ދިވެހި ކެއުން: ހަށިގަނޑަށް ފައިދާހުރި ކެއުމަކަށް ބަދަލުކުރާނީ ކިހިނެއް؟

ދިވެހި ކެއުމުގެ ފޮޓޯއެއް. -- ފޮޓޯ: އިއްތި އައިޝަތު/ އިންސްޓަގްރާމް

ދިވެހި ކެއުމުގެ ފޮޓޯއެއް. -- ފޮޓޯ: އިއްތި އައިޝަތު/ އިންސްޓަގްރާމް

ހަނދާން ހުންނަން ފެށީއްސުރެ އެންމެ މީރުކޮށް ކާލެވޭ ކެއުމަކީ ބަތާއި ގަރުދިޔަ އެވެ. ލުނބޯހުތްކޮޅެއް ފެލާލައި، ފިހުނުމަސްކޮޅަކާ އެކު އެ ކާލާއިރު އެ ކުރެވޭ އަމިއްލަވަންތަ ފޮނި އިހުސާސެއް އެހެން އެއްވެސް ކެއުމަކުން ދިވެއްސަކަށް ލިބޭނެހެނެއް ހިޔެއް ނުވެ އެވެ. އެހެންނަމަވެސް ސިއްހަތަށް ބަލައިގެން އުޅެން ބޭނުންވާ މިފަދަ ޒަމާނެއްގައި މި ކެއުމަކީ ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް ހަމަ އެންމެ ރަނގަޅު "ޗޮއިސް" ބާވަ އެވެ؟

މި ސުވާލު އަހަރެމެން ކުރީ ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް އާ އެވެ. ގަރުދިޔައާއި ބަތާއި އެކަންޏެއް ނޫނެވެ. އާސިޔާ ގެ އެހީއާއި އެކި މި ކިޔާދެނީ އަހަރެމެންގެ މައިގަނޑު ކެއުންތައް ސިއްހަތަށް ފައިދާހުރި ދުޅަހެޔޮ ކެއުންތަކަށް ހަދާނެ ގޮތެވެ.

Advertisement

މާޅޮސްކޭލާއި ގަރުދިޔަ

ކާންވީ ގަޑިއާ މިންވަރު

ކޮންމެ ކެއުމެއް ކެއި ކަމުގައިވިޔަސް އެންމެ މުހިންމީ ގަޑިން ގަޑިއަށް ކެއުމެވެ. ކިތަންމެ ބުރަ އަދި ބިޒީ ދިރިއުޅުމެއް އުޅުނުކަމުގައިވިޔަސް، ހެނދުނުގެ ނާސްތާ އަށެއް ޖެހުމުގެ ކުރިން ނަގަންޖެހޭއިރު، މެންދުރުގެ ކެއުން އެންމެ ރަނގަޅަކީ 12 އާ ދޭ ކާއި ދެމެދު އެވެ. އެއަށްފަހު ރޭގަނޑުގެ ކެއުންވެސް އަށެއްގެ ކުރިން ނެގުމަށް އާސިޔާ އިލްތިމާސްކުރެ އެވެ.

އެއާއެކު އެމީހެއްގެ ހަށިގަނޑާއި އިސްކޮޅާއި އެކަށޭނަ މިންވަރަކަށް ކެއުމަކީވެސް ބަރުދަން ކޮންޓްރޯލްކޮށް ލޫޅާފަތިކޮށް ހުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.

"މިސާލަކަށް އެވްރެޖް އިސްކޮޅެއްގެ ގޮތުގައި ފަސް ފޫޓު ދެ އިންޗް ވަރު ހުންނަ މީހަކު ބަތާއި ގަރުދިޔަ ކާނަމަ އެންމެ ރަނގަޅީ ބަތް އަޅާ ސަމްސަލުގެ ގާތްގަނޑަކަށް ދޮޅު ސަމްސާ ކޮންމެ އިރަކަށް،" އާސިޔާ ބުންޏެވެ.

ހަމައެޔާއެކު އަލަ ކައްޓަލަ ނުވަތަ ބަނބުކެޔޮފަދަ ފަލަމަޑީގެ ބާވަތްތައް ބަތާއި އެކީގައި ކާނަމަ އެ ބައިވެސް ހިމަނަންވާނީ ކުރިން ބުނި ދޮޅު ސަމްސަލުގެ ތެރޭގަ އެވެ. ސަމްސަލުން ގުނުމަށް އުނދަގޫ ކަމަށްވާނަމަ އޭގެ ބަދަލުގައި 250 އެމްއެލް ގެ އެއް ޖޯޑުންވެސް މި މިންވަރު ހަމަ ކުރެވިދާނެ އެވެ.

ގަރުދިޔަ އާއި ބަތް

ގަރުދިޔައަކީ ކައްކަން ފަސޭހަ، ޖީބަށް ލުއިކޮށް ތައްޔާރު ކުރެވިދާނެ ބާވަތަކެވެ. ވީހާވެސް ދުޅަހެޔޮކޮށް ކެއުމުގެ ވައްޓަފާޅި ބަހައްޓަން ބޭނުންވާ ކަމުގައިވަނީ ނަމަ ގަރުދިޔަ ކެއްކުމުގައި ލޮނު އަޅާ މިންވަރު މަދު ކުރެވިދާނެ އެވެ. އަދި ހަމައެޔާއެކު، މާ ގިނައިރު ވަންދެން ކޮންމެހެން ނުކައްކާ މަސް ރޯފިލާ ވަރަށް އެކަނި ކެއްކުން ވަރަށް މުހިންމެވެ. ކަޅުބިލަ މަހާއި ފަރުމަސްތަކަކީ ހެލްތީ ފެޓްސް އިން މުއްސަނދި ބާވަތްތަކަށްވާއިރު މާ ގިނައިރު ވަންދެން ކައްކާނަމަ މި މާއްދާތައް އުނިވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ގަރުދިޔަ މަސް ނޫނީ ފިހުނު މަސް ކަމުގައިވިޔަސް ބައި އިންޗި ވަރު ބޯމިން ހުންނަ އަދި އެމީހެއްގެ އަތްތިލަވަރުގެ މަސް ފޮއްޗެއް ކޮންމެ ގަޑިއެއްގެ ކެއުމުގައި ހިމެނުމަކީ ކެއުމުގެ ވަޒަން ހެޔޮކޮށްދޭނޭ ކަމެކެވެ.

މީގެ އިތުރުން ތަރުކާރީގެ ބާވަތްތައް ކަމުގައިވާ ކެރެޓާއި، ކިއުކަމްބާ، ރޯ ޓޯމާޓޯ އަދި ފިޔާ، ލުނބޯ މިރުސް ފަދަ ބާވަތްތަކަކީ ވެސް ކެއުމުގެ ރަހަ ފުރިހަމަ ކޮށްދިނުމުގެ އިތުރުން ބަތްތަށި ދުޅަހެޔޮކުރުމަށްޓަކައި ކޮންމެހެންވެސް ހިމެނުން މުހިންމު ބާވަތްތަކެވެ.

ރިހާކުރު

ދިވެހި ކެއުންތަކުގައި ދެން އެންމެ ގިނައިން ހިމެނޭ އެކައްޗަކީ ރިހާކުރެވެ. ގިނަ ދުވަސްތަކަކަށް ގޭގައި ބެހެއްޓޭ އަދި ވަގުތު ނެތިގެން ނުކެއްކިގެން އުޅޭ ދުވަހަކަށްވެސް އެންމެ ފަސޭހައިން އަތުޖެހޭ ރިހާކުރަކީ ބަތާއި އެކީގައި އަދި ހުނި ރޮށްޓާ ޖައްސައިންވެސް ހަމަ އެހާމެ މީރު ކެއުމެކެވެ.

އެހެން ނަމަވެސް މިއީ އާސިޔާ ބުނާގޮތުން އެންމެ "އައިޑިއަލް" ކެއުމެއް ނޫނެވެ. ރިހާކުރަކީ ގާތްގަނޑަކަށް 50 އިންސައްތަ ލޮނު ކަމަށް އާސިޔާ ބުނިއިރު މިކަމާއި ބެހޭ ވަރަށް ތަފްސީލީ ދިރާސާއެއް 2010 ވަނަ އަހަރު ޑރ. އާއިޝަތު ނާއިލާ ވަނީ ކުރައްވައިފަ އެވެ. ލޮނަކީ ހަށިގަނޑަށް ވަކި މިންވަރަކަށް ބޭނުންވާ އެއްޗެއް ކަމުގައިވިޔަސް އެ މިންވަރަށްވުރެ އިތުރުވުމުން ކިޑްނީއަށް ލޯޑު ބޮޑުވެ އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހިވެ އެވެ.

އެހެންކަމުން އާސިޔާގެ ހިޔާލަކީ މާ ބޮޑަށް ކާހިތްވާ ކަމުގައިވާނަމަ މަހަކު އެއްފަހަރު ވަރު ރިހާކުރު ވަރަށް މަދުން އަޅައިގެން ބަތާއި އެކީގައި ކެއުމެވެ. އަދި ގަރުދިޔައެކޭ އެއްފަދައިން ރިހާކުރު ކާއިރުވެސް ތަފާތު ތަރުކާރީގެ ބާވަތްތަކާއި މަސް ގިނައިން ބޭނުންކުރަން ސަމާލުކަން ދޭން އޭނާ ލަފާދެ އެވެ.

ހަވާދު ރިހަތައް

ގޭސް ގެ މައްސަލަ އާންމުކޮށް ދިމާވާނަމަ ވީހާވެސް ބޮޑަށް ހަވާދުގެ ބާވަތްތަކާއި ދުރުހެލިވުން ރަނގަޅެވެ. އެނޫންނަމަ ހަވާދަކީ އޭގެ ރަނގަޅު މިންވަރުގައި ބޭނުންކޮށްފިނަމަ ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. މިގޮތުން، ހަވާދަކީ ހަށިގަނޑުގައި ލޮނާއި ދެކޮޅަށް މަސައްކަތް ކޮށް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ ބާވަތެކެވެ.

މީގެ އިތުރުންވެސް ހަވާދުން ތައްޔާރުކުރާ މަސް ރިހައާ ކުކުޅު ރިހަ ފަދަ ބާވަތްތައް ތައްޔާރު ކުރާނަމަ އޭގެ ތެރެއަށް ކެރެޓު، ބަރަބޯ، ބަށި ފަދަ ތަރުކާރީތައް އިތުރު ކުރެވިދާނެ އެވެ. ނަމަވެސް ރިހަ އަށް އަލުވި އަޅާނަމަ އަނެއްކާވެސް ބަތް ނުވަތަ ރޮށީގެ އަދަދު މަދުކޮށްލަން ވާނެ އެވެ.

މުގުރިހައާ ބަތް.

މުގުރިހަ

ފައިބާއާ ޕޮޓޭސިއަމް ފަދަ މާއްދާތަކުން މުއްސަނދި މުގު ބޭނުންކޮށްގެން ރިހަ ތައްޔާރުކުރާއިރު ސަމާލުކަންދޭން ޖެހޭ އެންމެ މުހިންމު ކަމަކީ ކާށި ކިރު ބޭނުންކުރާ މިންވަރެވެ. ކޮންމެ ކަހަލަ ރިހައެއް ތައްޔާރު ކުރުމުގައިވެސް އެންމެ ރަނގަޅީ ކާށި ކިރު ބޭނުން ނުކުރުމެވެ. ނަމަވެސް ރަހަ ނުބައިވެ ނުކެވޭނަމަ ކާށިކިރު ވީހާވެސް ފެންކޮށް ނެގުން އެދެވިގެންވެ އެވެ. އަދި ޕެކެޓުކޮށްފައި ހުންނަ ތައްޔާރީ ކާށި ކިރާއި ކްރީމަށްވުރެ ދުޅަހެޔޮވާނީ ހުނިގާނައިން ތާޒާކަންމަތީ ގޭގައި ފެލައިގެން ނަގާ ކިރެވެ.

މީގެ އިތުރުން މުގު ރިހައިގެ ތެރެއަށް ގޯބިލި، ބިލިމަގު ނުވަތަ ހުތް އަނބު ފަދަ ވިޓަމިން ސީ އިން މުއްސަނދި ބާވަތްތައް އެޅުމުން މުގުގައި ހުންނަ ދަގަނޑުގައި ބައި ހަށިގަނޑަށް ނަގައިދޭން ބޮޑު އެހީއަކަށް ވާނެ އެވެ.

" ބަށި ފަދަ ބާވަތްތައް ކުޑަ އޮއިސްޓާ ސޯސް ކޮޅެއް ހޭކުމަށްފަހު އޮލިވް އޮއިލް ކޮޅެއްގައި، ތަވާ މަތީ މަތި ޖެހުމަށްފަހު ތައްޔާރު ކޮށްލުމުންވެސް ވަރަށް މީރުވާނެ،"

ލައިގެން ކާ އެއްޗެއްގެ ގޮތުގައި މަސް ދަޅަކީވެސް މިހާރު ބަތާއި އެކީގައި އާންމުކޮށް ބޭނުންކުރާ އެއްޗަކަށްވާއިރު މިއީވެސް ގޯސް ކެއުމެއް ނޫންކަމުގައި އާސިޔާ ބުނެ އެވެ. ހާއްސަކޮށް ކާންޖެހޭ ގަޑީގައި ނުކައި ހުރުމަށްވުރެ ނުވަތަ ކޫސަނި ތައްޔާރީ ކާނާ ކެއުމަށްވުރެ މިއީވެސް މާ ރަނގަޅު ކެއުމެކެވެ. އާސިޔާގެ ތަޖުރިބާގައި ފެނުގައި ހުންނަ މަހަށްވުރެ ބޮޑަށް ރަނގަޅީ ތެޔޮ މަސްދަޅުގައި ހުންނަ މަސްތަކުން ތެޔޮ ލުހެލާފައި ކެއުމެވެ.

ތެލުލި ފަތަށް ހަމަ ހޯހޯ!

އެއްބަޔަކަށް ތެލުލި ފަތަކީ ކޮންމެ ގަޑިއެއްގެ ކޮންމެ ކެއުމަކާ އެކު ވެސް ނަގާ އެއްޗެކެވެ. އެހެން ނަމަވެސް ޑައިޓީޝަނުން ބުނާގޮތުން މިއީހަމަ އެއްވެސް ވަރަކަށް ގާތްވުން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. މުރަނގަފަތުގެ އެއް ޖޯޑުގައި ކިރިޔާ ފަސް ކެލެރީ ހަމަވާއިރު ތެލުލި މުރަނގަފަތުގެ އެއް ޖޯޑުގައި 100 ކެލަރީ އަށް ވުރެ އިތުރަށް ހިމެނެ އެވެ. މިއީ ހަށިގަނޑުގައި ސަރުބީ ޖަހަން ދެވޭ ދައުވަތެކެވެ. ފަތް ތެއްލައިގެން ލިބޭ ވަކި މާ ބޮޑު ފައިދާ އެއްވެސް ނެތެވެ.

ދުޅަހެޔޮކޮށް ކެއުމަކީ ކޮންމެފަހަރަކު ބޮޑު ހަރަދުކޮށްގެން، ނެތް ފެންވަރަކުން ކުރަންޖެހޭ ކަމެއް ނޫނެވެ. އާންމުކޮށް ކައިއުޅޭ ބާވަތްތަކުންވެސް ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ފުރިހަމައަށް ލިބޭނޭހެން ކެއުން ބަދަލުކުރެވިދާނެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox