާލަތު ވަރަށް ގޯސްކޮށް އޮތީ ޕޮޒިޓިވްވެގެން ބައެއް ކުޅުންތެރިންނަށް ނާދެވުނު. ސާފަކީ މި ފަހަރު ނޯވެދާނެހެން ހީވި މުބާރާތެއް. ކުއްލިއަކަށް ރާއްޖޭގައި ބާއްވާ ގޮތަށްވީ. އަހަރެމެން ތައްޔާރީތައް ފެށީ ސެޕްޓެމްބަރު 3 ގައި،" ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް ބުންޏެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ނިންމާލި ފަހުން ލަންކާ މިދިޔަ ތިން މަހު އޮތީ މެޗެއް ނުކުޅެ އެވެ. އަށް ވަރަކަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ސައުދީ އަރަބިއްޔާގައި ފުރިހަމަ ކުރި ލަންކާ އިން ފުރަތަމަ އުޅުނީ ޓްރެއިނިން އަށް ގަތަރަށް ދާށެވެ. އަދި ގަތަރުގައި ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެން މަޝްވަރާކުރި ނަމަވެސް އެ ގައުމަށް އެތެރެވާން ލަަންކާ އަށް ހުއްދަ ނުލިބި އެ މެޗު ވެސް ނުކުޅެވުނެވެ.

އަލަގިޗް ބުނީ ޓްރެއިނިން މެޗެއް ނެތި މުބާރާތަށް އައުމާއި ލަންކާ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު މިއީ ލަންކާ އިން ވަކި ބޮޑު ޓާގެޓެއްގެ ޕްރެޝަރާ އެކު ނުކުންނަ މުބާރާތެއް ނޫން ކަމަށެވެ.

"އަހަރެމެންނަށް އެއްވެސް ޕްރެޝަރެއް ނެތް. އެއީ ބައެއް ފަހަރު ފުޓްބޯޅައިގައި ރަނގަޅު މަގާމެއް ހުންނަން . މިއީ. މުބާރާތަކަށް އަންނައިރު ކޮންމެހެން އެ ކާމިޔާބުުރަން ޖެހޭ ކަމަށް ހަދައި އެއީ ލާޒިމް ކަމަކަށް ހެދުމުން އޭގެ ޕްރެޝަރު އޮވޭ. އަހަރެމެން ހަގީގަތުގައި އެ ޕްރެޝަރު ނެތި ޑިވެލޮޕްވެލަން މިއީ ފުރުސަތެއް،" އަލަގިޗް ބުންޏެވެ.

"ނަތީޖާއާ މެދު އަހަރެން މި މުބާރާތުގައި ހާހެއް ނުވާނަން. އެއީ އަހަރެން އައިއިރު ސަޕޯޓަރުންނަށް ޔަގީންކަން ދިނިން. އެއީ ފުރަތަމަ ކަމަކަށް ކުރަން އޮތީ ހުރި މައްސަލަތައް ހައްލުކުރުމޭ. މިހާރު މިދަނީ އެ މަރުހަލާގައި. މިހާރު މި އަޅަނީ ޕްރޮފެޝަނަލް ފައުންޑޭޝަނެއް،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލަގިޗް (ވ) އާއި ލަންކާގެ ކެޕްޓަން ސުޖަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަލަގިޗް ބުނީ ލަންކާ އަށް ނިސްބަތްވާ އެހެން ގައުމުތަކުގައި ތިބި އިތުރު ކުޅުންތެރިން ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވީ ބިއުރޯކްރަސީގެ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އެ ގޮތަށް ލަންކާ ޓީމާ ގުޅެން ހައެއް ނޫނީ ހަތް ވަރަކަށް ކުޅުންތެރިން އެބަތިއްބެވެ.

ކުރިން ސަރަހައްދުގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ލަންކާ ފުޓްބޯޅަ ފަހަކަށް އައިސް އޮތީ ބޮޑު އަޑިގަޑެއްގެ ތެރޭގަ އެވެ. އަލަގިޗް ބުނީ އޭނާ ދެކޭ ގޮތުގައި ލަންކާ ފުޓްބޯޅަ ހަމަ މަގަށް އަޅުގަން ދެެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ އެވެ. އެއީ މިދިޔަ 15 ވަރަކަށް އަހަރު އެ ގައުމުގެ ފުޓްބޯޅަ ގޮސްފައި އޮތީ ގޯސް މިސްރާބެއްގައި ކަމަށްވާތީ އެވެ.

"އަހަރެން އަމިއްލަ އަށް ކަމަކަށް އުއްމީދުުކުރާނަމަ ބުނާނީ 2026 ގެ ވޯލްޑް ކަޕަށް ދިއުމޭ އުއްމީދަކީ. އަހަންނަކީ ހެޑް ކޯޗުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު އެ ދެ ޒިންމާގައި ހުރެ މިއީ އަހަރެން ކުރާ އުއްމީދަކީ. މުބާރާތް ކާމިޔާބު ކުރެވުނަސް ހަގީގަތަކީ އަދި ފަސް ވަރަކަށް އަހަރު އެބަ ބޭނުންވޭ. ލަންކާ އޮތީ ރޭންކިން އަށް ބަލާއިރު މި ސަރަހައްދުގެ ފުލުގައި،" ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްގެން ހުރި އަލަގިޗް ބުންޏެވެ.

ފުރަތަމަ މެޗަށް ނުކުންނައިރު، ބަންގްލަދޭޝް އޮތީ ލަންކާ އަށް ވުރެ ރަނގަޅަށް ކަމަށް އަލަގިޗް ގަބޫލުކުރެ އެވެ. އަަލަގިޗް ބުނީ ނަތީޖާ ނެރެން ކުރާ މަސައްކަތުގައި ބަންގްލަދޭޝްގެ ދަށްކޮށް ހުރި ކަންތައްތައް ބަލައި އެ އަށް ފޯކަސް ކުރާނެ ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 10 ވަރަކަށް ދުވަސް ތެރޭ ހަތަރު މެޗު ކުޅެން ޖެހޭގޮތަށް އޮތުމާ އެކު ވެސް ލަންކާ އަށް އޮތް ޗެލެންްޖް ބޮޑެވެ. އެ ޗެލެންޖް ނަގައި ލީޑްކުރަން ތިބި ރަނގަޅު ކުޅުންތެރިން ލަންކާ ޓީމުގައި މަދެވެ.

"މިސާލަކަށް ސުޖަން ކަހަލަ ކުޅުންތެރިން މަދީ. ސުޖަން އަކީ ސައުތު އޭޝިއާގައި ވެސް އެންމެ މޮޅު އެއް ކީޕަރު،" ރާއްޖޭގެ އީގަލްސް އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ސުޖަންއާ ބެހޭގޮތުން އަލަގިޗް ބުންޏެވެ.

ސުޖަންގެ އިތުރުން ކޯޗު އަލަގިޗާއި ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް ވަނީ ރާއްޖޭގެ ތަޖުރިބާ ލިބިފަ އެވެ. އަލަގިޗް ވަނީ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދީފަ އެވެ. އަދި ޑަކްސަން އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ.

އަލަގިޗް ބުނީ ރާއްޖޭގައި މަސައްކަތް ކޮށްފައި ހުރުމުގެ ކޮންމެ ވެސް ފައިދާއެއް ހުރެދާނެ ކަމަށާއި އެކަމަކު، އެއީ ނަތީޖާތަކަށް އަސަރުކޮށްފާނެ ވަރުގެ ކަމެއްތޯ އެއީ ސުވާލެއް ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ސުޖަން ބުނީ ރާއްޖެ އަކީ އޭނާގެ ދެ ވަަނަ ގެ ކަމަށާއި މި ގައުމުގައި ހަ އަހަރު ވަންދެން ކުޅުނުއިރު، ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އެ ތަޖުރިބާގެ އަލީގައި ސުޖަން ހުރީ މި ފަހަރުގެ ސާފްގައި ގައުމަށް ކޮންމެ ވެސް ކަމެއް ހާސިލްކޮށްދިނުމުގެ އަޒުމުގަ އެވެ.

"ޔަގީނުން ވެސް އަހަރެމެން މި ތަނަށް އައީ ޗުއްޓީ އަކަށް ނޫން. އަހަރެމެން އައީ ފުޓްބޯޅަ ކުޅެން. ބަންގްލަދޭޝް މެޗަކީ އަހަަރެެމެންނަށް ފައިނަލެއް. ކޮންމެ މެޗަކީ ވެސް ފައިނަލެއް،" ސުޖަން ބުންޏެވެ.

ލަންކާ އާއި ބަންގްލަދޭޝް މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox