ހަތްހާސް ކިލޯމީޓަރު ދުރުން އުދުއްސައިގަތް "ކުޑަ ވައްލަ"

އައިޝަތު ރިފާއީ ރަޝީދު (ރިފީ) އޭނާގެ ދެކުދިންނާއި އެކު.

އައިޝަތު ރިފާއީ ރަޝީދު (ރިފީ) އޭނާގެ ދެކުދިންނާއި އެކު.

އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ އައިޝަތު ރިފާއީ ރަޝީދު (ރިފީ) އަށް ދޮށީ ދަރިފުޅު އީސަ ލިބުމުން އެންމެ މުހިންމުވީ ރާއްޖެއާ ކިތަންމެ ދުރުގައި ހުރިނަމަވެސް ދިވެހި ތަރުބިއްޔަތެއް ދަރިފުޅަށް ދިނުމެވެ. ދިވެހިން ވާހަކަދައްކާނޭ މާ ގިނަ ފުރުސަތެއް ނުލިބުނަސް ދަރިފުޅަކީ ފުރިހަމައަށް އަދި ފަރިތަކަމާއި އެކު ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ ކުއްޖަކަށް ހެދުމެވެ.

އެ ބިންގަލުގެ މަތިން ބިނާކުރި ދިރިއުޅުމުގައި ކުރިއަށް އެޅި ފިޔަވަޅުތަކާއި އެކު އަހަރެމެންނަށް ދިއްކޮށްލީ އޮސްޓްރޭލިއާއިން އުފަންވެ ދިވެހި ބިމަށް ދަތުރު ކުރަމުންދާ "ކުޑަ ވައްލަ" އެވެ.

Advertisement
ކުޑަ ވައްލަގެ 'ތާނަ މުށި' ޕެކް--ފޮޓޯ: އިންސްޓަގްރާމް
ކުޑަ ވައްލަގެ 'ތާނަ މުށި' ޕެކް--ފޮޓޯ: އިންސްޓަގްރާމް

ކުޑަ ވައްލަގެ 'ތާނަ މުށި' ޕެކް--ފޮޓޯ: އިންސްޓަގްރާމް

ކުޑަކުދިންނަށް ހާއްސަ "ކުޑަ ވައްލަ" ޕޭޖަކީ ބަސް ދަސްކޮށްދިނުމުގައި އެހީތެރިވުމުގެ ގޮތުން ތަފާތު އެކި ޝައުގުވެރި ޕްރޮޑަކްޓް ތަކެއް ނެރެމުންދާ ޕޭޖެކެވެ. މި ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ރިފީ ވަނީ ދިވެއްސަށް ހާއްސަ "ތާނަ މުށި" ނަމަކަށް ކިޔާ ގޭމް ބޭސްޑް އެކްޓިވިޓީ ފޮށްޓަކާ އަދި އަރަބި ބަސް އުނގަންނައިދިނުމަށް "އަރަބިލެޓްސް" ނަމުގައި އަރަބިކް ރީޑިން ޓައިލްސް ތައާރަފް ކޮށްފަ އެވެ. ވިޔަފާރި އެއްގެގޮތުގައި މި މަސައްކަތް ފެށުނީ ރިފީ ފަދައިން ކުދިންނަށް ޝައުގުވެރި މާހައުލެއްގައި ބަސް ދަސްކޮށްދިނުމަށް އަތުކުރި އޮޅައިގެން ތިބި އާއިލާތަކަށް އެހީއެއް ވެދިނުމަށެވެ.

މެރިން ކޮންސަވޭޝަންގެ ދާއިރާއިން މިވަގުތު ޕީއެޗްޑީ ފުރިހަމަ ކުރަމުންދާ ރިފީ ބުނާގޮތުން އޭނާގެ ފުރަތަމަ ޕްރޮޑަކްޓް، ތާނަ މުށި ހަދަންޖެހުނީ ދަރިފުޅު އީސައަށް ދިވެހި ބަސް ދަސްކޮށްދިނުމަށް ގޭގައި ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިންނެވެ. ހޯމް ސްކޫލިން ކިޓްއަކުން އިންސްޕަޔާ ވެގެން އައި ހިޔާލެއްގެ މައްޗަށް ހެދި މި ޕެކްގައި އަކުރާ ފިއްޔާ ވަކިން ހުންނައިރު ތާނަ އަކުރުގެ ދެ ސެޓާއި، 11 ފިލީގެ ދެ ސެޓު ހިމެނެ އެވެ. އަކުރު ދަސްކުރުމާއި، ބަސް ހެދުމާ އަދި ކުދި ޖުމްލަ ވެސް މި ސެޓުން ހެދޭއިރު، ފޮށީގައި ދެން ހިމެނެނީ އެކި ގޭމްތައް ކުޅޭނެ ގޮތުގެ މެނުއަލް ކަރުދާހެކެވެ.

'ކުޑަ ވައްލަގެ އަރަބިލެޓްސް' -- ފޮޓޯ:އިންސްޓަގްރާމް
'ކުޑަ ވައްލަގެ އަރަބިލެޓްސް' -- ފޮޓޯ:އިންސްޓަގްރާމް

'ކުޑަ ވައްލަގެ އަރަބިލެޓްސް' -- ފޮޓޯ:އިންސްޓަގްރާމް

ހިތުދަސްކޮށްގެން ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚިޔާލު ދޫކޮށްލާ ކުދިން ހިތްޖައްސުވައިގެން ޝައުގުވެރި މާހައުލެއްގައި އަރަބި ބަސް އުނގަންނައިދިނުމުގެ މަގްސަދުގައި ރިފީ ދެން ތައްޔާރު ކުރި އަރަބިލެޓްސްގައި ހިމެނެނީ ޖުމްލަ 123 އަކުރު ޓައިލްސް އެވެ. ވަކިވަކި އަކުރާއި، ގުޅުވާ އަކުރު އަދި ކަލިމައިގެ ނިމޭކޮޅުގައި އަކުރު ހުންނަ ގޮތްވެސް ސެޓުގައި ހިމެނޭއިރު، ހަރަކާތާއި ތަޖުވީދުވެސް ހިމެނިފައިވާ 30 ތަޝްކީލު ޓައިލްސް އިން މި ސެޓް ފުރިހަމަކޮށްދެ އެވެ. މި ސެޓާއި އެކީގައިވެސް ހަތަރު ގޭމް އެއް ކުޅޭނެ ގޮތާއި ކީރިތި ގުރުއާނުގައި ހިމެނޭ އާންމު 128 ކަލިމައެއްވެސް ހިމެނިފައިވެ އެވެ.

ޕްރިމިއަމް ޕޭޕާ ބޭސްޑް މެޓީރިއަލް އަކުން ކުދިންނާއި ރަހުމަތްތެރި ގޮތަކަށް ފަރުމާ ކުރެވިފައިވާ މި ސެޓް ތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މީގެ ވާސަޓައިލް ކަން ނުވަތަ ކުރެވޭ ތަފާތު ބޭނުންތަކެވެ. ޑިޒައިނިންގެ އަކުރެއް ފިއްޔެއް ނޭނގޭ ރިފީ މިހުރިހާ ޕްރޮޑަކްޓެއްގެ ކޮންސެޕްޓްއިން ފެށިގެން ޕެކޭޖިންއާއި ހިސާބަށް ހުރިހާ ކަމެއްކުރީ ހަގު ދަރިފުޅު ލިބުމަށްފަހު ގޭގައި މަޑުކޮށްގެން ހުރި ދުވަސްވަރު އަމިއްލައަށް އެކި ސޮފްޓްވެއާތަކާއި ކުޅެ ދަސްކޮށްގެނެވެ.

ބޭރު ފަސްގަނޑަކަސް، ދިވެއްސަށް ލޯބިކުރާ ދިވެހި ގެއެއް

ސީއެޗްއެސްއީ އިން އޭލެވެލް ހެދުމަށްފަހު އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލްކުރި ރިފީ އާއި އޭނާގެ ފިރިމީހާ އެ ގައުމުގައި ދިރިއުޅެން ފެށީ ފިރިމީހާ އަށް ސްކޮލަޝިޕް ލިބުމާއެކު އޭގެ ތިން އަހަރު ފަހުން 2015 ގަ އެވެ. ޕީއެޗްޑީއަށް ފަހު ފިރިމީހާއަށް އެ ގައުމުން ވަޒީފާ ލިބުނުއިރު ދޮށީ ދަރިފުޅު އީސައަސް ހަތަރު އަހަރު ފުރއްިޖެ އެވެ. އަދި ކުޑަ ޒެއިދު އަށް އެއް އަހަރާއި އަށް މަސް ވެއްޖެ އެވެ. އިނގިރޭސި ވިލާތުގެ ސޭޖް ޕަބްލިކޭޝަންގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ރިފީ ޕާޓް ޓައިމް ވަޒީފާ އަދާކުރަމުންދާއިރު، ކިޔެވުމުގެ ކަންކަމާއި އެކު ކުދިވެރިންގެ ކަންކަން މެނޭޖުކުރަނީ ފިރިމީހާގެ އެހީއާ އެކުގައި ބަހާލައިންނެވެ.

ވަރަށް އޯގަނައިޒްޑް މަންމައެއްގެ ގޮތުގައި ރިފީ އޭނާ ސިފަކުރާއިރު، ދުވަހުގެ ކޮންމެ ކަމެއްވެސް އޮންނަނީ ވަކި ހާއްސަ ޝެޑިއުލެއްގެ ތެރެއިން ވަކި ގަޑިތަކަށް ބަހާލާފަ އެވެ.

ހެނދުނުގެ ސަޔަށްފަހު ކޮންމެ ދުވަހަކުވެސް އޮންނަނީ ގުރުއާން ކިޔެވުމެވެ. އެއަށްފަހު ހިސާބާއި، ލިޔުމާއި، ކިޔެވުމާއި ކްރާފްޓްގެ ތެރެއިން އެދުވަހު ކުރާނީ ކޮންކަމެއްތޯ ނިންމަނީ އީސަ އަމިއްލައަށް ކަމަށް ހިނިގަނޑަކާއެކު ރިފީ ބުންޏެވެ. އެއަށްފަހު ދެކުދިން އެކުގައި ކުޅުމަށް ދޫކޮށްލާއިރު، ކޮންމެ ދެ ދުވަހުން އެއްދުވަހަކީ ކައްކާ، މީލް ޕްރެޕް ކުރުމަށް ރިފީ ހޭދަކުރާ ވަގުތެކެވެ. އެއަށްފަހު އާއިލާ އެކުގައި ހަވީރުގެ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ފަހެއްޖެހުމުން އޮންނަނީ ރޭގަނޑުގެ ކެއުމެވެ. އަދި ހަތެއް ޖަހާއިރު ކުދިން ނިންދަވަ އެވެ.

ދީން އުނގަންނައިދިނުމަށާއި ތައުލީމަށް ހާއްސަ އަހަންމިއްޔަތުކަމެއް ރިފީ އަބަދުވެސް ދޭއިރު، އެނބުރި ރާއްޖެއާދެވޭ ދުވަހަކުން ދަރިންނަކީ ގައުމަށް ބީރަށްޓެހި ކުދިންނަށް ނުހެދުމަކީ ރިފީގެ އެންމެ ބޮޑު އަމާޒެވެ.

" ބޭނުމަކީ މާލެ ގޮއްސަ އެކުދިންނަކީ ބީރަށްޓެހި ބައެއްގޮތަށް ހީވިޔަ ނުދިނުން. މާމަމެންނާ އާއިލާގެ އެނޫންވެސް މީހުންނާ ވަރަށް ފަސޭހަކަމާއެކީ ވާހަކަ ދައްކަން އެނގުން. އަނެއްކާ އޭނައަކީ ދިވެއްސެއްކަން އެނގެންވާނެ އޭ އަބަދުވެސް ހިތުގައި އޮވޭ"

ސްކޫލް ދައުރުއްސުރެ ދިވެހި ބަހަށް ލޯބިކުރާ އަދި އަދަބީ ކަންކަމުގައި ނިކަން ފޯރިނަގާ އުޅުނު ރިފީގެ ދެމަފިރިން މިހާރުވެސް ވަގުތު ވީވަރަކުން ގޭގައި އެފަދަ ކަންކަމަށް ވަގުތު ހުސްކުރެ އެވެ. ކުދިންވެރިންނާއި އެކީވެސް ދިވެހި ބަހުން ނޫނީ ވާހަކަ ނުދެއްކުމަކީ ގަވާއިދެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނައިރު، ރިފީ ފަދައިން އޭނާގެ ދަރިންނަށްވެސް ދަސްކޮށްދެނީ މައިންބަފައިންނާއި އެނޫންވެސް ބޮޑެތި މީހުންނާ މާތް ބަހުން ވާހަކަ ދެއްކުމަށެވެ.

ތާނަ މުށި ކުޅެނީ ---
ތާނަ މުށި ކުޅެނީ ---

ތާނަ މުށި ކުޅެނީ --- ފޮޓޯ: ރިފީ

އޮސްޓްރޭލިއާގައި ހުރެ ރިފީ އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމާއި ޑެލިވަރީ ގެ މަސައްކަތް ރިފީގެ މައިންބަފައިން ބަލަހައްޓާއިރު އިންސްޓަގްރާމް ޕޭޖުންނާއި މާލޭގެ ގިނަ ބުކްޝޮޕްތަކާއި، އަތޮޅުތެރެ އަދި އޮސްޓްރޭލިއާގައިވެސް "ކުދި ވައްލަ" ގެ ޕްރޮޑަކްޓްސް ދަނީ ވިކެމުންނެވެ.

ކުޑަ ވައްލައަކީ މިއަދު ހަމައެކަނި ނަމެއް ނޫނެވެ. ރިފީ ބުނާގޮތުގައި ކުޑަ ނިސްބަތްވަނީ ކުޑަ ކުދިންނަށެވެ. އަދި އޭނާގެ ވައްލަތަކަކީ ލޮލުގެ ކޮއެ ފަދަ ލޯބިވާ ދެދަރިންނެވެ.

"ކުޑަ މާނައަކީ ކުޑަކުދިން. ވައްލަ އެއީ ދިވެހިރާއްޖެއަށް ވަރަށް ގިނައިން އައިސްއުޅޭ ހިޖުރަކުރާ ދޫންޏެއް. މާނައަކީ ރިފީގެ ކުދިންނަކީ ކުދިކުދި ދޫނިތަކެކޭ ރާއްޖެއާ ދުރުގައި ތިބި އެހެނަސް ކުޑަކުޑަ ވަގުތުކޮޅަކަށް ތިބި" ރިފީ ބުންޏެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox