ކޮވިޑް ފަންޑުން 10 މިލިއަން ޑޮލަރު ވަގަށް ނެގި ހެލްތު މިނިސްޓަރު ހައްޔަރު ކުރަން ގޮވާލައިފި

ދެކުނު އެފްރިކާގެ ކުރީގެ ހެލްތު މިނިސްޓަރު.--

ދެކުނު އެފްރިކާގެ ކުރީގެ ހެލްތު މިނިސްޓަރު.--

ޖޮހަނެސްބާގް، ދެކުނު އެފްރިކާ (ސެޕްޓެމްބަރު 29) - ކޮވިޑު ފަންޑުން 10 މިލިއަން ޑޮލަރު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެކުނު އެފްރިކާގެ ކުރީގެ ހެލްތު މިނިސްޓަރާއި އިސް އޮފިޝަލަކު ހައްޔަރު ކުރަން ގޮވާލައިފި އެވެ.

ސްޕެޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެސްއައިޔޫ) އިން ނެރުނު ތަހުގީގީ ރިޕޯޓެއްގައި ބުނީ ޑިޖިޓަލް ވައިބްސް ކުންފުނިންޏާ ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނީ ކުރީގެ ހެލްތު މިނިސްޓަރު ޒްވެލީ މިކީޒޭ ކަމަށެވެ. ޑިޖިޓަލް ވައިބްސް އަކީ މިކީޒޭގެ ކުރީގެ ތަރުޖަމާނު އަދި ހާއްސަ އެސިސްޓެންޓު ހިންގާ ކުންފުންޏެކެވެ.

ބަލިމަޑުކަމުގައި ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ކަނޑައެޅި ފަންޑުން މިކީޒޭގެ ދަރިފުޅު، ޑެޑާނީ، ވަނީ ލޭންޑް ކްރޫޒާ އުޅަނދެއް ގަނެ، ގިނަ އަދަދެއްގެ ނަގުދު ފައިސާ އަތަށް ނަގާފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެސްއައިޔޫ އަކީ ގާނޫނު ތަންފީޒު ކުރަން ހާއްސަ މިނިވަން އެޖެންސީ އެކެވެ. އެ ތަނުން ކުރި ތަހުގީގަށް ފަހު ރިޕޯޓުގައި އިތުރަށް ބުނީ ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އެންޓޮން ޕިލޭ އަށް ވެސް ދައުވާ ކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށް ހުރި ސެންޑިލް ބުތެލެޒީ މަގާމުން ސަސްޕެންޑު ކުރީ މިދިޔަ ހަފުތާ ބަންދުގަ އެވެ.

އެ ރިޕޯޓުގައި ރައީސް ސިރިލް ރަމަފޯސާ އަށް ގޮވާލާފައި ވަނީ މިދިޔަ އޯގަސްޓު މަހު އިސްތިއުފާ ދެއްވި ކުރީގެ ހެލްތު މިނިސްޓަރު މިކީޒޭ އާއި އިތުރު ހަ އޮފިޝަލަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. އަޅަން އެދޭ ފިޔަވަޅުތަކާ ގުޅޭ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް އެސްއައިޔޫ އިން ބުންޏެވެ.

ފަންޑުން ވަގަށް ނެގި ފައިސާތައް ހޭދަކުރި ގޮތާ ގުޅޭ މާ ބޮޑު ތަފްސީލެއް ރިޕޯޓުގައި ނެތެވެ. ނަމަވެސް ދެކުނު އެފްރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ޑިޖިޓަލް ވައިބްސް ކުންފުނީގެ އިސް އޮފިޝަލަކު ވަނީ ކޮވިޑުގެ ދެ ވަނަ ރާޅުގެ ތެރޭގައި މުޅި އާއިލާ ގޮވައިގެން ތުރުކީގައި މަސްތަކަކަށް ދެމިގެން ދިޔަ ޗުއްޓީއެއް ހޭދަކޮށްފަ އެވެ.

އޭގެ އިތުރުން ލަގްޒަރީ މުދާ ގަންނަން ވެސް ފައިސާ ހޭދަކުރި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެ އެވެ. އެސްއައިޔޫ އިން ވަނީ ގެއްލުނު ފައިސާތައް އަނބުރާ ހޯދުމަށް ބައެއް ފިޔަވަޅުތައް އަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox