އާ އިންފޮމޭޝަން ކޮމިޝަނަރު: "ގޮންޖެހުން ގިނަ އެކަމަކު ހައްލު އެބައޮތް"

އިންފޮމޭޝަން ކޮމިޝަނަރު އާހިދު "އަދަދު" އަށް އިންޓަވިއުދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު "އަދަދު" އަށް އިންޓަވިއުދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިންފޮމޭޝަން ކޮމިޝަނަރެއް ނެތި ދިޔަ ފަސް މަސް ދުވަހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ރަނގަޅަށް ތަންފީޒު ނުވެ ދިޔަ ދުވަސްތަކެކެވެ. އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވިތާ ފަސް ވަރަކަށް މަސް ދުވަސް ފަހުން އިންފޮމޭޝަން ކޮމިޝަނަރަކަށް އަހުމަދު އާހިދު ރަޝީދު މިމަހު ހަތް ވަނަ ދުވަހު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ތެދު މައުލޫމާތުގެ ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު އާހިދު ގަބޫލު ކުރައްވާގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ހައްގެކެވެ. އެއްވެސް ސިފައެއްގައި އެކަމަށް ހުރަސް އެޅިގެން ނުވާނެ އެވެ. ނަމަވެސް މައުލޫމާތު ހޯދާ ލިބިތަގުމުގެ ގާނޫނެއް ހަދައި ތަންފީޒު ކުރަން ފެށިތާ ހަތް އަހަރުވީއިރު އެންމެ ބޭނުންވާ ހިސާބަށް އަދިވެސް ނުދާ ކަމަށް ދާދިފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި އާހިދު ވިދާޅުވި އެވެ. އެ ވިދާޅުވަނީ މައުލޫމާތު ހޯދުމަށް އަދިވެސް ގޮންޖެހުންތައް ހުރުމެވެ.

"މައުލޫމާތަކަށް އެދިގެން އެއް ފަހަރު ނުލިބިގެން އަނެއްކާ އިސްތިއުނާފުކޮށްގެން ނޫނީ މުރާޖާ ކުރަން ލައިގެން އަނެއްކާ އެތަނުން ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލައިގެން އެތަނުން އަނެއްކާވެސް ގޮތެއް ނުވެގެން ކޯޓާ ހަމައަށް ގޮސްގެން ހަތް މަހެއް އަށް މަހެއް ނުވަތަ އަހަރެއް ފަހުން އެ މައުލޫމާތު ލިބުނީމަކާ ހަގީގަތުގައި އެއީ އެ މައުލޫމާތު ލިބުނީ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޓްރާންސްޕޭރަންސީގައި ކުރިން މަސައްކަތް ކުރެއްވި އާހިދު ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބަ ބުނޭ ވަރަށް ބޮޑު ހަރަދެއް ކޮށްގެނޭ އެ މައުލޫމާތު ހޯދީ. އެހެން ވީމައި ނުދެވޭނޭ. އެކަމަކު އެ ހަރަދެއް އެ ކުރީވެސް ރައްޔިތުންނަށް ޓަކައިތާ."

މައުލޫމާތަށް އެދުމުން އެ ހާމަ ނުކުރެވޭނެ ސަބަބެއް ކަމަށް އެންމެ ގިނައިން ބުނަނީ ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އޭގައި ހިމެނޭތީ ކަމަށް ބުނެ އެވެ. އާހިދު ވިދާޅުވުވާގޮތުގައި ޑޮކިއުމެންޓެއްގެ ވަކި ހިސާބެއްގައި މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ މުޅި ޑޮކިއުމެންޓް ނުދީ ނުހިފެހެއްޓޭނެ އެވެ.

"ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ވަންޏާ އެ މައުލޫމާތެއް އޭގެން ނުފެންނަ ގޮތެއް ހަދާފައި އެ ޑޮކިއުމެންޓެއް ދޭން ޖެހޭ. މިއީކީ މައުލޫމާތު ނުދީ ހިފެހެއްޓޭން އެސްކިއުޒެއް ނޫން،" އާހިދު ވިދާޅުވި އެވެ.

އާހިދު ގަބޫލު ކުރައްވާގޮތުގައި ދައުލަތުގެ އިދާރާތަކުން ހަމައެކަނި މައުލޫމާތު ހާމަ ކުރަން ޖެހޭނީ އެކަމަށް އެދުނީމައެއް ނޫނެވެ. އެ އިދާރާތަކުން އިސްވެ ވެސް މައުލޫމާތު ހާމަ ކުރަން ޖެހެ އެވެ. އަދި ތަފާތު ޑޭޓާތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އާހިދު ބޭނުންވެ އެވެ. އެ ސަގާފަތް އެކުލަވާލެއްވުމަކީ އާހިދު އިސްކަން ދެއްވާނެ ކަމެކެވެ.

"ޑޭޓާ ކްލެފިކޭޝަން އަކީ ކުރަން ވެފައި ލަސްވެފައި އޮތް ކަމެއް. މި ބުނީ ކޮން ފަންތިއެއްގައި ކޮން ގިންތިއެއްގައި ހުރި ޑޭޓާ ތަކެއްތޯ އެޑިޓަބަލް ފޯމެޓްގައި ދޭން ޖެހޭނީ. ކޮން ޑޭޓާތަކެއްތޯ އަހަރަކު ދެ ފަހަރު މަދުވެގެން އަޕްޑޭޓް ކުރަން ޖެހޭނީ. ނޫނިއްޔާ ކުއާޓަލީކޮށް އަޕްޑޭޓް ކުރަން ޖެހޭނީ. ކޮން ޑޭޓާއެއްތޯ އަހަރެއްގެ ތެރޭގައި އަޕްޑޭޓް ކުރަން ޖެހޭނީ. މިލެވަލްއަށް އެބަޖެހޭ ކްލެސިފައި ކުރުމަށް ފަހު ދައުލަތުގެ ހުރިހާ އިދާރާއަކަށް ވެސް އަންގަން،" އާހިދު ވިދާޅުވި އެވެ.

މައުލޫމާތު އެދެވޭގޮތް ފަސޭހަ ކޮށްލަނީ

މިހާރު މައުލޫމާތު ހޯދަން ޖެހެނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނުވަތަ އެ އިދާރާއަކުން ކަނޑައަޅާފައިވާ ފޯމެއް ފުރައިގެންނެވެ. އެ ގޮތަށް ފޯމް ފުރުމުގެ ބަދަލުގައި އޮންލައިންކޮށް މައުލޫމާތަށް އެދެވޭ ޕޯޓަލްއެއްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ ކޮންމެ އިދާރާއަކަށް ވެސް މައުލޫމާތު ހޯދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރަށް ޖަވާބު ދެވެ އެވެ. އަދި ދޭ ޖަވާބު ހިތްހަމަ ނުޖެހޭނަމަ މުރާޖާ ކޮމެޓީއަށް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާލެވެ އެވެ.

އާހިދު ވިދާޅުވިގޮތުގައި އެ ޕޯޓަލްގެ ޑިވެލޮޕްމެންޓް ބައި މިހާރު ވަނީ ނިމުމަކާ ގާތަށް ގޮހެވެ. ދެން އޮތީ ޓެސްޓިން މަރުހަލާ އެވެ. ޓެސްޓިންއަށް ފަހު މިއަހަރު ފަހުކޮޅު އެ ޕޯޓަލް ބޭނުން ކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮންލައިން އެ ޕޯޓަލް ބޭނުން ކުރަން ފެށިނަމަވެސް ފޯމް ފުރައިގެން މައުލޫމާތަށް އެދުމުގެ މަގު ވެސް ބަންދެއް ނުވެ އެވެ.

މައުލޫމާތު ހާމަ ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގައި ވެސް އިންފޮމޭޝަން އޮފިސަރެއް ހުންނަން ޖެހެ އެވެ. ވީހާވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށްޓަކައި އެ އޮފިސަރުން ތަމްރީން ކުރުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރާ ކަމެކެވެ. ނަމަވެސް އިންފޮމޭޝަން އޮފިސަރަށް ގިނަ ފަހަރަށް ތިބެނީ މެދުފަންތީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނެވެ. އޭގެ މަތީން މައުލޫމާތު ނުދޭން އެންގުމުން މައުލޫމާތު އޮންނަނީ ހާމަ ނުކުރެވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއް އަނެއްކާ ވެސް ތަންތަނުހެ ހެޑް އޮފް ޑިޕާޓްމެންޓްސް ތަމްރީން ކުރުމަކީ ވެސް. އެވެއާނެސްގެ އިޝޫއެއް އެބައުޅޭ،" އާހިދު ވިދާޅުވި އެވެ.

ދައުލަތުން އިސްވެ މައުލޫމާތު ހާމަ ކުރާ މިންވަރު ދެނެގަތުމަށްޓަކައި ހުރިހާ އިދާރާއެއްގެ ވެބްސައިޓްތައް މޮނީޓާ ކުރަން ފަށަން އައިކޮމްއިން ވަނީ ނިންމައިފަ އެވެ. ބޭނުމަކީ ގާނޫނުގައި ބުނާ މައުލޫމާތު ހާމަ ކުރޭތޯ ޔަގީން ކުރުމެވެ.

މިހާރު މައުލޫމާތު ފޯރުކޮށްދޭ ގޮތާމެދު އާހިދު މާ ހިތްހަމައެއް ނުޖެހެ އެވެ. އޭނާގެ ދައުރުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުން ފަސޭހަ ކުރަން ގިނަ ވިސްނުންތަކެއް ގެންގުޅުއްވަ އެވެ. އިންޓަވިއު ނިންމާލަށް ވަމުން ވެސް އާހިދު ހަނދާން ކޮށްދެއްވީ މައުލޫމާތު ހޯދައި ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމެވެ.

"ދައުލަތުގެ އިދާރާތަކަށް ކޮށްލަން އޮތް އިލްތިމާސްއެއް އެއީ ރައްޔިތުންގެ ހައްގެކޭ. ރައްޔިތުންގެ މިލްކެކޭ،"

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox