މުއްދަތު ހަމަވެފައިވާ އައިޑީ، ޕާސްޕޯޓުގައި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރެވޭ ގޮތް ހަދައިފި

މަންޓާ އެއާގެ ފްލައިޓެއް ބ. ދަރަވަންދޫގައި: އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި ބަދަލު ގެނައި ލިޔެކިޔުން އާކުރަން ދަތިވާތީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މަންޓާ އެއާގެ ފްލައިޓެއް ބ. ދަރަވަންދޫގައި: އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި ބަދަލު ގެނައި ލިޔެކިޔުން އާކުރަން ދަތިވާތީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ލިޔެކިޔުން ހޯދަން ދަތިވެ ބައެއް މީހުންނަށް ދަތުރުނުކުރެވޭތީ, މުއްދަތު ހަމަވެފައިވާ ރަސްމީ ލިޔެކިޔުންތައް މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިފެންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި ގެނައި ބަދަލާ ގުޅިގެން ބުނީ، ކޮވިޑުގެ ހާލަތުގެ ސަބަބުން އައިޑެންޓިފިކޭޝަނުގެ ގޮތުގައި ބޭނުންކުރާ ލިޔެކިޔުން ހޯދުމުގައި ދަތިތައް މެދުވެރިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިކަން ހައްލުކުރުމުގެ ގޮތުން އޭވިއޭޝަން އެޑްމިނިސްޓްްރޭޝަނުން ވަނީ މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތަކުގައި ހުރި މައުލޫމާތު ސާފުކޮށް އެނގޭނަމަ، އެތެރޭގެ ވައިގެ ދަތުރުތަކުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ.

އަދި މި އުސޫލަށް އަމަލުކުރުމަށް އެއާޕޯޓް އޮޕަރޭޓަރުންނަށާއި، އެއާލަންތަކަށާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވަނީ އަންގާފަ އެވެ.

މިގޮތުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް ފަސޭހަތަކެއް ވަނީ ލިބިފަ އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ލިޔެކިޔުން

  • ޕާސްޕޯޓް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ވާކް ވީސާ ކާޑް
  • ލައިސަންސް ކާޑް
  • އެއާޕޯޓް ސެކިއުރިޓީ ޕާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރު ޖެހި ރަސްމީ ލިޔުމެއް

މިއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ނަމަވެސް، މި އުސޫލަށް އަމަލުކުރާނީ ކިހާ މުއްދަތަކަށް ކަމެއް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ހަމައެކަނި ބުނީ އެ ނޫން ގޮތަކަށް އަންގަން ދެން މިހާރު ގެނައި ބަދަލުތަކަށް އަމަލު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox