"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ރައީސް އަށް ހަދިޔާކޮށްފި

Sep 30, 2021, 12:48 PM
"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު (ކ-2) އަށް "އަދަދު" ގެ ސީއީއޯ ފިޔާޒް ހަދިޔާކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު (ކ-2) އަށް "އަދަދު" ގެ ސީއީއޯ ފިޔާޒް ހަދިޔާކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާލޭގައި މާދަމާ ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް "އަދަދު" އިން ތައްޔާރުކުރި ގައިޑް ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހަދިޔާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އޮތް ބައްދަލުވުމެއްގައި ރައީސް އަށް ގައިޑް ހަދިޔާކުރެއްވީ "އަދަދު" ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެއިން ފިޔާޒް މޫސާ އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅިވަރުގެ މިފަދަ ކަންކަމުގައި ޖޯޝް ގެނެސް، ރައްޔިތުން ޝައުގުވެރިކުރުވައި، ފޯރި ގެނައުމަށް މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ އެ މަގުސަދުގައި "އަދަދު" އިން މިފަދަ ގައިޑެއް ތައްޔާރުކުރީތީ ރައީސް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

"މި ފަދަ ފޮތްތަކަކީ، އޭގައި ހުންނަ މައުލޫމާތުތައް ތާރީހަށް ރައްކާތެރިކުރުމަށް ވެސް މުހިއްމު އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ފިޔާޒް ވިދާޅުވީ "އަދަދު" ގެ ކުޅިވަރު ޓީމުން ތައްޔާރުކުރި މިފޮތަކީ ކުޑަދުވަސްކޮޅެއްގެ ތެރޭ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ނެރުނު ފޮތެއް ކަމަށާއި ބޭނުންވީ އަމިއްލަ ގައުމުގައި މިފަދަ ބޮޑު މުބާރާތެއް ބާއްވާއިރު ކިޔުންތެރިންނަށް ހަދިޔާއެއް ދިނުން ކަމަށެވެ.

"މީގައި ހުންނާނެ އެންމެ ފަހުގެ މައުލޫމާތުތައް. އަދި ޝައުގުވެރި ލިޔުންތައް،" އޭނާ ވިދާޅުވި އެވެ.

"އަދަދު" އިން ވަނީ މި ގައިޑް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އާއި އެކްޓިން ސްޕޯޓްސް މިނިސްޓަރު އަހުމަދު މައުސޫމް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް ވެސް ހަދިޔާކޮށްފަ އެވެ.

ސަތޭކަ ސަފުހާގެ މި ގައިޑް ރަސްމީކޮށް ނެރެދެއްވީ އިއްޔެ މެންދުރުފަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރު "އަދަދު" އިން އެ މީޑިއާގެ ފުރަތަމަ ޕަބްލިކޭޝަނުގެ ގޮތުގައި މި ގައިޑް ނެރުނީ ސަޕޯޓަރުންނަށްދޭ ހަދިޔާއެއްގެ ގޮތުގަ އެވެ. އެގޮތުން ސްޕޮންސަރުންގެ ވަރަށް ބޮޑު އެހީއަކާ އެކު ނެރުނު މި ފޮތް ވިއްކުމުގެ ބަދަލުގައި ހަމަޖައްސަފާއިވަނީ ހިލޭ ބަހާށެވެ.

މި ގައިޑުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނެ އެވެ. އަދި ރާއްޖޭން ތަށި ހޯދި ދެ މުބާރާތް ކަމަށްވާ 2008 އާއި 2018 ގެ މުބާރާތާ ބެހޭ ވާހަކަތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އޭރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޓަވިއުތައް ހިމެނެ އެވެ. މީގެ އިތުރުން ވެސް މުބާރާތުގެ ތާރީހާއި މި އަހަރުގެ މުބާރާތާ ބެހޭ ޝައުގުވެރި ލިޔުންތައް ހިމެނެ އެވެ.

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު އަށް ހަދިޔާކުރަނީ. --ފޮޓޯ: ރައީސް އޮފީސް
"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު އަށް ހަދިޔާކުރަނީ. --ފޮޓޯ: ރައީސް އޮފީސް

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު އަށް ހަދިޔާކުރަނީ. --ފޮޓޯ: ރައީސް އޮފީސް

މި ގައިޑް ލިޔެފައިވަނީ "އަދަދު" ގެ އެސޯސިއޭޓް އެޑިޓަރ، ސްޕޯޓްސް، އައްޒާމް އަލިފުޅާއި "އަދަދު" ގެ މެނޭޖިން އެޑިޓަރ މުހައްމަދު ހަމްދޫން އަދި "ހަވީރު" ގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ ހަސަން ޝިފާން އެވެ. ފޮތުގެ ބްރޭންޑިން އާއި ލޭއައުޓް ހެދީ "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ.

މި ގައިޑަށް ދީފައިވާ ނަން ކަމަށްވާ "މަގޭ މަހަލްދީބް" އަކީ މުބާރާތުގެ ތެރޭގައި ސަޕޯޓަރުން ގެންގުޅޭނެ ޝިޔާރެވެ. ރާއްޖެއަށް އަވަށްޓެރި ގައުމުތަކުން ދީފައިވާ އެ ނަން، މި ފަހަރު ސަޕޯޓާސް ޗާންޓުގެ ގޮތުގައި ކަނޑައެޅީ މުބާރާތް މާކެޓްކޮށް ޕްރޮމޯޓްކުރާ ރާއްޖޭގެ އޭޖެންސީ، ނޯވާ އެސޯސިއޭޓްސް އިންނެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރުކަން "އަދަދު" އަށް ލިބުމާ އެކު އެ މީޑިއާ ވެފައިވަނީ 1993 ވަނަ އަހަރު ފެށި މި މުބާރާތުގެ މިފަދަ ރަސްމީ ހައިސިއްޔަތެއް ލިބުނު ރާއްޖޭގެ ފުރަތަމަ މީޑިއާ އަށެވެ. މިދިޔަ އޭޕްރިލް 3 ވަނަ ދުވަހު ވުޖޫދުވި "އަދަދު" އަކީ އެފްއޭއެމްގެ މީޑިއާ ޕާޓްނަރެއް ވެސް މެ އެވެ.

"އަދަދު" އިން އަންނަނީ މުބާރާތަށް ހާއްސަ ކަވަރޭޖެއް ގެނެސްދެމުންނެވެ. އަދި މުބާރާތް ފެށުމާ އެކު މެޗުތަކުގެ ހަބަރާއި ރިޕޯޓްތަކާއި ކުޅުންތެރިންނާއި ކޯޗުންގެ އިންޓަވިއުތައް ގެންނާނެ އެވެ. އޭގެ ތެރޭގައި މަލްޓިމީޑިއާ ކޮމްޕޯނަންޓް ވެސް ހިމެނޭނެ އެވެ. ކަވަރޭޖް ގެނެސްދޭނީ އެކަމަށްޓަކައި "އަދަދު" ގެ ވެބްސައިޓުގައި ގާއިމްކުރާ ހާއްސަ ސެކްޝަނެއްގަ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފެށުމަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާކް ގޯލްޑް ކަޕެވެ. މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބާއްވަން ފެށީ 1997 ވަނަ އަހަރު އެވެ. މިހާތަނަށް 12 ފަހަރު ބާއްވާފައިވާއިރު ރާއްޖޭން ވަނީ ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ކާމިޔާބު ގައުމަކީ ހަތް ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އެވެ. ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާ، މީގެ ތެރެއިން ކޮންމެ ގައުމަކުން ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"އަދަދު" ގެ ސާފް ޗެމްޕިއަންޝިޕް ގައިޑް ފޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ލަންކާއާ ގުޅިގެންނެވެ. މުބާރާތް ހުޅުވި މެޗު މާލޭގައި އޮތްއިރު ފައިނަލް ކުޅެ ރާއްޖެ ތަށި ނެގީ ކޮލަމްބޯގަ އެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox