މުބާރާތަށް ދާއިރު އެންމެ ފުރިހަމަ އަށް ތައްޔާރުވެލަން ސުޒޭން އެދުނީ ބޮޑު ސަޕޯޓަކަށް

Sep 26, 2021, 5:22 AM
ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދޭނެ ކޯޗު ސުޒޭން.-- ފޮޓޯ: އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދޭނެ ކޯޗު ސުޒޭން.-- ފޮޓޯ: އަދަދު

އަންނަ ހުކުރު ދުވަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމު މެންޓަލީ އެންމެ ރަނގަޅަށް އަށް ތައްޔާރުވެވޭނެ ގޮތަކީ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުންގެ އެއްބާރުލުން އެންމެ ފުރިހަމަ އަށް ލިބިގެން ކަމަށް ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގައި ރޭ ރާއްޖޭން ވަނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗާ އެކު ގައުމީ ޓީމުން ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕް ވަނީ ނިމިފަ އެވެ. ގައުމީ ޓީމުން މި މަހު 11 ވަނަ ދުވަހު ގަތަރަށް ޓްރެއިނިން ކޭމްޕް އައީ ސުޒޭން ނުލަ އެވެ. އެއީ އޭރު ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، މާލޭގައި މަޑުކުރަން ޖެހުމުންނެވެ. ސުޒޭން ޓީމާ ގުޅުނީ މިދިޔަ ބުދަ ދުވަހު އެވެ.

ސުޒޭން ބުނީ މުބާރާތަށް ތައްޔާރު ވާން ގަތަރު ޓްރެއިނިން ކޭމްޕްގައި މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެކަމުގެ އިހުސާސް ރޭ އާމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ކުރެވުނު ކަމަށެވެ. ދެން ކުރަން ޖެހިފައި އޮތީ މެންޓަލީ ޓީމު މުބާރާތަށް ތައްޔާރުކުރުމުގެ ބޮޑު މަސައްކަތް ކަމަށާއި އެކަން ކުރެވޭނީ ސަޕޯޓަރުންގެ އެއްބާރުލުމާ އެކު ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެެވެ.

"އިރާދަކުރެއްވިއްޔާމު ސަޕޯޓަރުންގެ ހަމަ އެ ފޯރި މާލެ އަށް އަޅުގަނޑުމެން ދާއިރުގައި ފެންނާނެ ކަމަށް ގަބޫލުކުރަނީ. އެ ފެންނަ ހިސާބުން ކުޅުންތެރިން ވެސް ހަމަ މެންޓަލް ސަޕޯޓަކަށް ވާނެ. އެއީ މީހުންނާ އެކު އަބަދުވެސް 12 ވަނަ ކުޅުންތެރިޔާ ހުރިކަން އެ އިހުސާސް ކުރެވޭ ވަރުގެ ސަޕޯޓް މާލެ ތެެރެއިންނާއި ސޯޝަލް މީޑިއާ އިން ވެސް އެހެން ގޮތްގޮތުން ފެނުން އެއީ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ފުރަތަމަ މެޗަށް ދާއިރުގައި،" ސުޒޭން ބުންޏެވެ.

ގަތަރު ކޭމްޕަށް ފަހު ގައުމީ ޓީމު މާލެ ދިއުމަށް ފުރާނީ މިރޭ އެވެ.

ރޭ އާމީ ޓީމާ ކުުޅުނު މެޗަކީ ސުޒޭން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އިރުޝާދުދޭން ބެންޗުގައި އިން ފުރަތަމަ މެޗެވެ. މިދިޔަ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެ ވަަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން ރާއްޖެ 4-3 އިން މޮޅުވި މެޗުގައި ޓީމު ލީޑްކުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އޭރު ގަތަރުގައި ހުރި ނަަމަވެސް ކޯޗު ސުޒޭން ޓީމާ ނުގުޅެވުނީ ގަތަރަށް އައިސް ހެދި ކޮވިޑް ޓެސްޓްގެ ނަތީޖާ ނުލިބޭތީ އެވެ.

އާމީ ޓީމާ ދެކޮޅަށް ރޭ ނެރުނު ގައުމީ ޓީމުގެ ފުރަތަމަ އެގާރަ އަކީ މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހް އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ނިހާން (ނިހާޓް)، އަސްހަދު އަލީ (އަޑުބަރޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ދެ ވަނަ ހާފުގައި ބެންޗުން ފުރުސަތު ދިން ކުޅުންތެރިންނަކީ ނާއިޒު ހަސަން (ދާދު)، މުހައްމަދު އުމެއިރު، އިސްމާއިލް އީސާ، މުހައްމަދު ނާއިމް، އިބްރާހިމް އައިސަމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަސަދުﷲ އަބްދުﷲ އަދި އަލީ ނާޖިހު (ނާޖީ) އެވެ. މީގެ ތެރެއިން ހަންނަ ކުޅެން އެރީ ނާއިމް ކުޅެން އެރިތާ މާގިނަ އިރެއް ނުވެ ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ސުޒޭން ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ ކަމަށެވެ. އެކަމަކު، ލުސައިލް މެޗާ އަޅާކިޔާއިރު ރަނގަޅު ޕޮޒިޓިވް ކަންތައްތައްތަކެއް ފެނުނު ކަމަށެވެ. އެއީ ގައުމީ ޓީމު ބޮޑަށް ޕާސްކޮށްގެން އެޓޭކިން ހާފުގައި ރަނގަޅަށް ކުޅުމާއި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރުމެވެ.

"މިސާލަކަށް ހަންނަ މެން ކަހަލަ ކުޅުންތެރިންނަށް އެ ލިބުނު ފުރުސަތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފި. އޭގެ މާނަ އަކީ އަރަން ތިބި ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކަންތައްތަކެއް ފެނުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސުޒޭން ބުންޏެވެ.

"ދެން ފުރަތަަމަ އެގާރައިގައި ވެސް އެންމެ ޕޮޒިޓިވްކޮށް ފެނުނު ކަމަކީ ޑިފެންސް ހަމަ ދެ ސެންޓްރަލް ޑިފެންސުން މީގެއިން ދުވަހަކު ނުކުޅޭހާ ސޭފްކޮށް ގާތްގަނޑަކަށް މުޅި މެޗު ކުޅެ އެ ނިންމާލީ،"

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ފައިނަލް ސްކޮޑަކަށް ނަގާނީ 23 ކުޅުންތެރިންނެވެ. އޭގެ މާނަ އަކީ މުބާރާތަށް ދާއިރު ގަތަރު ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިން ޓީމުން ކަޓާނެ އެވެ.

ގައުމީ ޓީމުން މި މަހު 10 ވަނަ ދުވަހު ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު، ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު، އެ މެޗު ކުޅެން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ލަންކާގެ ކޮވިޑް-19 ހާލަތުގެ ސަަބަބުން އެ ޓީމަށް ގަތަރުގެ ވިސާ ހަމަނުޖެހުމުންނެވެ. ގަތަރަށް އާދެވޭ ގޮތް ނުވުމުން ލަންކާ އިން މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފަ އެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ. ފަސް ގައުމުގެ މެދުގައި ފުރަތަަމަ ލީގު ބުރެއް ކުޅެފައި ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox