ކެންޑިޑެސީގެ ހުރަސްތަކަށްފަހު, މަހުލޫފު ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިފި

މަހުލޫފް ކެމްޕެއިންގައި: އޭނާ ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފައި

މަހުލޫފް ކެމްޕެއިންގައި: އޭނާ ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފައި

ކެންޑިޑެންސީގެ މައްސަލަ ބޮޑުވެ, އެތައް ގިނަ ޝަކުވާތަކެއް އުފުލަން ޖެހުނު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބޮޑު ތަފާތަކުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެއްޖެ އެވެ.

އޭނާ ވާދަކުރެއްވީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އެ ޕްރޮވިންސްގައި ޖުމްލަ 32 ރަށް ހިމެނެ އެވެ. ބައެއް ރަށްރަށުން ވޯޓުލީ މީހުންގެ 100 ޕަސެންޓް މަހުލޫފު ވަނީ ހޯދަވާފަ އެވެ.

އެގޮތުން, އދ. މަންދޫގައި 29 މީހުން ވޯޓުލީއިރު, އެ އެންމެން ވެސް ވޯޓު ދިނީ މަހުލޫފަށެވެ. އެހެން ގިނަ ރަށްރަށުން ވެސް މަހުލޫފަށް 80 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯދި އެވެ.

އިންތިހާބުގައި މަހުލޫފާ ވާދަކޮށްފައިވަނީ އއ. އުކުޅަސް, މޫސާ ނައީމާއި ކ. ގުރައިދޫ އަލީ ޝާހީން ހުސެއިނާ އެވެ.

މަހުލޫފު އިންތިހާބަށް ނުކުތީ އުނދަގުލުން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި މިހާރު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުކުތީ, ވަރަށް ގިނަ ހުރަސްތަކަކަށްފަހު އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން މަހުލޫފް ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވި އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ.

އެކަމަކު، އެ ކޮމިޓީން ވެސް ނިންމާފައިވަނީ މަހުލޫފަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ތަނެއް ނެތް ކަމަށެވެ. އެއާއެކު މަހުލޫފު ޝަކުވާ ހިފައިގެން އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވި އެވެ.

އެ ކޮމިޝަނުން އެމްޑީޕީއަށް އެންގީ އަސާސީ ގަވައިދުގައި ނެތް ޝަރުތެއް ކަނޑަނޭޅޭނެ ކަމަށެވެ. އެ ކޮމިޝަންގެ އެ އެންގުމާއެކު މަހުލޫފު އެމްޑީޕީގެ ޝަކުވާތައް ބެލުމުގެ އެންމެ މަތީ ގުނަން ކަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ.

އަލަށް އިންތިހާބުވި އެ މަޖިލީހުން ނިންމީ މަހުލޫފަށް ވާދަ ކުރެވޭނެ ކަމަށެވެ. އެއީ, އޭނާގެ ޝަކުވާ ބެލި ގޮތް ގޯސްވުމުންނެވެ. ނަމަވެސް, އާ ޝަރުތެއް ކަނޑައެޅުމަކީ ގޯހެއް ނޫން ކަމަށް އެ މަޖިލީހުން ވެސް ދެކެވެ އެވެ.

އެހެންވެ, ހިންގާ ކޮމިޓީން ފާސްކޮށްފައި އޮތް ޝަރުތު އެގޮތުގައި ދެމި އޮވެ, އެ ޝަރުތު ކަނޑައެޅުން ގޯސް ނޫން ކަމަށް އިސްތިއުނާފު މަޖިލީހުން ނިންމާފައިވީ ނަމަވެސް, އެ ޝަރުތަށް ނުފެތޭ މަހުލޫފަށް އިންތިހާބުގައި ވާދަ ކުރެވުނީ އެވެ.

އިންތިހާބުގައި މަހުލޫފަށް ވާދަ ކުރެވުނު ނަމަވެސް, އެ ނިންމުމާއެކު އަދިވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ނުރުހުންވެ އެވެ. ހަސަން ވިދާޅުވި ގޮތުގައި އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނިންމި ނިންމުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox