އާތިފް ޝުކޫރުގެ ވަކީލަކަށް ކުރީގެ އެސިސްޓެންޓް ޕީޖީ ދާތީ ދައުލަތުން އިއުތިރާޒުކޮށްފި

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން --

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން --

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ދައުވާއެއް އުފުލާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ ވަކީލެއްގެ ގޮތުގައި ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ އައްޔަންވެފައިވާތީ, ދައުލަތުން އިއުތިރާޒުކޮށްފި އެވެ.

އާތިފް ޝަކޫރުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް, އެ މައްސަލައިގައި އެސްއޯއެފްއަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް ބުނެ އެވެ.

Advertisement

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް އާތިފްގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި އައިޝަތު ފަޒުނާ އެވެ. އަދި, އޭގެއިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތަކީ ވެސް އާތިފްގެ ވަކީލެކެވެ.

އަޑުއެހުން ފެށުމާއެކު, ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް, އިޖުރާއީ ނުކުތާއެއް ނަންގަވައި, މި މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވާން ފަޒުނާއަށް ފުރުސަތު ދިނުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ސަބަބެއް ކަމަށް ވަކީލް ވިދާޅުވީ އާތިފްގެ މައްސަލަ 2016 ވަނަ އަހަރު ތަހުގީގު ކުރަން ފަށައި, 2017 ވަނަ އަހަރުން ފެށިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ މަޝްވަރާ ކުރަމުން ގޮސްފައިވާތީ އެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި އޭރު ފަޒުނާ ހުންނެވިއިރު, އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. އެހެންވެ, މި މައްސަލައިގައި ދިފާއީ ވަކީލަކަށް ފަޒުނާއަށް ބައިވެރިވެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި, ވަކީލަކު މަސައްކަތްކުރި އިދާރާއެއް ނުވަތަ މުއައްސަސާއަކުން ވަކިވުމުގެ ކުރިން އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅި ނުވަތަ މަޝްވަރާކޮށްފައިވާ މައްސަލައެއްނަމަ އެފަދަ މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ އެވެ.

ނަމަވެސް, އާޒިމާ އެކަމަށް ރައްދު ދެއްވައި ވާހަކަ ދެއްކެވި އެވެ.

އާޒިމާ ވިދާޅުވީ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްފައިވަނީ 2020 ވަނަ އަހަރު ކަމުން, ފަޒުނާއަށް މައްސަލާގައި ބައިވެރިނުވެވޭންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. ނަމަވެސް, ދައުލަތުން ވަނީ މައްސަލައިގެ ތަހުގީގު 2016 އިން ފެށިގެން ކުރިއަށްދާ ކަމަށް ބުނެ ރައްދު ދީފަ އެވެ.

ދެން އާޒިމާ ވިދާޅުވީ, އެމީހަކު ބޭނުންވާ ވަކީލަކު އައްޔަން ކުރުމަކީ އަސާސީ ހައްގަކަށްވާއިރު, ފަޒުނާއަށް ބައިވެރިނުވެވޭ އަސާސް ދައުލަތުން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން, މަޝްވަރާތަކުގައި ފަޒުނާ ބައިވެރިވިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެހެންވެ, ދައުލަތުން ވަނީ އެކަމުގައި މަޝްވަރާ ކުރެވުނު ނޯޓްސްތައް ޝަރީއަތަށް ހުށަހަޅަން ނިންމާފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ނޯޓްސްތަކަށް ރިއާޔަތްކޮށް, ފަޒުނާ ވަކީލެއްގެ ގޮތުގައި އައްޔަންވުމާމެދު ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ، ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.

މީގެކުރިން ވެސް ފަޒުނާ އާއި ނިޔާހަތު, މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ދިޔުމުން ދައުލަތުން އިއުތިރާޒުކޮށްފައި ވެ އެވެ. އެއީ, 2006 ވަނަ ގއ. މާމެންދޫގައި މުހައްމަދު ޝިހާބު ކިޔާ މީހެއްގެ ގައިގާ ލަކުޑިބުރިތަކަކުން ހަތަރު މީހަކު ވެގެން ތަޅައި މަރާމާރީ ހިންގުމުގެ ސަބަބުން ޝިހާބު މަރުވި ހާދިސާއާ ގުޅޭ މައްސަލައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox