ޕޫޓިން ވިދާޅުވީ ރަޝިއާ އާއި ތުރުކީ ކުރިއަށް ދަނީ ދޫދީގެން ކަމަށް

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން (ވ) އަދި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން (ވ) އަދި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (ސެޕްޓެމްބަރު 29) - ރަޝިއާ އާއި ތުރުކީ އަކީ އެއް ގައުމު އަނެއް ގައުމަށް ދޫދީގެން ކުރިއަށްދާ ދެ ގައުމު ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާ އާއި ތުރުކީއާ ދެމެދު ފަހަކަށް އައިސް ގިނަ ހިޔާލު ތަފާތުވުން ތަކެއް އުފެދިފައި ވާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި ދެ ގައުމުން ވާދަވެރި ދެ ފަޅިއަށް ތާއީދު ކުރުމެވެ.

"މަޝްވަރާ އަކީ ބައެއް ފަހަރު ވަރަށް އުނދަގޫ ކަމެއް. އެ ކަމަކު އެންމެ ފަހުން ނިކުންނަނީ ޕޮޒިޓިވް ނަތީޖާއެއް،" ބްލެކް ސީގެ ރިސޯޓު ސިޓީ ސޯޗީގައި ހުންނަ ގެކޮޅުގައި ހުންނެވި ޕޫޓިން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެ ގައުމުން ވެސް ދޫދީގެން ދެ ގައުމަށް ފައިދާ ހުރި ގޮތްތަކާ ހަމައަށް ދިޔުމަށް ދަސްކޮށްފައިވާ ކަމަށެވެ.

މި ވަގުތު ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރަޝިއާގައި ހުންނެވި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ ތުރުކީ އާއި ރަޝިއާ އިން ވަރުގަދަ ގުޅުމެއް ދެމެހެއްޓުމުގެ ފައިދާ ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށެވެ.

ޕޫޓިން އާއި އުރުދުގާން އަކީ ވަރަށް ގިނައިން ބައްދަލުކުރައްވާ ދެ ލީޑަރުންނެވެ. މިދިޔަ އަހަރު ތުރުކީ އާއި ރަޝިއާގެ މަސައްކަތުން ސީރިއާގެ ހުޅަނގު ދެކުނު އިދްލިބް ސަރަހައްދުގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ ހަމައަށް ދިޔަ އެވެ.

"ސީރިއާއާ ގުޅިގެން ރަޝިއާއާ އެކު އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް ވަރަށް މުހިއްމު. ސީރިއާގައި ސުލްހަގާއިމްވުން ބިނާވަނީ ތުރުކީ އާއި ރަޝިއާގެ ގުޅުން އޮންނަ ގޮތެއްގެ މައްޗަށް، އުރުދުގާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox