ސާފަށް ގައުމީ ސްކޮޑު އެއްކޮށް ފައިނަލް ކުރާނީ ދެ ކުޅުންތެރިންގެ އަނިޔާ އަށް ބަލާފައި

Sep 28, 2021, 8:21 AM
ގަތަރު ޓްރެއިނިން ކޭމްޕްގައި އަނިޔާވި ނާއިމް (ކ) އާއި ޗުމްޕު: ސްކޮޑު 23 ކުޅުންތެރިންނަށް ފައިނަލް ކުރާނީ މި ދެ ކުޅުންތެރިންގެ އަނިޔާ އަށް ބަލާފައި. -- ފޮޓޯ: އެފްއޭއެމް

ގަތަރު ޓްރެއިނިން ކޭމްޕްގައި އަނިޔާވި ނާއިމް (ކ) އާއި ޗުމްޕު: ސްކޮޑު 23 ކުޅުންތެރިންނަށް ފައިނަލް ކުރާނީ މި ދެ ކުޅުންތެރިންގެ އަނިޔާ އަށް ބަލާފައި. -- ފޮޓޯ: އެފްއޭއެމް

އަންނަ ހުކުރު ދުވަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ސްކޮޑު އެއްކޮށް ފައިނަލް ކުރާނީ މުހައްމަދު ނާއިމް އާއި އަލީ ހައިޝަމް (ޗުމްޕު)ގެ އަނިޔާގެ ކަންތައްތައް ރަނގަޅަށް ބެލުމަށް ފަހު ކަމަށް ސާފް ޗެމްޕިއަންޝިޕަށް ހަމަޖައްސާފައިވާ ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ޗުމްޕު އަށް އަނިޔާވެފައިވަނީ މި މަހު 21 ވަނަ ދުވަހު ގަތަރުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވި މެޗުގަ އެވެ. ޗުމްޕު ވަނީ އެ މެޗުގައި ދެ ގޯލު ޖަހައި ޕެނަލްޓީއެއް ހޯދައިދީފަ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި ޗުމްޕުގެ އަނިޔާވީ އުކުޅު ވަޅަށެވެ. ނާއިމަށް އަނިޔާވީ ހޮނިހިރު ދުވަހުގެރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. ނާއިމްގެ ފަޔަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ކުޅެން އެރިތާ މާގިނައިރެއް ނުވެ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލިިއިރު، ގައުމީ ޓީމުން ސްކޮޑު 24 ކުޅުންތެރިންނަށް ކުޑަ ކުރި އެވެ. އެ 24 ކުޅުންތެރިންގެ ތެރޭގައި ނާއިމާއި ޗުމްޕު ހިމެނެ އެވެ.

ގައުމީ ޓީމުގެ ކޯޗު ސުޒޭން ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މުބާރާތަށް 23 ކުޅުންތެރިން ފައިނަލް ވެގެންދާނެ ކަމަށާއި އެހާތަނަށް ނާއިމާއި ޗުމްޕުގެ އަނިޔާގެ ކަންތައްތައް ބަލަން ކުރަން ޖެހޭ ކަންތައްތައް ނިމޭނެ ކަމަށެވެ.

ގަައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު އިއްޔެ ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. ސާފް ޗެމްޕިއަންޝިޕް މެޗުތަކަށް ގައުމީ ޓީމު ކޭމްޕް ޖެހީ ހޮޓެލް ޖެންގަ އެވެ.

މި ފަހަރުގެ މުބާރާތް ރޭވިފައި އޮތީ ފަސް ގައުމުގެ މެދުގައި ފުރަތަަމަ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox